Ad

ސަފާރީއިން ނިޔާވި މުމްތާޒު މީގެކުރިން 2 ފަހަރު ކޮވިޑަށް ޕޮޒިޓިވްވި!

އދ. ދަނގެތީ ފަޅުތެރޭގައި އޮތް ސަފާރީއަކުން މޫދަށް ފައިބައިގެން އުޅެނިކޮށް ނިޔާވި މުމްތާޒު ހުސެއިން މީގެކުރިން 2 ފަހަރު ކޮވިޑަށް ޕޮޒިޓިވްވި ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.

އިރުވަރު އޮންލައިނަށް މަޢުލޫމާތު ދެމުން ނިޔާވި ޒުވާނާގެ އާއިލާ މެމްބަރަކު ބުނީ، މުމްތާޒު ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ މިދިޔަ އަހަރުތެރޭގައި ކަމަށާއި ދެވަނަ ފަހަރަށް ކޮވިޑަށް ޕޮޒިޓިވެ ހުޅުމާލޭގައި ކަރަންޓީނު ވުމަށްފަހު އޭނާ ސަފާރީއަށް މަސައްކަތު ދިޔައީ މީގެ ހަތްފާއެއްހާ ދުވަސް ކުރިން ކަމަށެވެ. ނަމަވެސް މުމްތާޒަކީ ސިއްޚީ އެއްވެސް މައްސަލައެއް ހުންނަ މީހެެއް ނޫންކަމަށް އާއިލާއިން ބުނެއެވެ. މުމްތާޒު ސުލޫކް ނިންމާލުމަށްފަހު ވަޒީފާއަދާކުރަމުން ދިޔައީ ސަފާރީތަކުގައި ކަމަށާއި އޭނާ ނިޔާވިއިރު ހުރީ ސަފާރީގެ އިންޖިނިއަރެއްގެ ވަޒީފާގައި ކަމަށް އާއިލާއިން ބުނެއެވެ.

މިހާދިސާއާ ބެހޭގޮތުން ފުލުހުން ވިދާޅުވީ، މުމްތާޒު ފެނުނީ ރޭ 22:30 އެހާކަންހާއިރު އދ. ދަނގެތީ ފަޅުތެރޭގައި އޮތް “ބްލޫ ފޯސް-1” ސަފާރީން މޫދަށް ފޭބިފަހުން ހަބަރެއް ނުވެގެން ބެލިއިރު ސަފާރީއާ ދިމާލުން އަޑިން ކަމަށެވެ. އޭނާ ނެގިއިރު އެއްވެސް ހަރަކާތެއް ނެތް ކަމަށް ފުލުހުން ވިދާޅުވިއެވެ. މިހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ދާކަމަށް ފުލުހުން ވިދާޅުވިއެވެ.

އިރުވަރު ނޫހަށް މަޢުލޫމާތު ދެއްވަމުން ދަނގެތީ ކައުންސިލް މެމްބަރަކު ވިދާޅުވީ އެ ޒުވާނާ ދަނގެއްޗަށް ގެނައީ ރޭ 23:15 އެހާ ކަންހާއިރު ކަމަށެވެ.

ރ. އިނގުރައިދޫ ވެސްޓްބީޗް އުމުރުން 32 އަހަރުގެ މުމްތާޒު ހުސެއިން ނިޔާވީ ސަފާރީގެ މަސައްކަތެއް ކުރުމަށް މޫދަށް ފޭބުމަށްފަހު ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށެވެ. މުމްތާޒު މޫދަށް ފޭބީ ފިންސްއާއި މާސްކު ބޭނުންކޮށްގެންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *