Ad
އިކޮނިމިކް މިިސްޓަރު ފައްޔާޒު އިސްމާއިލް
އިކޮނިމިކް މިިސްޓަރު ފައްޔާޒު އިސްމާއިލް

ވިޔަފާރިތަކަށް ކުރިމަތިވެފައިވާ މާލީ ދަތިތައް ހައްލުކުރުމަށް 375 މިލިއަން ރުފިޔާގެ ޚާއްސަ ލޯނު ސްކީމެއް

ކޮވިޑުގެ-19ގެ ބަލިމަޑުކަމާގުޅިގެން ދިވެހި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ މާލީ ނުތަނަވަސްކަމުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ލޯނުގެ ގޮތުގައި ދޫކުރުމަށް ނިންމައި އެކަން އިޢުލާނުކޮށްފިއެވެ.
އިކޮނޮމިކް ސްޓިމިއުލަސް ލޯނާއި، އިކޮނޮމިކް ސަސްޓެއިނަބަލް ލޯނު ދޫކުރަނީ 6 ޕަސެންޓް އިންޓަރެސްޓުގައި 12 މަސް ދުވަހުގެ ގްރޭސްޕީރިއަޑެއް ލިބޭ ގޮތަށެވެ.

މިހާރު ހިނގަމުންދާ ވިޔަފާރިތަކުގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި ދޫކުރާ ލޯނު ވަނީ ދެ ކެޓަގަރީއަކަށް ބަހާލާފައެވެ. ފުރަތަމަ ކެޓަގަރީގައި ހިމެނޭ ފަރާތަކަށް އެންމެ ގިނަވެގެން ދޫކުރަނީ 10 މިލިއަން ރުފިޔާއެވެ. ލޯނު އަނބުރާ ދެއްކުމުގެ މުއްދަތަކީ ހަތަރު އަހަރެވެ. އޯވަރޑްރާފްޓް (އޯޑީ)ގެ މުއްދަތަކީ ދެ އަހަރެވެ.

ސަސްޓެއިނެބަލް ސްޓިމިއުލަސް ލޯނަކީ ކޮވިޑް – 19 ގެ ޙާލާތާ ގުޅިގެން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީގޮތުން ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ތައާރަފްކޮށްފައިވާ ލޯނެކެވެ. މި ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ މިހާރު ހިނގަމުންދާ ވިޔަފާރިތަކުގެ ތެރެއިން ކެފޭ/ރެސްޓޯރަންޓް، ޖިމް، ސެލޫން އަދި ގެސްޓްހައުސް ވިޔަފާރި ހިންގާ ފަރާތްތަކަށެވެ. ލޯނުގެ ގޮތުގައި ގިނަވެގެން ދޫކުރާނީ 1 މިލިއަން ރުފިޔާއެވެ. އިންޓަރެސްޓްގެ ގޮތުގައި އަހަރަކު 6 އިންސައްތަ ދައްކަންޖެހޭއިރު ލޯނު އަނބުރާ ދައްކަން 5 އަހަރާއި 8 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *