Ad
ދުނިޔޭގެ ބިޔަ މީޑިއާއެއްކަމުގައިވާ ނިއުޔޯކް ޓައިމްސް ގެ މައި އިދާރާގެ ކުރިމަތިން ކާރުތަކެއް ދުއްވާފައި ދަނީ-: ފޮޓޯ: ރޮއިޓަރސް
ދުނިޔޭގެ ބިޔަ މީޑިއާއެއްކަމުގައިވާ ނިއުޔޯކް ޓައިމްސް ގެ މައި އިދާރާގެ ކުރިމަތިން ކާރުތަކެއް ދުއްވާފައި ދަނީ-: ފޮޓޯ: ރޮއިޓަރސް

ދުނިޔޭގެ ބޮޑެތި ވެބްސައިޓްތަކެއް ކުއްލިއަކަށް "ޑައުން" ވެއްޖެ

ބައިނަލް އަޤްވާމީ ބޮޑެތި ވެބްސައިޓުތައް ކުއްލިގޮތަކަށް ޑައުންވެއްޖެ އެވެ.

ރޮއިޓާރސް އަދި އަލްޖަޒީރާއިންވެސް މީގެ ކުޑަ އިރުކޮޅެއް ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ސައިޓްތަކުގެ ތެރޭގައި ސީއެންއެން އާއި ބީބީސީ އާ ނިއުޔޯކް ޓައިމްސް އާއި ގާރޑިއަން ނޫހާއި ފައިނޭންޝަލް ޓައިމް އާއި ބްލޫމްބަރގް ނޫސްވެސް ހިމެނެއެވެ. އަދި މަޝްހޫރު އެމެޒަން ގެ ވެބްސައިޓްގެ އިތުރުން އިނގިރޭސި ސަރުކާރުގެ ރަސްމީ ވެބްސައިޓްވެސް ހިމެނެ އެވެ.

މިއަދުގެ ވަގުތެއްގައި ކުއްލިއަކަށް މި ސައިޓްތައް ޑައުންވެ ކޮންޓެންޓް ލޯޑްނުވުމާއި ސައިޓަށް އެއްގޮތަކަށް ނުވަދެވުމުގެ މައްސަލަތައްވެސް ދިމާވެފައި ވާއިރު އެކަމުގެ ސަބަބެއް މިހާތަނަށް ދެނެގަނެވިފައި ނުވާކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެފައި ވެއެވެ.

ބައެއް ސައިޓުތަކަށް ވަނުމަށް މަސައްކަތް ކުރުމުން “Error 503 Service Unavailable” and “connection failure” މިފަދަ މެސެޖްތައް ލިބެމުން ގޮސްފައިވާއިރު، ސީއެންއެން ގެ ވެބްސައިޓަށް ވަނުމަށް މަސައްކަތްކުރި ފަރާތްތަކަކަށް Fastly error: unknown domain: cnn.com.”މި މެސެޖްވެސް ލިބިފައިވާކަމަށް ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ.

ބޮޑެތި ގިނަ ސައިޓުތަކެއްގެ ކަންކަން ބަލަހައްޓަމުންދާ އެމެރިކާގެ ކުންފުންޏެއްކަމަށްވާ "ފާސްޓްލީ" އާ ޙަވާލާދީ މީޑިއާ ރިޕޯޓްތަކުގައި ހާމަކޮށްފައިވާ ގޮތުގައި ޖީއެމްޓީ ގަޑިން ހެނދުނު 10 ޖަހާކަންހާއިރު އެކުންފުންޏަށް މިމައްސަލަ ފާހަގަވާން ފަށާފައި ވެއެވެ.

މި މައްސަލައާ ގުޅިގެން ބައެއް ސައިޓުތަކަށް އެއްގޮތަކަށްވެސް ނުވަދެވި ދިޔަނަމަވެސް ނިއުޔޯކް ޓައިމްސް އާ ބީބީސީ އިންވަނީ އެކަން ޙައްލުކޮށްފައެވެ.

މިމައްސަލަ އިތުރަށް ތަޙްޤީޤުކުރުމުގެ މަސައްކަތް އެކުންފުނީގެ ފަރާތުން ކުރަމުންދާކަމަށްވެސް ފާސްޓްލީ އިން ހާމަކޮށްފައި ވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *