Ad
ލޯންޗްތަކުގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް ސިފައިން މަސައްކަތް ކުރަނީ: ފޮޓޯ: އެމްއެންޑީއެފް
ލޯންޗްތަކުގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް ސިފައިން މަސައްކަތް ކުރަނީ: ފޮޓޯ: އެމްއެންޑީއެފް

މާލޭ ފަޅުގައި އޮތް ލޯންޗުތަކެއްގައި އަލިފާން ރޯވެއްޖެ

މާލޭފަޅުގައި އަޅާފައިއޮތް ލޯންޗްތަކެއްގައި އަލިފާންރޯވެއްޖެއެވެ.

އަލިފާން ރޯވެފައިވަނީ މާލޭ މޭރީބްރައުން ކުރިމަތީ ފަޅުތެރޭގައި އަޅާފައިއޮތް ލޯންޗުތަކެއްގައެވެ. މިހާދިސާގައި 3 ލޯންޗެއްގައި އަލިފާން ރޯވިކަމަށް އެމްއެންޑީއެފުން ބުނެއެވެ. މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބުނީ މިއަދު 6:13 ގައި ކަމަށާއި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ލޯންޗްތަކުގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް ސިފައިން މަސައްކަތް ކުރަނީ: ފޮޓޯ/: އެމްއެންޑީއެފް

އަލިފާން ރޯވި 3 ލޯންޗްގެ ތެރެއިން 1 ލޯންޗް ވަނީ ވަރަށް ބޮޑަށް އަނދާފައެވެ. އަލިފާން ރޯވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެމްއެންޑީއެފުން ވަނީ އަލިފާންގަނޑު ނިއްވާލާފައެވެ. މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެއެވެ.

ލޯންޗްތަކުގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް ސިފައިން މަސައްކަތް ކުރަނީ: ފޮޓޯ/: އެމްއެންޑީއެފް
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *