Ad
2019 ވަނަ އަހަރުގެ ކުރީކޮޅު ތުރާކުނާ ދިމާލުން ބޭރުން ޤަވާޢިދާޚިލާފަށް މަސްވެރިކަން ކުރަމުން ގެންދިޔަ ބޭރުގެ ދެމަސް ބޯޓު ޤައުމީ ދިފާޢީ ބާރުގެ ބެލުމުގެ ދަށަށް ގެންނަނީ-: ފޮޓޯ: އެމްއެންޑީއެފް
2019 ވަނަ އަހަރުގެ ކުރީކޮޅު ތުރާކުނާ ދިމާލުން ބޭރުން ޤަވާޢިދާޚިލާފަށް މަސްވެރިކަން ކުރަމުން ގެންދިޔަ ބޭރުގެ ދެމަސް ބޯޓު ޤައުމީ ދިފާޢީ ބާރުގެ ބެލުމުގެ ދަށަށް ގެންނަނީ-: ފޮޓޯ: އެމްއެންޑީއެފް

"ބެލުމުގެ ދަށަށް ގެންނަވާފަ އުޅަނދާމެދު ދެން ޢަމަލުކުރަށްވާ ގޮތެއްވެސް ހާމަކުރެއްވުން އެދެން": ކުރީގެ ޕީޖީ މުޢިއްޒު

ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގައި ޤަވާޢިދާ ޚިލާފަށް މަސްވެރިކަންކުރަން އުޅެނިކޮށް ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންނެވުމަށް ފަހުގައި އެފަދަ އުޅަނދުތަކާމެދު ދެން ޢަމަލުކުރަށްވާ ގޮތެއްވެސް ހާމަކުރެއްވުން އެދިވަޑައިގަންނަވާކަމަށް ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޒް އަޙްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ފެހި ޤާނޫނުއަސާސީގެ ދަށުން ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ޢައްޔަނު ކުރެވުނު މުސްތަޤިއްލު ޕްރިސެކިއުޓަރ ޖެނެރަލްގެ މަޤާމު އަދާކުރެއްވުމުގެ އިތުރުން، ޤާނޫނީ ދާއިރާގައި ފުންނާބު އުސް ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކުމެ ޤަބޫލުކުރާ މުޢިއްޒު މިފަދައިން ވިދާޅުވެފައި ވަނީ މިރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގަ އެވެ.

ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގައި ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރަން އުޅުނު ބޭރުގެ މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެންނަވައިފިކަން ހާމަކުރައްވައި ޤައުމީ ދިފާޢީ ބާރުގެ ޓްވިޓަރ އަތްގަނޑުން ޢާންމުކުރައްވާފައިވާ ޚަބަރެއް ހިއްސާކުރެއްވުމާއެކު މުޢިއްޒު ކުރެއްވި މި ޓްވީޓުގައި ފުލުހުންގެ އިތުރުން ޕްރޮސިކިއުޓަރ ޖެނެރަލް ޓެގްކުރައްވާފައި ވޭމެއެވެ.

ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދަށް ޤަވާޢިދާ ޚިލާފަށް ބޭރުގެ ބޯޓުތަކުން ވަދެ މަސްވެރިކަންކުރަން އުޅެނިކޮށް އަތުލައިގަތުމަކީ ދޭތެރެއަކުން ހިނގާކަމެކެވެ. ކަމާބެހޭ ފަރާތްތަކުން ހިންގަވާ އޮޕަރޭޝަންތަކުގައާއި ޚުދު ރާއްޖޭގެ މަސްވެރިންގެ ބުރަ މަސައްކަތުން ވެސް، އެފަދަ ބޯޓުތައް ހިފަހައްޓައި ކަމާބެހޭ ފަރާތްތަކާ ޙަވާލުކުރާކަން ފާހަގަކޮށްލެވެ އެވެ.

އެހެންނަމަވެސް، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު ގެ ދަށުން އެފަދަ ބޯޓުތަކާމެދު ޢަމަލުކުރެވެމުން އަންނަތަން ފެނިގެން ނުދިއުމަކީ ނުވަތަ ޢަމަލުކުރެވޭކަން އެނގިގެން ނުދާކަމީ، މަސްވެރިންގެ އިތުރުން ރައްޔިތުންގެ ކަންބޮޑުވުމެއްކަން ވެސް ފާހަގަކުރެވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ޙުޅުމާލޭ ފަޅު ތެރޭގަ އޮއްނާނެ އަޅާފަ ،، އެމީހުން ކާގެން ބޮއެގެން އުޅެނީ ްސަލާންޖަހާގެން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *