Ad

އެންދަމަން ފޭބި މަސްވެރިޔާ ނިޔާވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ބެލެވޭ: ކެޔޮޅު

މިހާދިސާގައި ނިޔާވެފައިވަނީ އައްޑޫސިޓީ ހިތަދޫ މޯހިރު ދޯނިން މަހައްދާ އުމުރުން 59 އަހަރު މުޙައްމަދު މުޙައްމަދު ރަޝީދު

"މޯހިރު" ދޯނިން އެންދަމަން ފޭބި މީހަކު ނިޔާވެއްޖެ އެވެ.

މިހާދިސާގައި ނިޔާވެފައިވަނީ އައްޑޫސިޓީ ހިތަދޫ މޯހިރު ދޯނިން މަހައްދާ އުމުރުން 59 އަހަރު މުޙައްމަދު މުޙައްމަދު ރަޝީދުއެވެ. އޭނާއަކީ ހިތަދޫ މީހަކާ އިނދެކެން އުޅޭ ހދ. ވައިކަރަދޫ މީހެކެވެ.

މޯހިރު ދޯނީގެ ކެޔޮޅާ ހަވާލާދީ މަސްވެރިންގެ ހަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ މަސްވެރިން އެމްވީން ރިޕޯޓުކޮށްފައިވާ ގޮތުން އެމީހާ ނިޔާވީ ފަތިހު އެންދަމަން މޫދަށް ފައިބާ އުޅެނިކޮށް ހާޓުއެޓޭކެއް ޖެހިގެން ކަމަށް ބެލެވޭ ކަމަށެވެ. އޭނާ މޫދަށް ފޭބީ ދަލުގައި ހިފަން ކަމަށް ކެޔޮޅު ބުންޏެވެ.

"ފަތިހު 4:30 ކަންހާއިރު މިހާދިސާ ހިނގީ. ރަޝީދު އޮތީ ދަލަށް ދަމަން މޫދުގައި. ދާ ނަގަމުން ދިޔައިރު ރަޝީދު އަތުގައި އޮތް ދަލުގެ ކަން މައްޗަށް ނާރާހެން ފާހަގަވެގެން ދޯނީ ކުއްޖަކު ގޮވާލި އަވަހަށް ދަމާށޭ. އެއްވެސް ހަބަރެއް ނުވި. ދެން މޫދުގަ އޮތް އެހެން ކުއްޖަކު ރަޝީދުބެ ކައިރިއަށް ގޮސް ބެލިއިރު އެއްވެސް ހަރަކާތެއްނެތް. ދެން އަވަހަށް ދޯންޏަށް ނަގާފަ ދޯނީގަ ދެވެން ހުރި ފަރުވާއެއް ދެމުން ފުލުހުންނަށް އަންގާފަ އަޅުގަނޑުމެން ނައްޓާލީ އެންމެ ކައިރިން ދެވެން އޮތް ދެއްވަދުއަށް ދިއުމަށް." މޯހިރު ދޯނީގެ ކެޔޮޅާ ހަވާލާދީ މަސްވެރިން އެމްވީން ބުނެއެވެ.

ފުލުުހުން ވިދާޅުވީ ގއ. ދެއްވަދޫ ކައިރިއަށް އެންދަމަން ފޭބި މީހަކު ހާލު ދެރަވެގެން އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *