ސިޔާސީ ޕޯޑިއަމްތަކާ ނޫސްވެރިކަމަކީ ތަފާތު ދެކަމެއް ކަމަށް ސިޔާސީ މައިދާނުގައި އިސްމަޤާމުތައް އަދާކުރަށްވާފައިވާ މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖްލީހުގެ ނައިބުރައީސްކަން ވެސް ކުރަށްވާފައިވާ މޫސަ މިފަދައިން ވިދާޅުވެފައި މިވަނީ މިރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގަ އެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަކީ ޚަބަރާމައުލޫމާތު ގެނެސްދިނުމުގައި ވަކި ފަރާތަކަށްބުރަނުވެ ކަން ހިނގި ގޮތް ނުވަތަ ކަމެއް ހިނގަމުންދާ ގޮތުގެ މައުލޫމާތު ސާފުކޮށް ގެނެސްދިނުންކަމަށްވެސް މޫސަގެ މި ޓްވީޓުގައި އިތުރަށް ވިދާޅުވެފައި ވެއެވެ.
ކުރިން ފިލްމީ ދާއިރާގައި މަސައްކަތްކުރެއްވި އިރުވެސް އާދަޔާއި ޚިލާފު ކުޅަދާނަ "ޑައިލޮގް" ގެ ސަބަބުން ޢާންމުންގެމެދުގައި ނުހަނު މަޤްބޫލުކަމެއް ހޯއްދަވާފައިވާ މޫސަ ފަހުން ވަނީ ސިޔާސީ ދާއިރާއަށް ނުކުންނަވައި އެދާއިރާގެވެސް އެންމެ އުހަށް އަރާވަޑައިގެންފަ އެވެ.
އެމްޑީޕީ ޓިކެޓްގައި މަޖްލީހަށް ހޮވިވަޑައިގެންނެވުމަށް ފަހުގައި ރައީސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމް އާ ގުޅިވަޑައިގެން ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ތާޢީދުހޯދައިދެއްވުމަށް ކެމްޕޭން "މެނޭޖަރ" އެއްގެ ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރަށްވައި ބުރަ މަސައްކަތްތަކެއް މޫސަ ކުރަށްވާފައި ވެއެވެ.
އެހެންނަމަވެސް، ވެރިކަން ބަދަލުވުމާއެކު "ފަޅި" ބަދަލުކުރެއްވީ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރަމުން ގެންދަނިކޮށް ދާދިފަހުން ރައީސް ޞާލިޙު ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނާއެކު މޫސަ "ގާތުން" މަސައްކަތް ކުރެއްވިކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.
އަދި، މިހިނދު މޫސަ ޓްވިޓަރގައި "ހުނިޖެހެނީ" ރައީސް ނަޝީދަށާއި އެމަނިކުފާނުގެ ފެކްޝަންކަމަށް ބުނެވޭ މަޖްލިސް މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރައީސް ޞާލިޙަށް ތާޢީދުކުރަށްވާ ސިޔާސީ ފަރާތެއްގެ ގޮތުގައި ކަންވެސް ފާހަގަކޮށްލެވެ އެވެ.
"Mdp ގަ ޕާޓީޕްރޮމޯޓުކުރަން S މީޑިއާގަ އުޅުނު ވަރަށް ވަރުގަދަ ކުދިން ސަރުކާރުގެ މަޤާމްތަކުގަ އެބަ ތިއްބަވާ އެކަމު ރައީސުލްޖުމްހޫރިއްޔާ ކުރައްވާ އެއްވެސް ކަމަކަށް ހަމަ ހެޔޮބަހެއްވެސް ބުނެލާތަނެއް ނުފެނޭ ؟ މިދެން ޕާޓީ ވާހަކައެއް @thayyib އިދާރީ ހިންގުން މާ ބިޒީ ދޯ؟"
ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ފަރާތްތަކުން ސަރުކާރު ޕްރޮމޯޓުކުރަށްވައި ސޯޝަލް މީޑިއާގައި ޙަރަކާތްތެރިވަމުން ނުގެންދާތީވެ އެކަމާ ކަންބޮޑުވެވަޑައިގެން ފާއިތުވެދިޔަ ހަފްތާގެ ތެރޭގައި މޫސަ ކުރެއްވި ޓްވީޓެއްގައި ސުވާލު އުފައްދާފައި ވޭމެ އެވެ.
Mdp ޕްރޮމޯޓުކުރަން S މީޑިއާގަ އުޅުނު ވަރަށްވަރުގަދަ ކުދިން ސަރުކާރުގެމަޤާމްތަކުގަ އެބަ ތިއްބަވާ އެކަމަު ރައީސުލްޖުމްހޫރިއްޔާ ކުރައްވާ އެއްވެސް ކަމަކަށް ހަމަ ހެޔޮބަހެއްވެސް ބުނެލާތަނެއްނުފެނެޔޯ މިދެންޕާޓީ ވާހަކައެއް@Lucasjalylބައެއމެމްބަރުންގެ ޝަކުވާއެއްވީމަބުނެލީ؟
— Moosa Maniku (Reeko) (@ReekoMoosa) June 3, 2021
ރާއްޖޭގައި "މިނިވަން" މި ލަފްޒަކީ އިންތިހާއަށް "މިނިވަން" ލަފްޒެކެވެ. ތިމާ ނޫން އެހެން އެންމެންގެ މިނިވަންކަމުގެ ޙައްދަށް އަރައިގަނެވޭ އިރުވެސް މެއެވެ. ޚާއްޞަކޮށް ސިޔާސީ ފަރާތްތަކާއި ޑިމޮކްރެސީ އާއި ޙައްޤުތަކަށް ވަކާލާތުކުރަށްވަމުން ގެންދަވާ ފަރާތްތަކުގެ ދޫތަކުގެ މަތީގަ އެވެ.
އެހެންނަމަވެސް އެފަދަ ގިނަ ފަރާތްތަކުން "މިނިވަން" މި ލަފްޒު ގެންނަނީ "ޖުޑީޝަރީ" ނުވަތަ "ޚިޔާލުފާޅުކުރުން" މި އިންކަމެއްގެ ކުރިއަށްނަމަ ގިނަ ފަހަރަށް ފެނިގެންދާ މަންޒަރަކީ، އެ ބުނާ މިނިވަންކަމުގެ ޙަޤީޤަތަކީ ތިމާ ޤަބޫލުކުރާ ސިޔާސީ ނުވަތަ އެނޫންވެސް ފިކުރެއްގައި ކަސްތޮޅުއެޅި ބަނދެވިފައިވާ މިނިވަންކަމެއްކަ މެވެ. ޚުދު ސަބަބުވެރި އިންސާނެއްގެ ސަލާމަތް ބުއްދި ފަހައި ދުވެދާ މިންވަރަށްވެސް "މިނިވަން" މަންޒަރެވެ. ނަމަވެސް އެއްކޮޅަށް ދުއްވޭ މަގެއްގަ އެވެ.