Ad

އިޒްރޭލަށް ޙަމަލާދިނުމަށް މުޖާހިދުން ބޭނުންކުރި ހަތިޔާރަކީ، އީރާނުގެ ހަތިޔާރުތަކާއި އެއްވައްތަރު ހަތިޔާރުތަކެއްކަމުގައިވާތީ، އިޒްރޭލު ރަތަށް!

ފަލަސްޠީނުގެ މުޖާހިދުންނާއި ނުލަފާ ޔަހޫދީ އިޒްރޭލު ސިފައިންނާއި ދެމެދު ބަދަލުކުރެވުނު 11 ދުވަހުގެ ޙަމަލާތަކަށްފަހު، އިޒްރޭލުގެ ޙާލަތު އެޤައުމުގެ ސަރުކާރުން ފުރަތަމަ ފަހަރަށްވަނީ މީޑިޔާތަކާއި ޙިއްސާކޮށްފައެވެ. އިޒްރޭލުގެ ހައްދު ފަހަނައަޅާފައިވާ ބޮޑު ވަޒީރު ނަތަންޔާހޫ ބުނެފައިވަނީ ހަނގުރާމައިގާ އިޒްރޭލަށް މާބޮޑެތި ގެއްލުންތަކެއްނުވާކަމަށާއި، ހަނގުރާމަ ކާމިޔާބުކުރުމަށްޓަކައި އިޒްރޭލު ސިފައިން ބުރަ މަސައްކަތެއްކުރިއެވެ. އެހެން ނަމަވެސް، އިޒްރޭލު ސިފައިންނަށް އެއްގަމު މަގުން ޣައްޒާއަށް ނޭރުނު ސަބަބު ނަތަންޔާހޫ އަށް ހާމަކުރާކަށް ނުކެރުނެވެ.

އިތުރަށް ވާހަކަ ދައްކަމުން ނަތަންޔާހޫ ބުނެފައިވަނީ، ޙަމާސް އިން އިޒްރޭލަށް ފޮނުވާލި ރޮކެޓްތަކަކީ ސީދާ އީރާނުން އުފައްދާ ބާވަތުގެ ރޮކެޓްތަކެއްކަމުގައިވާތީ، އީރާނަކީ ޓެރަރިޒަމަށް ހިތްވަރުދޭ ޓެރެރިސްޓް ދައުލަތެއްކަމަށެވެ. އިޒްރޭލުގެ މިލިޓަރީން ނެރެފައިވާ ރިޕޯޓުތަކުން އެނގޭގޮތުގައި، ޙަމާސްގެ ބިންގަރާސްތަކުގައި 4 ނޫނީ 5 މަސް ދުވަހު ޙަމަލާދެވޭވަރަށް ހަތިޔާރު ހުންނާނެއެވެ. އިޒްރޭލުގެ މިލިޓަރީން ލަފާކުރާ ގޮތުން، ހަނގުރާމަވެރި ވެހިކަލްތަކާއި، 300 އެންޓިޓޭންކް އަދި 100 އެންޓް އެއަރ ކްރާފްޓް މިސައިލް މީގެ ކުރީގައިވެސް ޙަމާސްގެ އަތުގައި ހުންނާނެއެވެ. މިފަހުން ޙަމާސް އިން އިޒްރޭލަށް ފޮނުވާލި ރޮކެޓް ޙަމަލާތަކަކީ އެޖަމާޢަތުން މިފަހަކަށް އައިސް އިޒްރޭލަށް ދީފައިވާ އެންމެ ވަރުގަދަ ޙަމަލާތަކެވެ. މިސަބަބުތަކާހެދި، އިރާނުގެ މައްޗަށް އިޒްރޭލުން ކުރާ ތުހުމަތު ބޮޑެވެ.

މިޞްރުގެ ކުރީގެ ރައީސް މުހައްމަދު މުރުޞީގެ ވެރިކަން އެތެރޭގެ ބަޣާވާތަކުން ވައްޓާލުމަށް ބަޣާވާތްކުރާ މިހާރުގެ ރައީސް ޢަބްދުލް ފައްތާޙް އަލްސީސީވަނީ މިޞްރުން ޣައްޒާއަށް ވަދެވެން އޮންނަ ހުރިހާ ބޯޑަރެއް ބަންދުކޮށްފައެވެ. ޣައްޒާއަކީ އިޒްރޭލުން ވަރަށް ބޮޑަށް ބަންދުކޮށްފައިވާ ސިޓީއެކެވެ. އެހެންކަމުން، މިޞްރުން ބޯޑަރ ހުޅުވައިނުދީފިނަމަ، ޣައްޒާ އޮންނާނީ އެއްކޮށް ބަންދުވެފައެވެ. މިސަބަބުތަކާހުރެ، މުޖާހިދުންނަށް ޖެހުނީ ޣައްޒާތެރޭގައި ހަނގުރާމަވެރި ހަތިޔާރު އުފައްދާށެވެ. އީރާނުގެ ޕްރޮފެޝަނަލް ހަތިޔާރު އުފައްދާ މާހިރުންގެ އެހީތެރިކަމާއެކު ޙަމާސް ޖަމާޢަތާއި، އިސްލާމިކް ޖިހާދުން ހަތިޔާރު އުފައްދާތާ މިހާރު އެތަކެއް އަހަރުތަކެއްވެއްޖެއެވެ. ރިޕޯޓުތަށް ބުނާގޮތުން، ޙަމާސް އާއި އިސްލާމިކް ޖިހާދަށް، އަހަރެއްގެ މައްޗަށް 100 މިލިއަން ޑޮލަރ އިރާނުން ޚަރަދުކުރެއެވެ. މިހުރިހާ ޚަރަދަކީ، ހަތިޔާރު އުފެއްދުމަށާއި، އެޖަމާޢަތްތަކުގެ އެތެރޭގެ ހިންގުންތަކަށް އީރާނުންވެދޭ އެހީތަކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *