Ad

ޔޫރޯ 2020 ގައި ފެނިގެންދާނެ ފާހަގަކޮއްލެވޭ މުސްލިމު ކުޅުންތެރިން!

މިފަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތަކީވެސް ގިނަ ޢަދަދެއްގެ މުސްލިމު ފުޓުބޯޅަ ކުޅުންތެރިން ފެނިގެންދާނެ މުބާރާތެކެވެ. މުސްލިމް ފުޓުބޯޅަ ކުޅުންތެރިންގެ ނުފޫޒު ދުނިޔޭގެ ފުޓުބޯޅައިގާ މިހާރު ވަރަށް ގަދަކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް ޔޫރަޕްގެ ބޮޑެތި ލީގުތަކުގައި ކުޅޭ މުސްލިމު ކުޅުންތެރިންގެ ޢަދަދު ވަރަށް ގިނައެވެ.

މިފަހަރުގެ ޔޫރޯގައި ތުރުކީ ފިޔަވައި އެންމެ ގިނަ މުސްލިމް ކުޅުންތެރިން ފެނިގެންދާނީ ފްރާންސާއި ޖަރމަނީއިންނެވެ. ފްރާންސަށް ބަލާއިރު، މުސްލިމު 9 ކުޅުންތެރިއަކު ފްރާންސް ޓީމުގައި ހިމެނެއެވެ. އެއީ، ޑިފެންޑަރ ޒޫމާ، ކިމްޕެމްބޭ، މިޑްފީލްޑަރ ޕޮގްބާ، ކާންޓޭ، މޫސާ ސިސޯކޯ، ފޯވަޑް އެމްބާޕޭ، ބެންޒެމާ، ޑެމްބެލޭ އަދި ވިއްސާމް ބެންޔާދަރ ހިމެނެއެވެ. މީގެ ތެރެއިން 5 ކުޅުންތެރިޔަކީ ފުރަތަމަ 11 ގައި ފްރާންސް ޓީމުގައިކުޅޭ ކުޅުންތެރިންނެވެ.

ޖަރުމަނުގައި ހިމެނޭ މުސްލިމު ކުޅުންތެރިން ނިސްބަތްވަނީ ޖަރުމަނަށް ހިޖުރަކޮށްފައިވާ ތުރުކީ ދަރިކޮޅަށެވެ. ތުރުކީގައި އޭރު ހިނގާދިޔަ ހަނގުރާމަ ތަކާހުރެ އެޤައުމުގެ ގިނަ ބަޔަކު ޖަރުމަންވިލާތަށް ހިޖުރަކުރިއެވެ. ޖަރމަނީޓީމުގައި ހިމެނޭ މުސްލިމްކުޅުންތެރިންގެ ޢަދަދަކީ 4 އެވެ. އޭގެ ތެރޭގައި ތުރުކީ ދަރިކޮޅަށް ނިސްބަތްވާ ދެ ކުޅުންތެރިއަކު ހިމެނެއެވެ. އެއީ، މެންޗެސްޓަރ ސިޓީއަށް ކުޅޭ ގުންޑޮގަން އާއި ބްރޫޝިއޯ ޑޯޓްމަންޑގެ މިޑްފީލްޑަރ އެމްރޭ ކޭން އެވެ. ދެން ހިމެނެނީ، ނައިޖިރީއާއަށް އުފަން ޖަމާލު މޫސިއާލާ އާއި ސިއެރަ ލި އޯނަށް އުފަން ޑިފެންޑަރ ރުޑިގަރ އެވެ.

މީގެ އިތުރުން ސްވިޒަރލޭންޑްގެ ޝަކީރީ ފަދަ ކުޅުންތެރިންނަކީ މިފަހަރުގެ ޔޫރޯގައި ފެނިގެންދާނެ މުސްލިމު ކުޅުންތެރިންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *