Ad
ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން އަލްއުސްތާޒް ޙުސައިން ޝަމީމް މީގެ ކުރިން ކޯޓަށް ވަޑައިގަންނަވަނީ
ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން އަލްއުސްތާޒް ޙުސައިން ޝަމީމް މީގެ ކުރިން ކޯޓަށް ވަޑައިގަންނަވަނީ

މައްސަލާގައި ސީދާ ޕީޖީ ކޯޓަށް ޙާޟިރުވުމަށް ޑިމާންޑެއް ނުކުރެވޭނެ: ޙައިލަމް

ދައުލަތުން ދަޢުވާކުރައްވާ މައްސަލައެއްގައި ސީދީ ޕީޖީ ކޯޓަށް ޙާޟިރުވެވަޑައިގެން ވަކާލާތުކުރެއްވުމަށް އެއްވެސް ފަރާތަކަށް ޑިމާންޑްނުކުރެވޭނެކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަޙްމަދު ޙައިލަމް ވިދާޅުވެއްޖެ އެވެ.

ޙައިލަމް މިފަދައިން ވިދާޅުވެފައި މިވަނީ، "ބްލޮގަރ ޔާމީން ރަޝީދުގެ މައްސަލާގައި ދައުލަތުގެ ވަކީލުން ފަރުވާކުޑަ؛ މައްސަލަ މަޖްލީހަށް" މި ސުރުޚީގައި އޮންލައިން ނޫހަކުން ލިޔެފައިވާ ޚަބަރެއް ހިމެނުއްވުމާއެކު މިރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގަ އެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ދައުލަތުން ކުރައްވާފައިވާ ދަޢުވާއާ ގުޅިގެން ދައުލަތް ތަމްސީލުކުރެއްވުމަށް (ޔާމީން ރަޝީދުގެ ދިފާޢުގައި) ސީދާ ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ކޯޓަށް ވަޑައިގެންދެއްވުމަށް ޔާމީން ރަޝީދުގެ ޢާއިލާގެ ފަރާތުން އެދުމުންވެސް އެކަމަށް ޖަވާބެއް ދެއްވާފައި ނުވާކަމަށް ޢާއިލާއާ ޙަވާލާދީ މި ޚަބަރުގައި ބުނެފައިވާ ބުނުމަށް ރައްދުދެއްވައި މި ޓްވީޓުގައި ޙައިލަމް އިތުރަށް ވިދާޅުވެފައި ވަނީ، ދައުލަތުން ދަޢުވާކުރާ މައްސަލަތަކުގައި ވަކާލާތުކުރަން ކޯޓަށް ދާނެ ވަކީލުން ކަނޑައަޅާނީ ޕީޖީ ކަމަށާއި އަދި ވަކީލުން ފަރުވާކުޑަނަމަ އެ ވަކީލުން ބަދަލުކުރުމަށް ޕީޖީއަށް ހުށަހެޅޭނެ ކަމަށެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް އަކީ ސީދާ ޤާނޫނުއަސާސީ ގައި ކަނޑައަޅައި ބަޔާންކޮށްފައިވާ މުސްތަޤިއްލު މަޤާމަކަށްވާއިރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި އޭނާއަށް ލިބިފައިވާ ބާރުތައް ބޭނުންކުރުމުގައި އެއްވެސް މީހަކު ނުވަތަ އެއްވެސް ފަރާތަކުން އަންގާ ގޮތަށް ކަންކަންކުރާ، އަދި އެއްވެސް މީހެއްގެ ނުވަތަ އެއްވެސް ފަރާތެއްގެ ނުފޫޒެއްގެ ދަށުގައިވާ މީހަކަށް ޕްރޮސިކިއުޓަރ ޖެނެރަލް ވެގެން ނުވާނެކަމަށް ސީދާ ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައި ވޭމެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *