Ad

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަލައާގުޅޭ އިންކުއަރީގެ ރިޕޯޓު ވާނީ ދެފުށް ފެންނަ ފުރިހަމަ ރިޕޯޓަކަށް: އަސްލަމް

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލަމަތާ ބެހޭ ކޮމިޓީން (241 ކޮމިޓީ) ކުރިއަށްގެންދާ ޕާލަމެންޓަރީ އިންކުއައިރީގެ ރިޕޯޓު މިމަހުގެ ނިޔަލަށް ނިންމާލައި އާންމުކުރާއިރު އެ ރިޕޯޓުވާނީ ދެ ފުށް ފެންނަ ފުރިހަމަ ރިޕޯޓަކަށް ކަމަށް ކޮމިޓީން މިއަދު ބުނެފިއެވެ.

ނޫސްވެރިންނަށް މާއުލޫމާތުދެއްވަމުން 241 ކޮމިޓީގެ މުޤައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް (ފޮޓޯ) ވިދާޅުވީ ކޮމިޓީން ކުރި މަސައްކަތުން މިހާތަނަށް މުހިއްމު ގިނަ މަޢުލޫމާތުތަކެއް ލިބިފައިވާކަމަށެވެ. އަދި ރިޕޯޓު އެކުލަވާލާނީ ސާފު ތެދު މައުލޫމާތުގެ މައްޗަށްކަން ވެސް އަސްލަމް ފާހަގަކުރެއްވިއެވެ.
އިންކުއަރީއަށް މިހާތަނަށް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވަނީ ކަމާގުޅުހުންހުރި މުއައްސަސާތަކުގެ މަސްޢޫލުވެރިންނާއެވެ. އެގޮތުން ސިފައިންގެ އިސްވެރިން ހިމެނޭހެން ޖުމްލަ 32 އޮފިސަރަކާއި އިންކުއަރީގައި ސުވާލުކޮށްފައިވާކަމަށާއި، އޭގެ ތެރެއިން ސިފައިންގެ އިސްވެރިން ހިމެނޭހެން ބައެއް އޮފިސަރުންނާއި ދެފަހަރަށް ސުވާލުކޮށްފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ. މީގެ އިތުރުން ފުލުހުންގެ ޚިދުމަތުން ފަސް ފަރާތަކާއި، ޑިފެންސް މިނިސްޓަރާއި، ހޯމް މިނިސްޓަރު އަދި ޕްލޭންނިން މިނިސްޓަރާއި ގަވަރަނަރު ހިމެނޭހެން އެމްއެމްއޭގެ އިސްފަރާތްތަކާ ވެސް 241 ކޮމިޓީން ބައްދަލުކޮށްފައިވެއެވެ.

"މި އިންކުއަރީއަށް މިހާތަނަށް ޖުމަލް 49 ފަރާތަކާއި ކޮމިޓީންވަނީ ބައްދަލުކޮށްފައި. އިންކުއަރީގެ މަސައްކަތަށް މިހާތަނަށް ކޮމިޓީގެ 79 ބައްދަލުވުން ވަނީ ބާއްވާފައި. އެކަމަށް 147 ގަޑިއުރު ހޭދަވި. އިންކުއަރީ ގެ މަސައްކަތް ކުރިން ނިންމާލަން ކަނދައެޅި މިމަހުގެ 23 އަށް ނަމަވެސް އަދި އިތުރު ހަފްތާއެއް ރިޕޯޓު ނިންމާލަން ހޭދަވާނެ" އަސްލަމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *