Ad
މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް އަދި ސަލަފް ޖަމިއްޔާގެ ރައީސް ޝައިޚް ޢަބްދުﷲ މުޙައްމަދު
މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް އަދި ސަލަފް ޖަމިއްޔާގެ ރައީސް ޝައިޚް ޢަބްދުﷲ މުޙައްމަދު

ސަލަފްގެ ރައީސް ސަން ޝިޔާމަށް ރައްދުދެއްވައިފި

ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާފާނެތޯ ސީއެންއެެމްގެ "އިތުރުކާފް" ޕްރޮގްރާމްގައި ދެންނެވި ސުވާލަކަށް މަޝްހޫރު މަހުޖަނެއްކަމުގައިވާ ސަން ޝިޔާމް ދެއްވި ޖަވާބާގުޅިގެން ޖަމްޢިއްޔަތުއްސަލަފްގެ ރައީސް ޢަބްދުﷲ މުޙައްމަދު ޝިޔާމަށް ރައްދުދެއްވައިފި އެވެ.

އެ ޖަމްޢިއްޔާއަކީ، ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝިޔާމް އާ "ގާތް" ގުޅުމެއް އޮންނަ ޖަމްޢިއްޔާއެއް ކަމަށް ސިޔާސީ އިސް ފަރާތްތަކުން ތުހުމަތުކުރާ، ރާއްޖޭގެ މަޝްހޫރު ގިނަ ދީނީ ޢިލްމުވެރިންތަކެއް ނިޞްބަތްވެވަޑައިގަންނަވާ ސަލަފް ޖަމިއްޔާގެ ރައީސް ޝައިޚް ޢަބްދުﷲ، ޝިޔާމަށް ރައްދުދެއްވާފައި މިވަނީ މިއަދުގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގަ އެވެ.

ރައްޔިތުން އެދޭނަމަ 2023 ވަނަ އަހަރުގެ އިންތިޚާބުގައި ރާއްޖޭގެ ރައީސްކަމަށް ކުރިމަތިލައްވާނެކަމަށް ޝިޔާމް ވިދާޅުވި ޚަބަރު ހިއްސާކުރެއްވުމާއެކު ސަލަފްގެ ރައީސްގެ މި ޓްވީޓުގައި ވިދާޅުވެފައި ވަނީ، ރައްޔިތުންގެ މަންދޫބެއްގެ ޙައިޘިއްޔަތުން މަޖްލީހަށް ރައްޔިތުން ހޮވައިދެއްވުމުން އެ މަޖްލީހުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޒިއްމާދާރުކަމެއްނެތް މެމްބަރުންގެ ފުށުން އެއަށްވުރެ މަތީން ޤަވުމަށް ކޮށްދެވޭނެ ޚިދުމަތެއް އޮންނާނެކަމުގައި ދެކެވޭކަށް ނެތްކަމަ ށެވެ.

ރައްޔިތުންގެ މަޖްލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރުކަން ކުރައްވާ ޝިޔާމަކީ މަޖްލީހުގެ ޙާޟިރީގެ އެންމެ ފުލުގައި ހިމެނިވަޑައިގަންނަވަމުންދާ މެމްބަރެއްކަން ރައްޔިތުންގެ މަޖްލީހުން ހާމަކުރައްވާފައިވާ މައުލޫމާތުތަކުން ކަޝްފުވެ އެވެ.

ރައްޔިތުންގެ މަޖްލީހުގެ މުހިންމު ކޮމިޓީއެއްކަމަށްވާ ސަލާމަތީ ޚިދުމަތްތަކާބެހޭ 241 ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޝިޔާމް އެ ކޮމިޓީއަށް ވެސް ހާޒިރުވެވަޑައިގެންފައި ވަނީ ގިނަ ދުވަސްތަކަކަށް ފަހުގައި، ރައްޔިތުންގެ މަޖްލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާގެ ތަހުގީގު ކުރިއަށްދިޔަ ކޮމިޓީގެ ބައްދަލުވުމަކަށް ދާދި އިހަށް ދުވަހަކުކަން ވެސް މަޖްލިސް މެމްބަރުން ފާހަގަކުރަށްވާފައި ވެއެވެ.

ރާއްޖޭގެ ދީނީ ޢިލްމުވެރިންނަށް ނިޞްބަތްކޮށް ތަފާތު ތުހުމަތުތައް ކުރުމަކީ ސިޔާސީ ފަރާތްތަކުން ޢާންމުކޮށް ކުރާކަމެ ކެވެ.

ސައްތައިން ސައްތަ އިސްލާމީ މި ޤައުމުގައި ވާދަވެރި ސިޔާސީ ޕާޓީތަކެއް އެކުލެވޭ ނިޒާމެއް ތަޢާރަފުވެގެންދިއުމާއެކު ދީނީ ޢިލްމުވެރިން އެބޭފުޅުންނަށް ވެސް ލިބިގެންވާ އެ އަސާސީ ޙައްޤުޤެ ބޭނުންހިއްޕަވައި، އެބޭފުޅުންގެ އިޖްތިހާދާއެކު އެއިރަކު ކުރިއަށްވަޑައިގަތުމަށް ފެންނަވާ އެންމެ ރަނގަޅު ގޮތަކަށް، ކުރިއަށް ވަޑައިގަތުމަށް ނިންމަވާ ނިންމެވުންތަކާއެކު އެބަޔަކު "ހިތާވާ" ސިޔާސީ ފިކުރަކަށް އާނބަސް ނުބުނެވޭ ފަހަރުތަކުގައި "ކަންނެލި އޮޑި" ނުވަތަ "ފަހަރި" ނުވަތަ "ރީލޯޑް ޝައިޚް" ގެ ގޮތުގައި ޞިފަކޮށް ލޭބަލްކޮށް އެބޭފުޅުންނާމެދު ޢާންމުންގެ ހިތްތަކުގައި "ނަފްރަތު" އުފެއްދުމުގެ ގޮތުން ބުހުތާނު ވާކަހަތައް ދެއްކުމަކީ ސިޔާސީ ގޮތުން "ހަކުޅި ކުރިއަށް" ކުޅުމެއްކަމަށް ވެގެން ގޮސްފައި ވާކަމީ އެފަދަ ޕޯޑިއަމްތަކުގެ ރެކޯޑިން އަޑުއަހާލުމުން މިހިނދުވެސް ފެނި އަދި އިވެންހުރި މަންޒަރާއި އަޑުތައްކަން ވެސް ފާހަގަކޮށްލެވެ އެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *