Ad
ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަދި ދައުލަތުގެ ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތު-: ފޮޓޯ: ރައީސް އޮފީސް 
ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަދި ދައުލަތުގެ ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތު-: ފޮޓޯ: ރައީސް އޮފީސް 

އިޞްލާޙުކުރާނެ ޖާގައެއް ނެތްކަމަށާއި "ބިލު" އަނބުރާ ގެންދެވުމަށް 101 ޢިލްމުވެރީން ރަސްމީކޮށް ރައީސްއަށް ދަންނަވައިފި

ޤާނޫނުލްޢުޤޫބާތަށް އިޞްލާޙުގެނައުމުގެ ބޭނުމުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖްލީހަށް ހުށައަޅުއްވާފައިވާ ބިލު އިޞްލާޙުކުރާނެ ޖާގައެއް ނެތްކަމަށާއި އެބިލު އަނބުރާ ގެންގޮސްދެއްވުމަށް އެދިވަޑައިގެން ރާއްޖޭގެ 101 ދީނީ ޢިލްމުވެރީން ސޮއިކުރަށްވައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ޕެޓިޝަނެއް ހުށައަޅުއްވައިފި އެވެ.

ޢިލްމުވެރީންގެ ފަރާތުން ރައީސް ޞާލިޙަށް މިއަދުގެ ވަގުތެއްގައި ފޮނުއްވައި އެބޭފުޅުން ނިޞްބަތްވެވަޑައިގަންނަވާ ކޯލިޝަން "ޢިލްމުވެރިންގެ ގުޅުން" ގެ ރަސްމީ އެކައުންޓުތަކުގައި ޢާންމުކުރަށްވާފައިވާ މި ޕެޓިޝަނުގައި ޢިލްމުވެރިން ވިދާޅުވެފައި ވަނީ، މިބިލުގެ ސަބަބުން، މުޖުތަމަޢުގައި އިސްލާމް ދީނާ ދެކޮޅަށް ހިނގާ ބޮޑެތި މުންކަރާތްތަކާ ގުޅިގެން އެކަންކަމަކީ ނުރަނގަޅު ގޯސް ކަންތައްތައް ކަމާއި އެކަންކަމުގެ ތެރެއަށް ނުވަނުމަށް ގޮވާލައި ޢާންމުން ހޭލުންތެރި ކުރުމަށް ދީނީ ޢިލްމުވެރިންނާއި އެނޫން ޢާއްމު ރައްޔިތުންނަށް އެކީއެކަށް ހުރަސް އެޅި ބަންދުވެގެން ދާނެކަމަށެވެ.

އަދި، މިބިލުގައި ހިމެނިފައިވާ އަސާސީ ކަންކަމަކީ އެކަންކަމަށް އިޞްލާޙުތަކެއް ގެނެސްގެން ވިޔަސް އިސްލާމީ މުޖުތަމަޢުއަކަށް އެއްވެސް ޙާލެއްގައި، އެއްވެސް މިންވަރަކަށް، ކުޑަނަމަވެސް މަޞްލަޙަތެއް އެކުލެވިގެންވާ ކަންކަން ކަމުގައި ނުވާތީއާއި، އޭގެ ސަބަބުން ލިބިގެން ދާނެ ގެއްލުންތަކަކީ ފޫ ނުބެއްދޭ ވަރުގެ ކަންކަން ކަމުގައި ރާއްޖޭގެ ހުރިހާ ދީނީ ޢިލްމުވެރިން ހެން އިއްތިފާޤުވެ ވަޑައިގަންނަވާކަމަށްވެސް ޢިލްމުވެރީންގެ މި ޕެޓިޝަނުގައި ފާހަގަކުރަށްވާފައި ވެއެވެ.

އަދިހަމަ، ބައިނަލްއަޤުވާމީ ޖަމާޢަތްތަކާ ގުޅިގެން އެކި ޖަމާޢަތްތަކުން ސެކިއުލަރ ޙަރަކާތްތައް މި ޤައުމުގައި ވަރުގަދަ ކުރުމަށް މިވީހާތަނަށް ހިންގާ ޖަރީމާތަކާ ގުޅިގެން ދިވެހި ދައުލަތުގެ އިދާރާތަކަށް ހުށަހަޅާފައިވާ މައްސަލަތައް އެކި ބަހަނާތަކުގެ ތެރޭގައި ހައްޔަރުވެ ކުރިއަށް ނުގޮސް އޮންނަކަމީ ކޮންމެ ފަރުދަކަށް ވެސް މިހާރު ފެންނަން އޮތް ޙަޤީޤަތްކަމަށް ވީހިނދު އެފަދަ ޙާލަތުގައިވެސް ދީނާ ދެކޮޅު ޖަރީމާތައް ހިންގާ މީހުންނާ ދެކޮޅަށް ޢިލްމުވެރިންނާއި ދީނަށް ޣީރަތްތެރިކަން ހުންނަ ޢާންމުންގެ ފަރާތުން ބުނާ ބަހަކާ ގުޅިގެން ދީނުގެ ދިފާޢުގައި ތެދުވާ މީހުންނަށް ދަޢުވާ އުފުލޭނެ ގޮތަށް އޮތުމަކީ ލޮބުވެތި މިވަޠަނުގެ ދީނާއި ޤައުމިއްޔަތާ ޚިލާފު ކަމެއްކަމަށްވެސް ޢިލްމުވެރިންގެ ޕެޓިޝަނުގައި ބަޔާންކޮށްފައި ވެއެވެ.

ރާއްޖޭގެ ސަތޭކަ އެއް ޢިލްމުވެރިއަކު ސޮއިކުރަށްވައި ރައީސަށް ފޮނުއްވި މި ޕެޓިޝަނުގައި ރާއްޖޭގެ ބޮޑެތި އަދި މަޝްހޫރު އެންމެހައި ޢިލްމުވެރިންވެސް ސޮއިކުރަށްވާފައި ވާކަންވެސް ފާހަގަކޮށްލެވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. މާތްﷲ ގަންދީބުނަން… މުސްލިމު މިޤައުމުގެ އެތައްބަޔަކު މިލޮބުވެތި ފަސްގަނޑާ ދީނާ ވަޠަންދެކެ ވާލޯބީގައި މަދުބައެއްގެ ފިކުރެއް ޚިޔާލެއްނެތި ތިޔަވަރުގެ ބިލެއް ފާސްކުރަން އުޅުމަކީ ކުރަންހެޔޮވަރުގެ ކަމެއްނޫންކަން ޤަބޫލުކޮށް ވަގުތުން ތިޔަބިލު ބޭރުކޮށްލާށެވެ.
    އިންޑިއާ، ޖަރުމަނު ، އެމެރިކާ ، އިނގިރޭސިވިލާތަކުން މިޤައުމާއި،ދީން ހިމާޔަތްކޮށް ލޮބުވެތި ރަޢިއްޔަތުންނަށް އޯގާތެރިވާނެތޯއެވެ.

  2. އަހަރެންގެ ޚިޔާލެއްވެސް ހުށަހަޅާލާނަން ތިޔަބިލުގައި ގޯސްކަމެއްނެތް ވާހަކައެއްވެސްނޫން ނަމަވެސް ތިޔަޢިލްމުވެރިންނަކީ ސިދާ ީސިޔާސީ ފިތުނަވެރިންކަމުގާދެންނެވިން ވަކިފަރާތަކުން ކުރާކަންަށް ލޮލަށްފެނި އަޑުއިވޭނި ގައުމުގައި ފިތުނައުފައްދާ އިލްމުވެރިންކަމުގާ ބުނަންކެރޭ ވެތުވެދިޔަސަރުާކަރުގަވެސް ތިފަދަ އެތަށް އެތަށް ގޯސް ނުބާ ކަންތަށް ކުރަމުން ގާނޫނަށް ބަދަލުގެންނަމުން ދިޔައިރު ތިއިން އެއްވެސް ސޭޚަކަށް ބަޔާނެއް ކީތްކުރަންތޯ ޗުޕުވެސް ބުނެލަންނުކެރި ފިލާތިބީ ޔަމީނުދެކެ ބިރުންތޯ ﷲގެކުޅަދުންވަންތަކަންދެކެ ބިރުންތޯއެވެ؟؟؟ހަމަ ޭހައިރާންވޭ ވީމާ މިދިވެހިރާއްޖެ ފިތުނައުފައްދައި ބައިބައިކޮެްއްޚަރާބުކުރާ ޢިލްމުވެރިންނަށް ހެޔޮރަގަޅު ވިސްނުން މިންވަރުކޮއްދެއްވާށި އާމީނ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *