Ad
މަކަރާއި ޙީލަތުން ފައިސާ އަތުލާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަމުންދާ މީހާ-: ފޮޓޯ: ފުލުހުން 
މަކަރާއި ޙީލަތުން ފައިސާ އަތުލާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަމުންދާ މީހާ-: ފޮޓޯ: ފުލުހުން 

ޑޮލަރު ހޯދައިދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ އަތުލާފައިވާ މައްސަލައެއްގައި މީހަކު ހޯދަނީ

ޑޮލަރު ހޯދައިދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ބިދޭސީއެއްގެ އަތުން ފައިސާ އަތުލާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަކަށް މީހަކު ހޯދުމަށް ޢާންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.

ފުލުހުންގެ ރަސްމީ ވެބްސައިޓްގެ އިތުރުން ޓްވިޓަރ އަތްގަނޑުންވެސް ވީޑިއޯ ފުޓޭޖެއް ޢާންމުކުރުމަށްފަހު ހާމަކޮށްފައިވާ ގޮތުގައި އެ ވީޑިއޯގައި ފެންނަ މީހާއަކީ، މަކަރާއި ޙީލަތުން ފައިސާ އަތުލާފައިވާ މި މައްސަލައާ ގުޅިގެން ފުލުހުންގެ ތަހުގީގަށް ހޯދަމުން ގެންދާ މީހެކެވެ.

އަދި، މި މައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 485538 ކަމަށާއި، އޭނާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައި ވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މައްސަލައިގެ އިންސިޑެންޓް ނަންބަރާއެކު އެ މައުލޫމާތެއް ހިއްސާކުރެއްވުން ޢާންމުންގެ ކިބައިން ފުލުހުން އެދިފައި ވެއެވެ.

 

ފްރޯޑް ކޯލްތައްކޮއްގެންނާއި، ފޭކް ސްލިޕްތައް ހަދައިގެންނާއި އަދި ޑޮލަރު ވިއްކާނެކަމަށް ބުނެ އޮޅުވާލައިގެން ޢާންމުންގެ އަތުންނާއި ވިޔަފާރިވެރިންގެ އަތުންވެސް ގިނަ ޢަދަދަކަށް ފައިސާ އަތުލަމުން ދެއެވެ.

ދާދިފަހުން ފުލުހުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ހަމައެކަނި މިއަހަރުގެ ޖޫން މަހުގެ 15 އާ ހިސާބަށް ބެލިނަމަވެސް 4 މިލިއަނަށްވުރެ ގިނަ ޢަދަދެއްގެ ރުފިޔާ މަކަރާއި ޙީލަތުން މީހުންގެ އަތުން އަތުލާފައި ވޭމެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ޢަހުމަދު ހުނޭނު، މ. ފާގަތިގެ ،މާލެ، މި އީ އެންމެނަށް އެނގިގެން އެތައް ބައެއް އަތުން ޑޮލަރު ހޯދައދޭނަމޭ ބުނެ ފައިސާ ނަގާ ފޮލިހުންނަަަށް ތަޖުރާރުކޮށް މައްސަލަ ހުށަހެޅިފަވާ މީ ހެއް. ޙުނޭނުގެ ހުރިހާ މައުލޫމާތެއް ކަމާ ބެހޭ ފަރާތަތަކުގަ އެބަހުރި. ކީއްވެތޯ ފިޔވަޅު ނާޅަނީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *