Ad

މަސްއޫދު ކާރު ރޯކޮށްލި މައްސަލަ ޕީޖީ އޮފީހަށް ފޮނުވައިފި.

ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީގެ ކާރެއްގައި ރޯކޮށްލި މައްސަލައިގެ ތަހްގީގް ބޮޑު ބައެއް ނިމި ޕޮރޮސެކިއުޓަރ ޖެނެރަލްގެ ލަފަޔަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މަސްއޫދުގެ ކާރުގައި ރޯކޮށްލާފައިވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ދަންވަރު ގާތްގަނޑަކަށް 3.05 އެހާކަން ހާއިރު ލާމް އަތޮޅު ފޮނަދޫ އިޖްތިމާއީ މަރުކަޒުކައިރީގައި ޕާކްކޮށްފައި އޮއްވައެވެ.

މި ހަމަލާ އާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވިނަމަވެސް  މިމައްސަލާގައި ތުހުމަތު ކުރެވޭ ލ. ފޮނަދޫ، ދިލްކުސާގޭ، އަހުމަދު ސަމީމް (ލޯޑް)ގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ.

މަސްއޫދު ކާރުގައި ރޯކޮށްލިތާ 6 މަސްދުވަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު މި ޓެރަރިސްޓް ހަމަލާ އާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާތީ އަދިވެސް އާއްމުންގެ މެދުގައި ވަނީ ނުތަނަވަސް ކަން އުފެދިފައި ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު މައުލޫމާތުދެ އެވެ.

ނިސާން ނޯޓް ކުރޭންޑްގެ އެ ކާރު ރޯކޮށްލުމުގެ ސަބަބުން ބޭނުން ނުކުރެވޭ ވަރަށް ވަނީ އަދާފަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *