Ad
ރައްޔިތުންގެ ހާލު އަހުވާލުބަލައި، ރައްޔިތުންގެ އަޑު ގާތުން އެހުމަށާއި، އިސްރަށްވެހީންނާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާ ބައްދަލުކުރުމަށް އަވަށުވެރިޔާ ގޭގެއަށް ޒިޔާރަތް ކުރުމުގެ ތެރެއިން.
ރައްޔިތުންގެ ހާލު އަހުވާލުބަލައި، ރައްޔިތުންގެ އަޑު ގާތުން އެހުމަށާއި، އިސްރަށްވެހީންނާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާ ބައްދަލުކުރުމަށް އަވަށުވެރިޔާ ގޭގެއަށް ޒިޔާރަތް ކުރުމުގެ ތެރެއިން.

އަވަށްތަކަށް ވެރިން އައްޔަންކޮށް ވެރިންނާ ޒިންމާ ހަވާލުކުރުން، ބޮޑުފޮޅުދޫ ކައުންސިލުން ކުރި ވަރަށް ސަޅި ކަމެއް!

އއ. ބޮޑުފަޅަދޫ އަކީ ސުލްހަވެރިކަމާއި އަމާންކަމަށް ލޯބިކުރާ ރައްޔިތުން ދިރިއުޅެމުންދާ ރަށެކެވެ. ކާބަފައިންގެ ޒަމާނުން ފެށިގެންވެސް އެރަށުން ފެންނަނީ މި ނަމޫނާއެވެ. ކަތީބުން ފެށިގެން ކައުންސިލަރުންނާ ހަމައަށް އައިއިރުވެސް ތަފާތެއް ނެތެވެ.

ބޮޑުފޮޅުދޫ ކައުންސިލް ފާހަގަކުރެވިފައިވަނީ ރައްޔިތުންނާ ގުޅިގެން، ރައްޔިތުންގެ މަޝްވަރާއާއެކު ހިންގަމުންދާ ވަރަށް ހަރަކާތްތެރި ކައުންސިލެއްގެ ގޮތުގައެވެ. ރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގަން ފެށިފަހުން އެންމެ ރަނގަޅަށް ހިންގަމުން އަންނަ ކައުންސިލްތަކުގެ ތެރޭގައި މިރަށު ކައުންސިލް ހިމެނެއެވެ. ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ކުލަޔަކަށް މޫނަކަށް ކަނދުރާއަކަށް ނުބަލައެވެ. ތަފާތު ކުރުމެއް ނުގެންގުޅެއެވެ.

މިއަހަރު އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ބޮޑުފުޅަދޫ ކައުންސިލަށް ހޮވުނު ފަރާތްތަށް މިދިޔަ މަހުގެ 17 ވަނަ ދުވަހު ހުވާ ކުރެއްވުމަށްފަހު އާ ކައުންސިލްގެ ފުރަތަމަ ރަސްމީ 100 ދުވަހުގެ ޕްލޭން އިފްތިތާހުކުރިއެވެ. "އާ އަޒުމެއްގައި – ބޮޑުފޮޅުދޫ" މި ޝިއާރާއެކު ތައާރަފްކުރި މި ޕްލޭންއަކީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރުމުގެ މަޤްސަދުގައި އެ ކައުންސިލުން ފެށި މަސައްކަތެކެވެ. މައިގަނޑު 7 ބަޔަކަށް ބަހާލައިގެން ތައާރަފްކުރި މި ޕްލޭންގެ ދަށުން މިހާރު ވަނީ މަސައްކަތް ފަށާފައެވެ.

މީގެތެރެއިން އެންމެ ތަފާތު އަދި ފާހަގަކޮއްލެވޭ ކަމަކީ އަވަށުވެރިން ކަނޑައެޅުމާއި އަވަށުވެރިންނާއި ޒިންމާތައް ހަވާލުކުރުމެވެ. އަވަށަކީ ކާބައިންގެ ޒަމާނުއްސުރެ ރާއްޖޭގެ ރައްޔަށުގައި އޮންނަ ކަމެކެވެ. ދާދި ފަހަކާ ޖެހެންދެންވެސް ރަށްރަށުގައި އަވަށު ވާދަވެރިކަން އޮވެއެވެ. ނަމަވެސް ޒަމާނަށް އައި ބަދަލާއެކު ގިނަ ރަށްރަށުގެ އަވަށްތައް އުވި ރަށް މަސްހުރިވިއެވެ. ވަރަށު ވާދަވެރިކަމުގެ މައްޗަށް ސިޔާސީ ވާދަވެރިކަން ގަދަވެ މަސްލަހަތު ގެއްލޭ ހިސާބަށް ދިޔައެވެ. ބޮޑުފޮޅުދޫ ކައުންސިލުން މިވަނީ އުވެމުންދިޔަ ތާރީހީ މިކަން އަލުން ދިރުވާ އާލާކުރަން މަސައްކަތް ފަށާފައެވެ. އަވަށު ވެރިކަން ކަނޑައަޅާ އެވެރިންނާ ޒިންމާ ހަވާލުކުރުމެވެ. ކޮންމެ އަވަށެއްގެ ވެރިޔަކަށް ކައުންސިލަރެއް ހަމަޖައްސައި އެކައުންސިލަރުގެ ބެލުމުގެ ދަށުން އަވަށް ހިންގުމެވެ. މިގޮތަށް ހަމަޖެއްސުމުގެ ސަބަބުން ރައްޔިތުންނަށް ޚިދުމަތް ހޯދުމުގައި އެތަށް ގޮތަކުން ފަސޭހަވެ ޚިދުމަތުގެ ފެންވަރުވެސް ރަނގަޅުވެއެވެ.

ބޮޑުފޮޅުދޫ އަވަށް ތަކާއި އަވަށުވެރިން ކަނޑައެޅިފައިވާގޮތުް

  1. ހުޅަނގު ދެކުނުވިލި -– އަބްދުﷲ ރިފާޒް / ކައުންސިލްގެ މެމްބަރު
  2. އިރުދެކުނުވިލި -– މުޙައްމަދު ނާޝިދު / ކައުންސިލްގެ މެމްބަރު
  3. އިރުއުތުރުވިލި -– ފާތިމަތު ޒީލިޔާ / ކައުންސިލްގެ މެމްބަރު
  4. ހުޅަނގު އުތުރުވިލި –- ޢާއިޝަތު އަލީ / ކައުންސިލްގެ މެމްބަރު

ކައުންސިލްގެ ރައީސް ޝުޖާއު އާދަމް ވިދާޅުވިގޮތުގައި ، އަވަށްތަކަށް ހާއްސަ ނަންތަކެއް ދެވި، ކައުންސިލް މެމްބަރުން އަވަށުވެރިންގެ ގޮތުގައި ކަނޑައެޅުމަކީ އަލަށް ތަޢާރަފު ކުރެވިގެންދިޔަ، ރައްޔިތުންނަށް ފައިދާކުރުވަނިވި ކަމެއްކަމަށް ވެގެންދާނެއެވެ. އެގޮތުން އަވަށުވެރިން ކަނޑައެޅުމުގެ އެންމެ ބޮޑު އެއް މަޤްސަދަކީ ރަށުގެ ރައްޔިތުންގެ އަޑުގާތުން އަހައި، ކައުންސިލް މެމްބަރުންނަކީ ރައްޔިތުންނާއި ގާތުން ހިދުމަތްދޭ ބަޔަކަށްވުމެވެ.

ރައްޔިތުންގެ ހާލު އަހުވާލުބަލައި، ރައްޔިތުންގެ އަޑު ގާތުން އެހުމަށާއި، އިސްރަށްވެހީންނާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާ ބައްދަލުކުރުމަށް އަވަށުވެރިޔާ ގޭގެއަށް ޒިޔާރަތް ކުރުމުގެ ތެރެއިން.

ބޮޑުފުޅަދޫ ކައުންސިލްގެ ރައީސް ޝުޖާޢު އާދަމްއަކީ ރައްޔިތުންގެ މަޝްވަރާއާއެކު، ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރާ ލީޑަރެއްގެ ގޮތުގައި އެރަށު ރައްޔިތުން ސިފަކުރެއެވެ.

ކައުންސިލްގެ ކޮންމެ ގޮވާލުމަކަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭކަން ފާހަގަކުރެވެއެވެ. ފާއިތުވި 3 ދައުރުވެސް ބޮޑުފޮޅުދޫ ކައުންސިލްގެ ރައިސްކަންކުރި ޝުޖާއު، މިފަހަރު އިންތިހާބުވީ ކައުންސުލްގެ ރައީސްކަމަށް އޭނާއާ ވާދަކުރުމަށް އެހެން މީހަކު ކުރިމަތި ނުލުމުން ވޯޓަކާ ނުލައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *