Ad

ފްރާންސް ހިފަހައްޓާލަން ވަރަށް އުނދަގޫވާނެ. ފްރާންސުން އާޖެންޓީނާއާއި ބެލްޖިއަމް ބަލިކުރިގޮތް އަދިވެސް ހަދާނެއްނުނެތޭ: ކްލިންސްމަން

ނިމިގެންދިޔަ 2018 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ފްރާންސް އިން އާޖެންޓީނާއާއި ބެލްޖިއަމް ބަލިކުރިގޮތް ހަނދާންނުނެތޭ ކަމަށާއި، 90 މިނެޓް ތެރޭގައި ފްރާންސް ހިފަހައްޓާލަން ވަރަށް އުނދަގޫވާނެކަމުގައި ޖަރުމަނުގެ ކުރީގެ ކެޕްޓަން އަދި ކޯޗު ޔާގެން ކްލިންސްމަން ބުނެފިއެވެ. ކްލިންސްމަން މިހެން ބުނެފައިވަނީ ޔޫރޯ 2020 ގައި ގްރޫޕް އެފް ގައި މިރޭ ފްރާންސާއި ޖަރމަނީ ބައްދަލުކުރަން ހަމަޖެހިފައިވާ މެޗާއި ގުޅިގެން ދީފައިވާ އިންޓަވިއެއްގައެވެ.

ޔާގެން ކްލިންސްމަން ބުނެފައިވާގޮތުގައި، ޖަރުމަނު ޓީމަކީ އަލަށް އެކުލަވާލެވުނު ޒުވާން ކުޅުންތެރިންތަކެއްގެ މައްޗަށް ބިނާކުރެވިފައިވާ ޓީމެއްކަމަށާއި، މިވަގުތު ޖަރުމަން ޓީމުގައި ޔޫރޯގައި ގޯލެއްޖެހި އެއްވެސް ކުޅުންތެރިއަކުވެސް ހިމެނިފައިނުވާ ޓީމެކެވެ. އެހެންކަމުން، ފްރާންސް ކަހަލަ ޓީމަކާއި ދެކޮޅަށް ނެރެންޖެހޭނީ ތަޖުރިބާހުރި ޓީމެއްކަމުގައި ޔާގެން ކްލިންސްމަން ބުނެފައިވެއެވެ.

"ފްރާންސްގެ ދުވެލިބާރު ފޯވަޑްލައިން ހުއްޓުވަން ބުރަ މަސައްކަތެއްކުރަންޖެހޭނެ. ބެންޒެމާއާއެކު އެމީހުންގެ ޙަމަލާތަށް ބިލްޑްއަޕްވެގެން އަންނާނެ ގޮތެއްވެސް ނޭނގޭ. 90 މިނެޓްތެރޭގައި ފްރާންސް ހުއްޓުވުމަކީ އެއްވެސް ޓީމަކަށް ފަސޭހަކަމެއްނޫން. ފްރާންސްއިން އާޖެންޓީނާ ބަލިކުރީ ފަހަތުން އަރައި ދެވަނަ ހާފުގައި. ކައުންޓަރ އެޓޭކްތަކުގައި، އެމީހުން ފެނުނީ މާ ބޮޑަށްވެސް ނުރައްކާތެރިކޮށް. ބެލްޖިއަމް ބަލިކުރީ މުޅި މެޗު ޑިފެންސްކޮށްގެން. ކެހި ލިބުނީ ބެލްޖިއަމަށް. ވީމާ، ފްރާންސްގެ ކޯޗު ޑިޝޯމްޕްސްއަށް ބޮޑެތި ޓީމުތަކާއި ދެކޮޅަށް ކާމިޔާބު ހޯދަން އެނގޭ. އޭނާގެ ތަޖުރިބާއާއި ރޭވުންތެރިކަން ފެނިގެންދިޔައީ." ޔާގެން ކްލިންސްމަން ބުނެފައިވެއެވެ.

މުބާރާތް ކާމިޔާބުކުރާނެ ކަމަށް ބެލެވޭ ޓީމުތަކުގެ ތެރޭގައި ފްރާންސާއި، ޕޯޗުގަލް، އިނގިރޭސިވިލާތާއި، ޖަރުމަން ހިމެނޭކަމުގައި ކްލިންސްމަން ބުނެފައިވެއެވެ. މީގެ އިތުރުން، ޒުވާން ކުޅުންތެރިން ހިމެނޭ ސްޕެއިންވެސް ހައިރާންކުރުވަނިވި ނަތީޖާތަކެއް ނެރެފާނެކަމުގައި ކްލިންސްމަން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *