Ad

ޔޫރޯ 2020 : "ގްރޫޕް އޮފް ޑެތު" (ގަދަ 3)

މިއަދު ފެށުމަށް ހަމެޖެހިފައިވާ ޔޫރަޕިއަން ޗެމްޕިއަންޝިޕް ޔޫރޯ ފުޓުބޯޅަ މުބާރާތަކީ މުޅި ޔޫރަޕްގައި ބޭއްވޭ އެންމެ ޝަރަފުވެރި އެންމެ ބޮޑު ފުޓުބޯޅަ މުބާރާތެވެ. މިމުބާރާތަކީ ވޯލްޑްކަޕަށްފަހު ބޭއްވޭ އެންމެ ބޮޑު އެންމެ މަޝްހޫރު ފުޓުބޯޅަ މުބާރާތެވެ. މިފަހަރުގެ ޔޫރޯގައި ޓީމުތަށް ބަހާލެވިފައިވާ ގޮތުން މަރުގެ ގްރޫޕް ނުވަތަ ގްރޫޕް އޮފް ޑެތަކީ ގްރޫޕް އެފް އެވެ. މިގުރޫޕުގައި ހިމެނެނީ ދުނިޔޭގެ ޗެމްޕިއަން ފްރާންސް، ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލް، ޔޫރޯ ތިން ފަހަރު ކާމިޔާބުކުރި ޖަރުމަންވިލާތް އަދި ހަންގޭރީއެވެ. އެހެންކަމުން، ޔޫރޯ ރެކޯޑުތަކާއި ދުނިޔޭގެ ފުޓުބޯޅައިގާ މިގުރޫޕުގައި ހިމެނޭ ޓީމުތަކުގެ މައްޗަށް އަލިއަޅުވާލާނަމެވެ.

ޤައުމު ރޭންކިންގް ޔޫރޯގެ ޗެމްޕިއަން ޔޫރޯ ރަނަރަޕް ޔޫރޯގެ

3ވަނަ

ފީފާ ވޯލްޑްކަޕް ޗެމްޕިއަން ފީފާ ވޯލްޑްކަޕް ރަނަރަޕް ފީފާ ވޯލްޑްކަޕް 3 ވަނަ ފީފާ ކޮންފެޑެރޭޝަންސް ކަޕް ޗެމްޕިއަން
ފްރާންސް 2 2 1 2 1 2 2001،2003
ޖަރމަނީ 12 3 3 4 4 4 2017
ޕޯޗުގަލް 5 1 1
ހަންގޭރީ 37 1 2

 

ފްރާންސް

ދުނިޔޭގެ ޗެމްޕިއަން ފްރާންސަކީ މިއަދު ދުނިޔޭގައި އޮތް އެންމެ މޮޅު ފުޓުބޯޅަ ސްކޮޑް ހިމެނޭ ޓީމެވެ. ފްރާންސަކީ ދުނިޔޭގެ ފުޓުބޯޅައިގެ ގަދަ ބާރެކެވެ. ފީފާ އެޕްރޫވްކޮށްފައިވާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތްތަށް ޖެހިޖެހިގެން ހޯދި ހަމަ އެކަނި ޓީމަކީ ފްރާންސެވެ. އެއީ، 1998 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕް ޗެމްޕިއަންކަން ހޯދުމަށްފަހު، 2000 ވަނަ އަހަރުގެ ޔޫރަޕްގެ ޗެމްޕިއަންކަމާއި، 2001 ވަނަ އަހަރު ބޭއްވި ފީފާ ކޮންފެޑެރޭޝަންސް ކަޕުގެ ޗެމްޕިއަންކަމެވެ. ގޯލްޑަން ޖެނެރޭޝަންގެ ގޮތުގައި ފްރާންސްގެ 3 ޖީލެއް މަޝްހޫރުވެގެން ގޮސްފައިވެއެވެ.

ޖީލު ކުޅުންތެރިން ކާމިޔާބު
1958 ރޭމަންޑ ކޯޕާ، ޖަސްޓް ފޮންޓެއިން، ޖީން ވިންސެންޓް 1958 ގެ ވޯލްޑްކަޕްގެ 3 ވަނަ
1984 މިޝެއިލް ޕްލެޓްނީ، ޖީން ޓަގިއާނާ، އެލައިން ޖިރެއްސޭ

ލުއިސް ހެނާންޑޭޒް

1984 ގެ ވޯލްޑްކަޕްގެ 3 ވަނަ

1986 ގެ ޔޫރަޕްގެ ޗެމްޕިއަން

1998 ޒައިނުއްދީން ޒިދާން، ޑިޑިއަ ޑެޝޯމްޕްސް، ތިއެރީ ހެންރީ، ލިލިއަން ތުރާމް، ފެބިއަން ބާތޭޒް، ޔޫރީ ޖޮކެއަފް، ރޮބަޓް ޕިރޭޒް

އެމެނުއެލް ޕެޓިޓް، ޕެޓްރިކް ވިއޭރާ، ނިކޮލަސް އަނެލްކާ، މަކަލެލޭ، ޑޭވިޑ ޓްރެޒެގޭ

1998 ގެ ދުނިޔޭގެ ޗެމްޕިއަން

2000 ޔޫރަޕްގެ ޗެމްޕިއަން

2006 ވޯލްޑްކަޕް ރަނަރަޕް

2001 އަދި 2003 ފީފާ ކޮންފެޑެރޭޝަންސް ކަޕްގެ ޗެމްޕިއަން

2008 ރިބެރީ، މަލޫޑާ، އަބިޑާލް، ބެންޒެމާ، ނަސްރީ، ބެންއާފާ، އެވްރާ

ލޮރިސް، ސަގްނާ، ޖިރޫޑް، ވަލްބުއެނާ، މަޓުއިޑީ، ޕަޔެޓް

2014

ގެ ފަސް

ގްރީޒްމަން، ޕޮގްބާ، އެމްބާޕޭ، ޑެމްބެލޭ، ކޯމަން، މާޝިއަލް، ފެކިރް، ވަރާން، ޕަވާޑް، ލޫކަސް ހެނާންޑޭޒް، ކާންޓޭ، މާޝިއަލް 2016 ގެ ޔޫރޯގެ ރަނަރަޕް

2018 ގެ ދުނިޔޭގެ ޗެމްޕިއަން

މިފަހަރު ޔޫރޯގައި ފެނިގެންދާނެ ފްރާންސްގެ މުހިންމު 3 ކުޅުންތެރިން

މިއަދު ފެށޭ ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބުކުރާނެކަމުގައި އެންމެ ގިނަ ބަޔަކު ޤަބޫލުކުރާ ޓީމަކީ ފްރާންސެވެ. ސަބަބުތަކެއްވެސް ނެތިއެއް ނޫނެވެ. ފްރާންސަކީ ދުނިޔޭގެ ޗެމްޕިއަންނެވެ. ޒިދާނާއެކު ފްރާންސްގެ މަޝްހޫރު 98′ ގެ ޖެނެރޭޝަން ނިމުމަކަށް އައުމާއެކު ދުނިޔޭގެ ފުޓުބޯޅައިން ފްރާންސްގެ ވިދުން ވަރަށް ބޮޑަށް ފަނޑުވެގެންދިޔައެވެ. 2008 ވަނަ އަހަރުގެ ޔޫރޯ އާއި 2010 ވަނަ އަހަރުގެ ވޯލްޑްކަޕާއި 2012 ވަނަ އަހަރުގެ ޔޫރޯގައި ފްރާންސް ހިތްދަތި ނަތީޖާތަކާއި ކުރަމަތިލާންޖެހުނެވެ. ފްރާންސްގެ ފުޓުބޯޅައިގެ ރަސްގެފާނު ޒިދާނުގެ ރިޓަޔަރމެންޓާއެކު 10 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ފްރާންސްގެ ފުޓުބޯޅާގެ ޔޫތު ސިސްޓަމް ވަރުގަދަކޮށް، ޒުވާން ކުޅުންތެރިންނަށް ފުރުޞަތު ހޯދައިދޭން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން މިއަދު ފްރާންސް ޓީމަކު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ފުޓްބޯޅަ ޓީމެވެ. ފްރާންސްގެ އެއް ފެންވަރެއްގެ 3 ޓީމު ނެގޭހާވެސް ހުނަރުވެރި އެތަކެއް ކުޅުންތެރިންތަކެއް އެބަތިއްބެވެ.

އެހެންޓީމުތަކާމެދު

މިގުރޫޕުގައި ފްރާންސް ޖެހިލުންވާވަރުގެ ޓީމެއް އޮންނާނެކަމުގައި ނުބެލެވެއެވެ. ސަބަބަކީ، ފްރާންސް އިން އެންމެ ފަހުން ކުޅުނު މެޗުތަކާއި އަޅާ ބަލާއިރު ތަފާތު މޮޅު ކުޅުމެއް ދައްކާފައިވާތީއެވެ. ފްރާންސްގެ ގޯލްޑަން ބޯއީ ތަޖުރިބާކާރު ކޯޗު ޑިޝޯމްޕްސް ރޭވުންތެރިކަމާއެކު ކުޅޭ ކޮންމެ މެޗެއްގައިމެ އެޓީމު ފެންނަނީ ދުނިޔޭގެ ފުޓުބޯޅައިގެ ދެވަނައެއް ނެތް ޓީމެއްގެ ގޮތުގައެވެ. ފްރާންސްގެ މިހާރުގެ ޓީމާއެކު ފްރާންސްއިންވަނީ ޖަރމަނީ ދާދި ފަހަކުން 2018 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގުގައި ފަސޭހަކަމާއެކު ބަލިކޮށްފައެވެ. ހަމައެގޮތަށް، 2020 ވަނަ އަހަރު ޔުއެފާ ނޭޝަންސް ލީގުގައި ފްރާންސްއިންވަނީ ޕޯޗުގަލްވެސް ޕޯޗުގަލްގެ ލިޒްބަންގައި 0-1 ގެ ނަތީޖާއިން ބަލިކޮށް، ލީގުންވަނީ ކަޓުވާލާފައެވެ. ފްރާންސާއި ހަންގޭރީ އެންމެ ފަހުން ވާދަކުރީ 2005 ވަނަ އަހަރުއެވެ. އެމެޗު ފްރާންސް ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.

ޖަރމަނީ

ޖަރމަނީއަކީ ދުނިޔޭގެ ޗެމްޕިއަންކަން 4 ފަހަރު ހޯދި ޓީމެކެވެ. އޭގެ ތެރެއިން ތިން ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދީ އުތުރު ޖަރުމަނެވެ. ސިޔާސީ ގޮތުން އުތުރު ޖަރުމަނާއި ދެކުނު ޖަރުމަނު އެއްކޮށްލައި އެއްޤައުމެއްގެ ގޮތުގައި އިޢުލާނުކުރުމަށްފަހު، ދުނިޔޭގެ ޗެމްޕިއަންކަން ޖަރުމަނަށް ހޯދިފައިވަނި 2014 ވަނަ އަހަރުއެވެ. ޔޫރަޕްގެ ޗެމްޕިއަންކަން ޖަރުމަނުގެ ނަމުގައި 1996 ވަނަ އަހަރު ހޯދިއެވެ. އުތުރު ޖަރުމަނުގެ ނަމުގައި 1972 އަދި 1980 ވަނަ އަހަރުގެ ޔޫރަޕިގެ ޗެމްޕިއަންކަން ޖަރުމަނުން ހޯދިއެވެ. ޖަރުމަނުގެ ލީގަކީ ދުނިޔޭގެ ނިސްބަތުން އެންމެ ބޮޑު އެއްލީގެވެ. ފްރާންސްއާއި އެއްފަދައިން ޖަރުމަނުގެ ލީގުތަކުގައި ޖަރުމަނުގެ ގިނަ ކުޅުންތެރިންނަށް ކުޅުމުގެ ފުރުޞަތު ހޯދުމުގެ ނަތީޖާއެއްގެ ގޮތުން، މޮޅެތި އެތަކެއް ކުޅުންތެރިން ޖަރުމަނުގައި އުފެދިގެން ގޮސްފައިވެއެވެ.

ފާހަގަކުރެވޭ މޮޅެތި ކުޅުންތެރިން

އަހަރު ކުޅުންތެރިން
1990 ގެކުރި ހެރަލްޑް ޝޫމޭކަރ، ގާޑް މުލަރ، ރޫޑީ ވޮލަރ، ބެކެންބަރ
1990 އިން ފެށިގެން 2014 އަށް އޮލިވަރ ޚާން، ޖޯޖެން ކޮލަރ، ތޯމަސް ހެލްމަރ، މަތިއަސް ސަމަރ، މެހްމެޓް ޝޯލް، ކްރިސްޓެން ޒީގެ، އޮލިވަރ ބިއެހޯފް، ޖާޖެން ކްލިންސްމަން، ލޮތަރ މަތެއަސް، މީކާއިލް ބަލަކް، ޝްވެއިންސްޓެއިގަރ، ޕޮޑޮލްސްކީ، ކްލޯސާ، ލާމް، ކެދީރާ، ތޯމަސް މުލަރ، އޮޒިލް، ނޯޔަރ، މާރިއޯ ގޯމޭޒް
2016 ގެ ފަސް ޓަރސްޓެގެން، ހުމެލްސް، ބޯޓެންގ، ޓޯނީ ކުރޫސް، ކިމިޗް، ގޮޓްޒާ، ރެއުސް، ސަނޭ، ޑްރެޒްލާ، ހާވެޒް، ރުޑިގަރ، ސޫލަރ، މޫސިއާލާ، ގުންޑޮގަން

އެހެންޓީމުތަކާމެދު

ޖަރުމަންވިލާތަށް ބަލިކޮށްލަން އެންމެ އުނދަގޫ ޓީމަކަށްވާނީ ދުނިޔޭގެ ޗެމްޕިއަން ފްރާންސެވެ. ޖަރުމަނަށް އެންމެ ފަހުން ފްރާންސް ބަލިކުރެވިފައިވަނީ 2014 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ކުއަރޓަރ ފައިނަލްގައި 0-1 ގެ ނަތީޖާއަކުންނެވެ. އޭގެ ފަހުން 5 ފަހަރު ފްރާންސާއި ޖަރުމަނު ބައްދަލުކުރިއިރު، 3 ފަހަރަކު ފްރާންސްއިންވަނީ މޮޅުވެފައެވެ. 2 މެޗު ވީ އެއްވަރެވެ. ޕޯޗުގަލްއާއި ޖަރުމަނު އެންމެ ފަހުން ވާދަކޮށްފައިވަނީ 2014 ވަނަ އަހަރުގެ ވޯލްޑްކަޕް ގްރޫޕް ސްޓޭޖުގައެވެ. އެމެޗު 0-4 ގެ ނަތީޖާއިން ޖަރުމަނު ކާމިޔާބުކުރިއެވެ. ހަންގޭރީއާއި ޖަރުމަނު އެންމެ ފަހުން ބައްދަލުކުރީ އެކުވެރިކަމުގެ މެޗެއްގައި 2016 ވަނަ އަހަރުއެވެ. އެޗު 0-1 ގެ ނަތީޖާއަކުން ޖަރުމަނު ކާމިޔާބުކުރިއެވެ.

ޕޯޗުގަލް

ޕޯޗުގަލްއަކީ ޔޫރަޕްގެ ޗެމްޕިއަންކަން 2016 ވަނަ އަހަރު ހޯދި ޓީމެވެ. އެއީ ބައިނަލް އަޤްވާމީ ފުޓުބޯޅާގައި ޕޯޗުގަލްއަށް ހޯދުނު ހަމައެކަނި ކާމީޔާބީއެވެ. 1996 ވަނަ އަހަރުން ފެށިގެން ޕޯޗުގަލް ގޯލްޑަން ޖެނެރޭޝަންގެ ދުވަސްވަރު ބޭއްވުނު ޔޫރޯ އާއި ވޯލްޑްކަޕްގެ ސެމީ ފައިނަލަށް ޕޯޗުގަލް ދަތުރުކޮށްފައި އެބަހުއްޓެވެ. ޔޫރޯގައި ޕޯޗުގަލްއަށް އެންމެ ބޮޑު ހިތްދަތިކަމެއް ލިބުނީ 2004 ވަނަ އަމިއްލަ ޤައުމުގައި ޔޫރޯ ބޭއްވި ފަހަރު، އެމުބާރާތުގައި ވާދަކުރި އެންމެ ބަލިކަށި ޓީމުކަމުގައި އެންމެން ޤަބޫލުކުރި ގްރީސް އިން ޖެހިޖެހިގެން ދެފަހަރު ޕޯޗުގަލްއާއި ވާދަކޮށް ޕޯޗުގަލް ބަލިކޮށް މުބާރާތުގެ ތަށި ހޯދުމާއި ގުޅިގެންނެވެ.

އަހަރު ކުޅުންތެރިން ކާމިޔާބު
1996 ގެ ފަސް ލުއިސް ފީގޯ، ސޯސާ، ޖާއޯ ޕިންޓޯ، ފެނާންޑޯ ކޫޓޯ، ރުއި ކޯސްޓާ، ކޮންސެސާއޯ، ވީޓަރ ބަޔާރ، ކޮސްޓީނިއާ، ޕައުލޭޓާ، ނޫނޯ ގޯމޭޒް 2000 ގެ ޔޫރޯގެ ސެމީ ފައިނަލް

2004 ގެ ޔޫރޯގެ ރަނަރަޕް

2006 ގެ ވޯލްޑްކަޕްގެ 4 ވަނަ

2004 ގެ ފަސް ކްރިސްޓިއާނޯ ރޮނާލްޑޯ، މަނީޝް، ކުއެރެސްމާ، ރިކާޑޯ، ޑެކޯ، ޕެޕޭ، ނާނި، ސިމާއޯ، ޕޮސްޓީގާ، ރުއި ޕެޓްރީސިއޯ، ރެނާޓޯ ސަންޗޭސް، ބާނާޑޯ ސިލްވާ، ބުރޫނޯ ފެނާންޑޭޒް 2016 ގެ ޔޫރަޕްގެ ޗެމްޕިއަން

2019 ގެ ނޭޝަންސް ލީގުގެ ޗެމްޕިއަން

އެހެންޓީމުތަކާމެދު

މިގުރޫޕުގައި ހިމެނޭ ޓީމުތަކަށް ބަލާއިރު ދުނިޔޭގެ ޗެމްޕިއަން ފްރާންސަކީ ޕޯޗުގަލްއަށް ބަލިކޮށްލަން އެންމެ އުނދަގޫ ޓީމުކަމުގައިވާނެއެވެ. ޕޯޗުގަލްގެ މިހާރުގެ ޓީމުގައި ހިމެނުނު ބައެއް މުހިންމު ކުޅުންތެރިންނަކީވެސް ފްރާންސްގެ ލީގުގައި ކުޅުނު ކުޅުންތެރިންތަކެކެވެ. ފްރާންސާއި މިނިމުނު 2020 ވަނަ އަހަރު ދެފަހަރެއްގެ މަތީން ޕޯޗުގަލް ބައްދަލުކުރިއެވެ. އޭގެ ތެރެއިން އެއްމެޗު އެއްވަރުވެ، ދެވަނަ މެޗުން ފްރާންސް މޮޅުވެ، ނޭޝަންސް ލީގުގެ ސެމީ ފައިނަލަށް ފްރާންސް ދަތުރުކުރީއެވެ.

ޕޯޗުގަލްއަށް ޖަރުމަނު އެންމެ ފަހުން ބަލިކުރެވިފައިވަނީ 2000 ވަނަ އަހަރުގެ ޔޫރޯގައެވެ. އެފަހަރު 0-3 ގެ ނަތީޖާއަކުން ފަސޭހަ ކަމާއެކު ޕޯޗުގަލް މެޗު ކާމިޔާބުކުރިއެވެ. އޭގެ ފަހުން މިހާތަނަށް 4 މެޗު މެޗެއްގައި ޖަރުމަނާއި ޕޯޗުގަލް ވާދަކޮށް، ހަތަރު މެޗުންވެސް ޕޯޗުގަލްވަނީ ބަލިވެފައެވެ.

ހަންގޭރީއާއި ޕޯޗުގަލް އެންމެ ފަހުން ވާދަކޮށްފައިވަނީ 2016 ވަނަ އަހަރުގެ ޔޫރޯގައެވެ. އެމެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *