Ad

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް އިސްތިއުފާ ދެއްވައިފި

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް އިސްތިއުފާދެއްވައިފިއެވެ.

މިކަން ހާމަކުރެއްވީ ޝަރީފް ކުރެއްވި ޓްވީޓެއްގައެވެ. އިސްތިއުފާ ދިންކަން ހާމަކޮށް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިލެކްޝަނުން އިސްތިއުފާ ދިނީ ވޭތުވެދިޔަ ތިން އިންތިހާބުގައި އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާއިއެކު މަސައްކަތް ކޮށްދެވުނު ކަމުގެ ހިތްހަމަޖެހުމާއި އެކުގައި ކަމަށެވެ. ކުރިމަގުގައި ވެސް ރައްޔިތުންގެ ހިދުމަތްތަކުގައި ފެންނާނެ ކަމަށް ޝަރީފްގެ ޓްވީޓްގައި ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ޝަރީފް އިސްތިއުފާދެއްވި ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ.

އިލެކްޝަން ކޮމިޝަނަށް އައްޔަން ކުރުމުގެ ކުރިން ޝަރީފް ހުރީ ރައީސް ޔާމީންގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުގައެވެ. އޭގެކުރިން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރުކަން ވެސް ޝަރީފް ކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *