Ad
އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދިރު އެޑިއުކޭޝަން މިނިސްޓަރ ގެ އަރިހަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން-: ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ 
އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދިރު އެޑިއުކޭޝަން މިނިސްޓަރ ގެ އަރިހަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން-: ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ 

ޤުރުއާނާއި ޢަރަބި ޓީޗަރުން އިންޑިއާ އިން ގެނައީ ހަގީގީ ބޭނުމެއް އޮވެގެންތޯ ނުވަތަ ދަރަންޏެއް އަދާކުރުމުގެގޮތުންތޯ؟: ސަލަފްގެ ރައީސް

ޤުރުއާނާއި ޢަރަބި ކިޔަވައިދޭ ޓީޗަރުން އިންޑިއާ އިން ރާއްޖެއަށް އެތެރެކުރަނީ އެކަމުގެ ޙާޖަތް ޙަޤީޤަތުގައިވެސް މިވަގުތު އޮތީމާތޯ ނުވަތަ އެއީ އިންޑިއާ އަށް އަދާކޮށްދޭން ޖެހިފައިވާ ދަރަންޏެއް އަދާކުރުމުގެގޮތުންތޯ ބަލަންޖެހޭކަމަށް ޖަމްޢިއްޔަތުއްސަލަފްގެ ރައީސް ޝައިޚް ޢަބްދުﷲ މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މަޝްހޫރު ގިނަ ދީނީ ޢިލްމުވެރިންތަކެއް ނިޞްބަތްވެވަޑައިގަންނަވާ ސަލްފް ޖަމިއްޔާގެ ރައީސް ޝައިޚް ޢަބްދުﷲ މިފައިދައިން ވިދާޅުވެފައި މިވަނީ، ޤުރުއާނާއި ޢަރަބި ބަސް ކިޔަވައިދޭ އިންޑީއާ ޓީޗަރުން ރާއްޖެގެނެސްފިކަމަށް ނުސްތަކުން ރިޕޯޓްކޮށްފައިވާ ޚަބަރެއް ހިއްސާކުރަށްވައި މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

ޢަސްކަރީގޮތުން ގުޅުންހުރި ނުވަތަ ސަލާމަތީ ކަންކަމާ ގުޅިގެންވެސް އަދުގެ ސަރުކާރުން އިންޑިއާ އާ އެކު "އަޑި ނޭނގޭ ގާތް" ގުޅުންތަކެއް ބާއްވަމުންގެންދަވާކަމަށް ސިޔާސީ ފަރާތްތަކުގެ އިތުރުން ޢާންމުންގެ ގިނަ ބަޔަކުވެސް ތުހުމަތުކުރަމުންދެއެވެ. އަދި އެފަދަ ތުހުމަތުތަކަށް ބާރު ލިބިދޭ އެއްބަސްވުންތައް ވެސް މީޑިއާއަށް ތިލަވަމުން ދޭމެއެވެ.

އަދިހަމަ، "ނަފްރަތު" ގެ ބަސްތަކާއި ޢަމަލުތައް ހުއްޓުވުމަށް އެފަދަ ކަންކަން ޖިނާއީ ކުށްތަކަށް ހެދުމުގެ ބޭނުމުގައި ކަމަށް ބުނެވިގެން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖްލީހަށް މިހިނދު ހުށައަޅުއްވާފައިވާ ބިލު އެއޮތްގޮތަށް ޤާނޫނަކަށް ވެއްޖެނަމަ، އިސްލާމީ މާއްދާތައް ކިޔަވައިދިނުމުގައި ބޭނުންކުރެވޭ ބަހެއްގެ ސަބަބުންވެސް އަހަރު ދޮޅުއަހަރަށް ޖަލަށްދާން ޖެހިދާނެކަމަށް ޤާނޫނީ ފަންނުގެ ބޭފުޅުން ފާހަގަކުރަށްވަމުން ގެންދަވާ މި ދަނޑިވަޅުގައި، އިސްލާމީ ތަޢުލީމު ދިނުމަށް ކުއްލިގޮތަކަށް އިންޑިއާ އެދުރުން ގެނައުމާ ގުޅިގެން ދީނީ ޢިލްމުވެރިންގެ އިތުރުން ޢާންމުންވެސް ގިނަ ސުވާލުތަކެއް އުފައްދަމުން ދޭމެއެވެ.

އެގޮތުން، ޢާންމު ރައްޔިތަކު ކޮށްފައިވާ ޓްވީޓެއްގައި، ރާއްޖޭގައި ވަރަށް ގިނަ ޤާރީ ކޯސް ނުވަތަ ޢަރަބި ބަސް ދަސްކުރާ ކޯސް ހިންގާކަމަށް އަޑުއިވޭކަމަށާއި، ރާއްޖެއިން އަދިވެސް ބޭނުންވާ ވަރަށް މީހުން ނުއުފެއްދެނީތޯ އަހައި ސުވާލުކޮށްފައި ވެއެވެ.

"އިންޑިއާ ހައިކޮމިޝަނުން ތިކަންތައް ސާފުކޮށްދެއްވާނެކަމަށް ފެނޭ" އެ ފަރާތުގެ މިސުވާލު ހިމެނޭ ޓްވީޓު "ކޯޓް" ކުރަށްވައި ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް އަދި މަޝްހޫރު ޤާނޫނީ ވަކީލު އަޙްމަދު މުޢިއްޒު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

ރާއްޖެއާއި އިންޑިއާ އާ ދެމެދު މިސަރުކާރުން ބާއްވަމުން ގެންދަވާ އާދަޔާއިޚިލާފު "ގާތް" ގުޅުމާމެދު ގިނަބަޔަކު ތުހުމަތުގެ އިނގިލިތައް ދިއްކުރަމުން ދާއިރު، ދަރަނި ދަންތޫރައިގެ ގޮތުގައާއި އިޤްތިޞާދީ، އިޖްތިމާޢި އަދި ޢަސްކަރީ ގޮތުންވެސް އިންޑިއާގެ "ބާރު" ރާއްޖޭގައި ގަދަކުރެވޭ ޒާތުގެ ކަންކަން ކުރިއަށްގެންދާ މަންޒަރުވެސް ފެންނަމުންދެއެވެ.

ރާއްޖޭގެ އުތުރާއި ދެކުނަށް އަމާޒުކޮށްގެން އިންޑިއާ އިން ހިންގާ "އެހީ" ގެ ޕްރޮޖެކްޓްތަކު ގޮތުގައެވެ. އެއަރޕޯޓްތައް ތަރައްޤީކޮށް ކޮންސިއުލޭޓް ހުޅުވުމުން ފެށިގެންގޮސް ސްކޫލް އެސެމްބްލީތަކުގައި ބައިނަލް އަޤްވާމީ ޔޯގާދުވަސް ރަސްމީކޮށް ފާހަގަކުރުމާއި ހަމައަށެވެ.

ދާދިފަހުން އިކޮނޮމިކް މިނިސްޓްރީ އިން ބޭއްވި، މިނިސްޓަރ ފައްޔާޒު ނުހަނު "ރުންކުރުކޮށް" ވާހަކަދެއްކެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެވުނު ގޮތުގައި، އިންޑިއާގެ ދުޝްމަނުންގެ ބާރު ދިވެހިރާއްޖޭގައި ގަދަވެގެން ނުދިއުމަށް އިންޑިއާ އިން މަސައްކަތް ކުރާނެކަމަށް "އިޢުތިރާފް" ވެވަޑައިގެންފައި ވެއެވެ.

އަދި، މުސްލިމުންނާ މެދު ލާއިންސާނީ ޢަމަލުތައް ހިންގަމުންދާ "ހިންދުތުވާ" ޖަމާޢަތުގެ ރޫޙާއި އެދުމާއި އެއްގޮތަށް އިންޑިއާގެ އަދުގެ މައިސަރުކާރުގެ ސިޔާސަތުތަކާއި ޢަމަލުތައް، ކަޝްމީރާއި މަލިކުގެ މުސްލިމު ރައްޔިތުންނާއި ދެކޮޅަށް ފާޅުގައި ބައްޓަންކުރަމުންދާއިރު، މުޅި ދުނިޔޭގެ ނިޞްބަތުންވެސް ނުހަނު މުހިންމު ސްޓެރެޓެޖިކް ލޮކޭޝަނެއްގައި އޮތް ޤުދުރަތީ ގޮތުން ލާމަސީލު އަދި ސައްތައިންސައްތަ އިސްލާމި މި ދައުލަތުގެ އެންމެ އަސާސީ ދެބަހާކަމުގައިވާ އިސްލާމް ދީނާއި ޤައުމުގެ އިސްތިޤްލާލް އާމެދު ކުޑަވެސް އަޅާލުމެއްނުދެވި "ގުޅުން" ތައް ބޭއްވެމުންދާނަމަ މަސްދުމަށި މައްޗަށް ބުޅަލެއްލައި ބަދިގޭގެ ދޮރުޖެހުންފަދަ ނޫންހެއްޔެވެ؟!

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *