Ad

ޔޫރޯ 2020: ނެދަލެންޑްސް

ނެދަރލޭންޑްސްއަކީ ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ވަރުގަދަ އެއްޓީމެވެ. ނެދަރލޭންޑްސް ކުޅޭ ކޮންމެ މުބާރާތެއްގައިވެސް ނިސްބަތުން ވަރުގަދަ މޮޅެތި އެތަކެއް ކުޅުންތެރިން އެޓީމުގައި ހިމެނެއެވެ. ނެދަރލޭންޑްސްވަނީ 1988 ވަނަ އަހަރުގެ ޔޫރޯގެ ޗެމްޕިއަންކަން ހޯދާފައެވެ. ނެދަރލޭންޑްސްގެ ލީގަކީ ޔޫރަޕްގެ މެދުފަންތީގެ ލީގެކެވެ. ނެދަރލޭންޑްސްގެ ޓީމުގައި ބިނާފައިވެފައިވަނީ ޤައުމުން ބޭރުގައި ކުޅޭ ކުޅުންތެރިންގެ މައްޗަށެވެ. ފީފާ ރޭންކިންގްގައި ނެދަރލޭންޑްސް އޮތީ 16 ވަނާގައެވެ.

ކޯޗް:

ނެދަރލޭންޑްސްގެ ކޯޗަކީ އެޤައުމުގެ ގޯލްޑަން ޖެނެރޭޝަންގެ ޑިފެންޑަރ ފްރޭންކް ޑި ބޮއަރ އެވެ.  ފްރެންކް ޑި ބޮއަރވަނީ ކުޅުންތެރިއެއްގެ ހައިސިއްޔަތުން ނެދަލޭންޑްސްގެ އެޔެކްސް އާއި ސްޕެއިންގެ ބާސެލޯނާ ތުރުކީގެ ގަލަސަތެރާއި އަދި ސްކޮޓްލޭންޑްގެ ރޭންޖާސް އަށް ކުޅެދީފައެވެ. ފްރޭންކް ޑި ބޮއަރ ކޯޗިންގެ ކެރިއަރ ފެށިފައިވަނީ އަޔެކްސްގެ ޔޫތު ޓީމުންނެވެ. އެފަހުން ޑި ބޮއަރ ވަނީ ނެދަލޭންޑްސް އެސިސްޓެންޓް ކޯޗުކަމުގައި މަޤާމު އަދާކޮށްފައެވެ. މީގެ އިތުރުން އެޓްލާންޓާ ޔުނައިޓެޑާއި އިޓަލީގެ އިންޓަމިލާނަށް ކޯޗުކަން ކޮށްދިނުމަށްފަހު ނެދަލޭންޑްސްގެ ޤައުމީ ޓީމާއި ޑި ބޮއަރ ޙަވާލުވީ 2020 ވަނަ އަހަރުއެވެ. ކޯޗިންގ ކެރިއަރުގައި ނެދަލެންޑްސް ލީގު 4 ފަހަރު އެޔެކްސް އަށް ޑި ބޮއަރ ހޯދައިދިނެވެ.

 

ކުޅުންތެރިން:

ނެދަލެންޑްސް ގޯލްކީޕަރއަކީ ތަޖުރިބާކާރު ގޯލްކީޕަރ އެޔެކްސްގެ ސްޓެކްލެންބަރގެވެ. ސްޓެކްލެންބަރގްއަކީ 2010 ވަނަ އަހަރު ވޯލްޑްކަޕްގައިވެސް ނެދަރލޭންޑްސްގެ 1 ވަނަ ކީޕަރެވެ. ޑިފެންސްލައިނުގައި ފާހަގަކުރެވެނީ، ޔުވެންޓަސްގެ ޑިލައިޓް އިންޓަރ މިލާނަށްކުޅޭ ތަޖުރިބާކާރު ޑިފެންޑަރ ސްޓެފަން ޑި ވިރިޔެވެ. އޭނާއަކީ 2014 ވަނަ އަހަރުން ފެށިގެން ނެދަރލޭންޑްސްގެ ފަހަތުގައި ނަގާކިޔާ ކުޅުންތެރިޔާއެވެ. ދެން ފާހަގަކުރެވެނީ އެޔެކްސްގެ ބްލިންޑް އާއި މެންޗެސްޓަރ ސިޓީގެ ނެތަން އަކޭއެވެ. ނެތަން އަކޭވަނީ ޤައުމީޓީމަށް 20 މެޗު ކުޅެދީފައެވެ. މެދުތެރެއިން ޓީމު ލައްވާ ކުޅުވަދޭނެ ކުޅުންތެރިއަކީ މިޑްފިލްޑަރ ވައިނަލްޑަމްއެވެ. ޓީމުގެ ކެޕްޓަން ވެންޑައިކު އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރިއިރު މިފަހަރުގެ މުބާރާތުގައި ކެޕްޓަން އަކީ ވައިނަލްޑަމްއެވެ. ދިފާޢީ މެދެއްގެ ގޮތުގައި ފެންނާނީ ބާސެލޯނާގެ ޑިޔޮންގެވެ. ފޯވާޑްލައިނުގައި އެންމެ ބޮޑު ޒިންމާއެއް އަދާކުރާ ކުޅުންތެރިއަކީ ފްރާންސްގެ ލިޔޯނުގެ ކެޕްތަން މެމްފިސް ޑިޕޭއެވެ. ޑިޕޭވަނީ ޤައުމީޓީމަށް 64 މެޗުން 26 ގޯލު ޖަހައިދީފައެވެ.

އެހެންޓީމުތަކާމެދު:

ނެދަލޭންޑްސް ހިމެނެނީ ގްރޫޕް ސީ ގައެވެ. ގްރޫޕް ސީ ގައި ދެން ހިމެނޭ ޓީމުތަކަކީ އޮސްޓްރިއާ، ނޯތު މެސެޑޯނިއާ އަދި ޔުކްރެއިނެވެ. މިގްރޫޕަކީ ނެދަލޭންޑްސް އަށް ފަސޭހަ ގްރޫޕެއްކަމުގައި އެޓީމުގެ ކުރީގެ ކުޅުންތެރިޔާ އެޑްގަރ ޑަވިޑްސްވަނީ ބުނެފައެވެ. މިގުރޫޕުން ނެދަލޭންޑްސް ދެވަނަ ބުރަށް ކޮލިފައިވެއްޖެނަމަ ބައްދަލުކުރަންޖެހޭނީ ގްރޫޕް ޑީ ގެ ޓީމަކާއެވެ. ގްރޫޕް ޑީ ގައި ހިމެނެނީ އިންގެލެންޑް، ކްރޮއޭޝިއާ އަދި ޗެކްރިޕަބްލިކް އަދި ސްކޮޑްލޭންޑެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *