Ad

ރާއްޖޭގައި ކޮވިޑްގެ ގިނަ ވައްތަރު ތަކެއް، އެންމެ ގިނައީ އިންޑިއާއާއި ޔޫކޭގެ ވޭރިއަންޓް: ޑރ. ނަޒުލާ

ރާއްޖެއިން ކޮވިޑްގެ ގިނަ ވޭރިއަންޓްތަކެއް ފެނިފައިވާ ކަމަށާއި އެންމެ ގިނައީ އިންޑިއާ އިން ފެނުނު ޑެލްޓާ ވޭރިއަންޓާއި އިނގިރޭސިވިލާތުން ފެނިފައިވާ އަލްފާ ވޭރިއަންޓް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

މި ދެވައްތަރަކީ ކޮވިޑްގެ އެންމެ ނުރައްކާތެރި ދެވައްތަރެވެ. މީގެތެރެއިން ރާއްޖޭގައި ހަލުވިކަމާއެކު މިހާރު ފެތުރުނު އިންޑިއާ ވޭރިއަންޓަކީ ކޮވިޑްގެ އެންމެ ނުރައްކާތެރި ވައްތަރުކަމަށް ދިރާސާތަކުން ދައްްކައެވެ.

މިއަދުގެ ޕްރެސްގައި ޑރ. ނަޒްލާ ރަފީގު ހިއްސާ ކޮށްފައިވާ ގްރާފުން ފެންނަ ގޮތުގައި ރާއްޖެއިން ޓެސްޓް ކުރުމަށް އެންމެ ފަހުން ފޮނުވާފައިވާ 30 ސާމްޕަލް ތެރެއިން އެންމެ ގިނަ މީހަކު ޕޮޒިޓިވްވެފައިވަނީ އިނގިރޭސިވިލާތުގެ ވޭރިއަންޓަށާއި އިންޑިއާގެ ވޭރިއެންޓަށެވެ. މި ވައްތަރުތަކުގެ އިތުރުން އިތުރު ހަތަރު ވައްތަރެއްގެ ވޭރިއެންޓްތަކަށް ބައެއް ފަރާތްތަކުން ޕޮޒިޓިވްވެފައިވާކަން ގްރާފުން ވަނީ ދައްކާފައެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ޑެލްޓާ އަދި އަލްފާ ވޭރިއެންޓްގެ އިތުރުން ޖީ ވޭރިއެންޓް ވެސް ރާއްޖޭގައި އުޅޭ ކަމަށާއި މީގެ ކުރިން ފޮނުވާފައިވާ ގިނަ ސުންކުތައް ފައްސިވެފައިވަނީ މި ވޭރިއެންޓަށް ކަމަށެވެ.

ފާއިތުވި މެއިމަހަކީ ރާއްޖޭގައި ކޮވިޑްގެ ހާލަތު އެންމެ ގޯސްވި މަހެވެ. މެއި މަހަކީ ރާއްޖެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވެ އެންމެ ގިނަ މީހުން މިބަލީގައި ނިޔާވި މަހެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *