Ad
ކުއްޖާ މަރާލި މައްސަލައާ ގުޅިގެން ފޭސް 2 ގައި ފުލުހުން ހަރަކާތްތެރިވަނީ
ކުއްޖާ މަރާލި މައްސަލައާ ގުޅިގެން ފޭސް 2 ގައި ފުލުހުން ހަރަކާތްތެރިވަނީ

އާދިއްތަ ދުވަހު ހަވީރު އެމީހުން އެ ފޮށި ހިފައިގެން ފޭސް ދޭއްގައި އުޅުނު!

ކުއްޖާ ލާފައިވާ ފޮށި ހިފައިގެން އާދިއްތަ ދުވަހު ހަވީރު ހުޅުމާލޭ ފޭސް ދޭއްގައި އުޅުނުކަމަށް މަންޒަރު ދުއް ފަރާތަކުން ބުނެފިއެވެ.

އިރުވަރު ނޫހަށް މަޢުލޫމާތުދެމުން މަންޒަރު ފެނުނު ފަރާތަކުން ބުނީ އާދިއްތަ ދުވަހު ހަވީރު ދެ މީހަކު އެ ފޮށި ހިފައިގެން ފުރަތަމަ އައީ ހުޅުމާލޭ ފޭސް 2 ގައި ހުންނަ މީހުން ދިރިއުޅޭ ގެއެއްގެ ކައިރިއަށްކަމަށާއި އެގޭ ގޯޅިގަނޑަށް ފޮށި ވެއްދުމަށްފަހު ކުޑައިރުކޮޅެއްފަހުން އެ ފޮށި ހިފައިގެން ދިޔައީ ކަމަށެވެ.

"ކާރެއްގައި ދެމީހަކު އައީ ފޮށި ހިފައިގެން. އައިއްސަ ފޮށި ކާރުން ބާލާފަ އެގޭ ގޯޅިގަނޑުން ވައްދާފަ ތިރީ ދޮރު ކައިރީ ބެހެއްޓީ. އޭގެއިރުކޮޅެއް ފަހުން އެގޭ ދިރިއުޅޭ މީހަކު ގެއަށްވަންނަން އައުމުން ފޮށި ހިފައިގެން ކާރަށް އަރުވައިގެން އެމީހުން ދިޔައީ. ފޮށި ގޭ އެތެރެއަކަށް ނުވައްދާ." މަންޒަރު ފެނުނު ފަރާތަކުން ބުންޏެވެ.

މިމައުލޫމާތު ލިބުމުން އިރުވަރު އޮންލައިންގެ ނޫސްވެރިން އެގެކައިރިއަށް ދިޔައިރު ފުލުހުން ދަނީ އެގޭ ގޯޅިގަނޑުގައި ފޯރިމަރަމުންނެވެ. އަދި އެ ކާރު ދިޔަކަމަށްބުނާ ދިމާ ފުލުހުން ގެންދަނީ ބަލާ ފާސްކޮށް ފޮރިންސިކު އެވިޑެންސް ހޯދަމުންނެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން އެ ފޮށި ހޯދާފައިވަނީ މިމައްސަލާގައި ހައްޔަރު ކުރި މީހުން ގޮވައިގެންގޮސް އެމީހުންގެ ހާޒިރުގައެވެ. މިމައްސަލާގައި ހައްޔަރުކުރި ކުއްޖާއާއި މައްސަލައިގައި ހައްޔަރު ކުރި މީހާ ގޮވައިގެން ހުޅުމާލޭ ފޭސް 2 ގައި ފުލުހުން ހަރަކާތްތެރިވިކަމަށް މަންޒަރުދުށް ފަރާތަކުން ބުނެއެވެ.

ކުއްޖާ މަރާލި މައްސަލައާ ގުޅިގެން ފޭސް 2 ގައި ފުލުހުން ހަރަކާތްތެރިވަނީ: ފޮޓޯ/ އިރުވަރު

އުމުރުން 13 އަހަރުގެ މި ކުއްޖާ މަރާލާފައި ފޮއްޓަކަށްލާފައި އޮއްވާ ފެނުނީ މި ކުއްޖާ ހޯދުމަށް ކުރި މަސައްކަތުން، ރޭ ދަންވަރު 02:38 ހާއިރު ހުޅުމާލޭ ފޭސް ދޭއްގެ ފަޅުތެރެއިންނެވެ. މަރުގެ މައްސަލައިގެ ތުހުމަތުގައި 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ ފިރިހެނަކު ރޭ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

މި ކުއްޖާ ފެނިފައިވަނީ ކުއްޖާ ރަހީނުކުރި މައްސަލައެއް ފުލުހުންނަށް ހުށައެޅި އެކުއްޖާ ހޯދަމުން ދަނިކޮށެވެ. މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީޤު ކުރަމުންގެންދާކަމަށް ފުލުހުން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *