Ad

ދޮޅުއަހަރު ވަންދެން ބެލުމަށްފަހު އެއްވެސް މައްސަލައެއް ނުފެނުމުން ޝަޒައިލް އަލުން އަނބުރާ ވަޒީފާއަށް

މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމަށް ތުހުމަތުކުރި ކޮރަޕްޝަންގެ މައްސަލަތައް ބަލާ ސާބިތު ނުވުމުން ސަސްޕެންޝަން އުވާލައި ވަޒީފާ އަލުން ރުޖޫއަކޮށްފިއެވެ.

2019 ވަނަ އަހަރު އޮކްޓޯބަރު މަހު 15 ވަނަ ދުވަހު ޝަޒައިލް ސަސްޕެންޑްކުރީ ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅަން ރައީސް އޮފީހުން އާއްމުކޮށްފައިވާ ޕޯޓަލްއަށް ލިބުނު ޝަކުވާތަކަކާ ގުޅިގެންނެވެ. އެ މައްސަލަ ތަހުޤީޤީ އިދާރާތަކުން ތަހުގީގުކޮށް ނިމެންދެން އޭނާ ހުރީ މުސާރަ ނުލިބޭގޮތަށް ވަޒީފާއިން އެކަހެރިކޮއްފައެވެ.

ޝަޒައިލްގެ މައްޗަށް ތުހުމަތުކުރެވުނު ކޮރަޕްޝަންގެ މައްސަލަ އޭސީސީން ތަހުޤީޤު ކުރިމަށްފަހު ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ނުފެނުމުން އޭނާގެ މައްޗަށް ތުހުމަތުކުރި މަނީލޯންޑަރިންގެ މައްސަލައެއް ފުލުހުން ތަހުޤީޤު ކުރިއެވެ. ނަމަވެސް ފުލުހުންވެސް ވަނީ މަނީލޯންޑަރިންގެ އެއްވެސް މައްސަލައެއް ޝަޒައިލްގެ ފަރާތުން ފެނިފައިނުވާތީ އެ މައްސަލަ ފައިލްކޮއްފައެވެ.

އެމްއާރްއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ޝަޒައިލް މޯލްޑިވް ގޭސްގެ އެމްޑީގެ މަގާމަށް އައްޔަން ކުރީ 2019 ވަނަ އަހަރުގެ ޖެނުއަރީ ހަ ވަނަ ދުވަހު އެވެ. 

ޝަޒައިލް ޝިޔާމަކީ ޓެކްނޮލޮޖީ މެނޭޖްމެންޓް ދާއިރާ (އިންޑަސްޓިރިއަލް މެނޭޖްމަންޓް) އިން މެލޭޝިޔާ އިން މާސްޓަރސް ހައްދަވާފައިވާ ބޭފުޅެކެވެ. މީގެ 16 އަހަރު ކުރިން ފެށިގެން ޝަޒާއިލް ގެންދަވަނީ ދައުލަތުގެ އެކި މަގާމްތައް ފުރުއްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *