Ad

ފިރިހެންވަންތަ ތުނބުޅި ހުންނަ މީހުން ދެކެ، އަންހެނުން މާ ގަޔާވޭ: ދިރާސާ

މިޒަމާނުގައި ފިރިހެނުން އެމީހުންގެ ތުނބުޅި ވަރަށް ބަލައިގެން ލޯބިން ގެންގުޅެއެވެ. ޚާއްޞަކޮށް ދިގު ތުނބުޅި ހުންނަ ފިރިހެނުންނެވެ. ފިރިހެނެއްގެ ފިރިހެންވަންތަ ޞިފަ އެންމެ ބޮޑަށް ފެނިގެންދާ އެއްކަމަކީ ފިރިހެންވަންތަ ތުނބުޅިއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ފިރިހެނެއްގެ ތުނބުޅި ހުރުމަކީ އެމީހުން ރީތިވުމާއި ޒީނަތްތެރިކަން ދައްކުވައިދޭ ކަމެކެވެ.

އޮސްޓްރޭލިއާގެ ކުއީންސްލޭންޑގައި 2017 ވަނަ އަހަރު ހެދި ދިރާސާއެއްގައި ޢުމުރުން 18 އަހަރާއި 45 އަހަރުގެ އަންހެނުންނާއި ސުވާލުކުރެވި، ކުރެވުނު އިންޓަވިއުގައި، ފިރިހެނުންގެ ރީތި ދިގު ތުނބުޅީގެ ސަބަބުން ފިރިހެންވަންތަކަން ދައްކުވައިދޭކަމަށް ބުނެފައިވެއެވެ. ދިރިއުޅުމުގެ ބައިވެރިން އިޚްތިޔާރުކުރުމުގައި، ފިރިހެނެއްގެ ޞިފަވަންތަކަމުގެ ތެރޭގައި، ރީތި ދިގު ތުނބުޅިއެއް ހުރޭތޯ ބަލާކަމުގައި މެޖޯރިޓީ ބުނެފައިވެއެވެ.

އަންހެން ކުދިންގެ މެދުގައި އެންމެ މަޤުބޫލު 3 ބާވަތެއްގެ ތުނބުޅި ހިމެނެއެވެ. އެއީ:

  • ޝޯޓް ސްޓަބަލް (ތުނިކުރެވިފައިވާ ތުނބުޅި)

ދިރާސާއިން ދެއްކި ގޮތުގައި ތުނިކޮށް ހުންނަ ތުނބުޅިއަކީ އެންމެ ގަޔާވާ ރީތި ތުނބުޅީގެ ގޮތުގައި ދެކުނީ، ޢުމުރުން 25 އަހަރާއި 35 އަހަރާއި ދެމެދުގެ ޢުމުރުފުރާ އަންހެނުންގެ ތެރެއިން 38 ޕަސެންޓް އަންހެނުންނެވެ. ޢުމުރުން 18 އަހަރާއި 24 އަހަރާއި ދެމެދު އަންހެންކުދިންގެ ތެރެއިން ތުނިކުރެވިފައިވާ ތުނބުޅި ކަމުދަނީ 24 ޕަސެންޓް އަންހެނުންނަށެވެ.

  • ކްލީން ޝޭވަން (އެއްކޮށްހެން ތުނިކުރެވިފައިވާ ތުނބުޅި)

ދިރާސާއިން ދެއްކި ގޮތުގައި އެއްކޮށްހެން ތުނިކުރެވިފައިވާ ތުނބުޅި ކަމުދަނީ ޢުމުރުން 18 އަހަރާއި 20 އަހަރާއި ދެމެދު ޢުމުރުފުރާ އަންހެނުންނަށެވެ.

  • ލޯންގް ސްޓަބަލް (ދިގުކޮށްފައިވާ ތުނބުޅި)

ދިރާސާއިން ދެއްކި ގޮތުގައި ދިގު ކޮންމެ ތުނބުޅިއަކީ އަންހެނުން ގަޔާވާ ތުނބުޅިއެކެވެ. ޚާއްޞަކޮށް، ޢުމުރުން 25 އަހަރުން މަތީގެ އަންހެނުންނަށެވެ. މިބާވަތުގެ ތުނބުޅިއެއް ދިގުވުމަށްޓަކައި މަދުވެގެން ދެމަސް ނަގާއެވެ.

މީގެ އިތުރުންވެސް ދިރާސާއިން ހޯދުނު ގޮތުގައި، ދިގު ރީތި ތުނބުޅިއެއް ހުރުމަކީ ފިރިހެންމީހާގެ ބާރުވެރިކަން ދައްކުވައިދޭ ކަމެކެވެ. ދިރިއުޅުމުގައި ކާމިޔާބު ހޯދާފައިވާ ގިނަ ފިރިހެނުންނަކީ ރީތި ދިގު ތުނބުޅިއެއް ބަހައްޓާފައިވާ ފިރިހެނުންކަމުގައިވާކަމަށް ދިރާސާއިން ހޯދިފައިވެއެވެ. އަދި، ދިރިއުޅުމުގެ ބައިވެރިއެއް އިޚްތިޔާރުކުރުމުގައިވެސް، ރީތި ސާފުޠާހިރު ދިގު ތުނބުޅި ހުންނަ ފިރިހެނުން އިޚްތިޔާރުކުރާ އަންހެނުން ގިނަ ކަމުގައި ދިރާސާތަކުން ދައްކައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *