ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސް ފަނޑިޔާރު ހާތިފް ޙިލްމީ އާއި ޝުޢައިބު ޙުސައިން ޒަކަރިއްޔާގެ ސުލޫކީ މައްސަލަތަކެއް ޖުޑީޝިއަލް ސަރވިސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.
މިމައްސަލަތަށް ޖުޑީޝިއަލް ސަރވިސް ކޮމިޝަނަށް ހުށަހަޅާފައިވަނީ ޤާނޫނީ ވަކީލު އަޙްމަދު ޝާން އެވެ. އެހެން ނަމަވެސް، އެއީ ސީދާ ކޮން މައްސަލަތަކެއްކަމެއް އަޙްމަދު ޝާން ބުނެފައިނުވެއެވެ.
ވަކީލު ޝާންގެ ގާތް މީހަކު އިރުވަރު ނޫހަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާގެ މައްޗަށް ތުހުމަތުކޮށް ޖުޑީޝިއަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލު އަޙްމަދު ޝާން ހުށަހެޅީ ސީރިޔަސް މައްސަލަތެކެއްކަމުގައި ބެލެވޭކަމަށެވެ.
ޤާނޫނީ ވަކީލު އަޙްމަދު ޝާން އަކީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ މެމްބަރެކެވެ. ސަރުކާރުގެ އިސް ފަރާތްތަކާއި ގާތް ގުޅުމެއް އޮންނަ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ތާއީދުކުރައްވާ ވަކީލެކެވެ.
One Response
މީނާ ކީއްވެބާ ނުބުނީ އެކޯޓުން ބަލަމުންދާ މީނާގެ ކުޑަކުއޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެކޭ އެ ކޯޓުން ބަލަމުންދަނީ. ތިނަދޫ މީހަކު ބުނި ތެނަދޫ ގެސްޓް ހައުސް އެއްގެ ތެރެއިން ކުޑަކުއްޖަކާ ބެހެނިކޮމް ފުލުހުން ނެރެ ކްރިމިނަލް ކޯޓުން މީނާގެ މައްޗަށް ވަނީ ހުކުމެްް ކޮށްފައޭ. އެމައްސަލަ ބަލާތީ މޭކަރަިގަތީ ތޯއްޗެ.