Ad
ކުއްޖާ މަރާލާފައި ފޮށްޓަކަށްލައި އެއްލާލާފައި އޮތް ސަރަޙައްދުން ފުލުހުންގެ ފޮރެންސިކް ޓީމުން ހެކި އެއްކުރައްވަނީ-: ފޮޓޯ: އަދަދު
ކުއްޖާ މަރާލާފައި ފޮށްޓަކަށްލައި އެއްލާލާފައި އޮތް ސަރަޙައްދުން ފުލުހުންގެ ފޮރެންސިކް ޓީމުން ހެކި އެއްކުރައްވަނީ-: ފޮޓޯ: އަދަދު

އާދިއްތަ ދުވަހުން ފެށިގެން ކުއްޖާ ހޯދަން ޢާންމުންނަށް ނޭންގީ ކީއްވެ؟: މެމްބަރު ޝިޔާމް

އާދީއްތަ ދުވަހު ފުލުހުންނަށް ހުށައެޅުނު ކުޑަކުއްޖަކު ރަހީނުކުރި މައްސަލައާ ގުޅިގެން ކުއްޖާ ހޯދުމަށް ޢާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިވަޑައިނުގެންނެވީ ކީއްވެތޯ ރައްޔިތުންގެ މަޖްލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މެމްބަރު ޝިޔާމް މިފަދައިން ސުވާލުކުރައްވާފައި މިވަނީ، ރަހީނުކޮއްފައިވާ ކަމަށް ފުލުހުންނަށް މައްސަލަ ހުށައެޅުނު މި ކުއްޖާ މަރާލާފައި އޮއްވާ ފެނިއްޖެކަމަށް އޮންލައިން ނޫހެއްގައި ލިޔެފައިވާ ޚަބަރެއް ހިއްސާކުރެއްވުމާއެކު ކުރެއްވި ޓްވީޓެއްގަ އެވެ.

"މިވެށީގައި ރައްކާތެރިކަން އޮތީ ކޮން ރައްޔިތަކަށްތޯ"

ފުލުހުން ޓެގްކުރަށްވައި މެމްބަރު ޝިޔާމް ކުރެއްވި މި ޓްވީޓްގައި އިތުރަށް ސުވާލުއުފައްދަވާފައި ވޭމެއެވެ.

މިހާދިޘާއާ ގުޅިގެން ފުލުހުން މިއަދު ހެނދުނު މިޑީއަތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، ޢުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށްފައިވާކަމަށް ބެލެވޭ މައްސަލައެއް މިމަހުގެ 20 ވަނަ ދުވަހު ފުލުހުންނަށް ހުށައެޅުމާ ގުޅިގެން ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރައްވަމުން ގެންދަވަނިކޮށް ކުއްޖާ މަރާލާފައި އޮއްވާ 22 ޖޫން ދުވަހުގެ މެންދަމުގެ ވަގުތެއްގައި ފެނިފައިވާކަމަށެވެ.

ދިވެހި މިކުޑަ މުޖުތަމަޢުއާ އިންތިހާއަށް ބީރައްޓެހި، މީސްތަކުންގެ ހިތްތަކަށް ބިރުވެރިކަން ވައްދުވާނެ ބީދައިން، ރަހީނުކޮށްގެން ގެންގޮސް މަރާލައި އެއްލާލާފައި އޮއްވާ ފެނުނު ކުއްޖާއާއެކުގައި އުޅޭ ކުޑަ ކުއްޖެއްގެ އިތުރުން 27 އަހަރުގެ ޒުވާނަކު ރޭގެ ވަގުތެއްގައި މާލެ އިން ހައްހައްޔަރުކުރެވިފައި ވާކަމަށާއި އަދި މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރައްވަމުން ގެންދަވާކަމަށް ފުލުހުން ހާމަކުރައްވާފައި ވާކަންވެސް ފާހަގަކޮއްލެވެ އެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *