Ad
ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް-: ފޮޓޯ: ރައީސް އޮފީސް
ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް-: ފޮޓޯ: ރައީސް އޮފީސް

އަޅުގަނޑަކީ ޝިއުނާ ކުޅެން ގެންގުޅޭ ބޯޅައެއް ނޫން: ކުޅިވަރާބެހޭ ވަޒީރު

އެމަނިކުފަނަކީ ޝިއުނާ ކުޅުއްވަން ގެންގުޅުއްވާ ބޯޅައެއް ނޫންކަމަށް ވިދާޅުވެ ކަންކުރަށްވަން އެނގިވަޑައިނުގަންނަވާ ނަމަ އިސްތިޢުފާދެއްވުން މާ ރަނގަޅުވާނެކަމަށް ވިދާޅުވެ ޔޫތު މިނިސްޓަރ މަޙްލޫފްގެ ވަރުގަދަ ރައްދެއް އޭސީސީގެ ރައީސާ އަށް އަމާޒުކުރަށްވަފައި ވެއެވެ.

އެމްއެމްޕީއާރސީގެ ޚިޔާނާތާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ސަބަބުން "އެކަހެރި" ކުރެވިފައި ހުރި މިނިސްޓަރ މަޙްލޫފް މިފަދައިން ވިދާޅުވެފައި މިވަނީ މީގެ އިރުކޮޅެއްކުރިން ކުރެއްވި ޓްވީޓެއްގައެވެ.

ބޮޑު ޚިޔާނާތުގެ ފައިސާ "ބެހުމުގައި" މެދުވެރިއަކަށްވީ އެސްއޯއެފްގެ އެކައުންޓުން މަޙްލޫފްގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާ އަކީ ރައްޔިތުންގެ މަޖްލީހުގައި ނެގުނު ވޯޓަކާ ގުޅިގެން ދެވުނު ފައިސާކަމަށް އެކޮމިޝަންގެ ތަޙްޤީޤަށް ސާބިތުވާކަމަށް ނިންމުމަށް ފަހު ދަޢުވާކޮށްދެއްވުންއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެމައްސަލަ ފޮނުއްވުމާއެކު އެކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

މިނިސްޓަރ މަޙްލޫފްގެ ޓްވީޓުގައި މިބަޔާނަށް އިޝާރާތްކުރަށްވައިވެސް ފާޑުވިދާޅުވެފައި ވެއެވެ. މައްސަލަ ޕީޖީއަށް ފޮނުވަމުން އޭސީސީ އިން ބޮޑު ބަޔާނެއް ނެރުނު ނަމަވެސް އަނބުރާ ފޮނުވާލީމަ މިތިބެނީ ހަނުކަމަށް ވިދާޅުވެފައި ވެއެވެ. ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނުކޮށް މިއީ ކުޅޭ ކުޅިވަރަކަށް ނުހެދޭނެކަމަށްވެސް މިނިސްޓަރ މަޙްލޫފްގެ މިޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

މިސަރުކާރުގައި އެންމެ ހީވާގި އަދި ނަތީޖާނެރެދެއްވާ މިނިސްޓަރެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާ ޒުވާނުންގެ މިނިސްޓަރ މަޙްލޫފްގެ މައްޗަށް ދަޢުވާކޮށްދިނުމަށްއެދި އޭސީސީ އިން ޕީޖީ އޮފީހަށް ފޮނުވި މައްސަލަ ޕީޖީ އިން އަނބުރާ އޭސީސީ އަށް ފޮނުވާލިކަމަށް މީޑިއާތަކުން އިއްޔެ ޚަބަރު ފަތުރާފައި ވަނިކޮށް ޕީޖީ އޮފީހުގެ އޮފިޝަލެއްގެ އިތުރުން ޚުދު ޕީޖީ ޝަމީމް ވެސް ވަނީ އެކަން ދޮގުކުރަށްވާފަ އެވެ.

މަޙްލޫފްގެ މައްޗަށް ދަޢުވާކޮށްދެއްވުން އެދި އޭސީސީ އިން ހުށައެޅި މައްސަލަ ޕީޖީ އިން އަނބުރާ ފޮނުވާނުލާކަމަށާއި އެމައްސަލައިގެ އިތުރު ކަންކަން ފުރިހަމަކުރުމަށް އޭސީސީ އަށް އަންގާފައި ވާނެކަމަށްވެސް ޕީޖީ އޮފީހުން ތަފްޞީލުކޮށްދީފައި ވޭމެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *