Ad
ރައީސް ނަޝީދު ޖަރުމަނުން ފަރުވާ ހޯއްދެވި ދުވަސްވަރުގެ ފޮޓޯއެއް.
ރައީސް ނަޝީދު ޖަރުމަނުން ފަރުވާ ހޯއްދެވި ދުވަސްވަރުގެ ފޮޓޯއެއް.

އޭރު ނުކުތީ އެމީހުންގެ ދިފާޢުގައި، މިއަދު އެމީހުންނާ ސީދާ އިދިކޮޅަށް!

ހިމަންދޫގައި ހަރަކާތްތެރިވި ހަރުކަށި ފިކުރުގެ މީހުންގެ އެހީތެރިކަން ރައީސް ނަޝީދު ހޯއްދެވީ މައުމޫނުގެ ވެރިކަން ބަދަލުކުރުމަށް

ދުނިޔެ ހިނގާމަގުން މިސާލު ނަގަމާ ހެއްޔެވެ؟ ސައްދާމް ހުސައިންގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި ހުޅަނގުގެ ގައުމުތަކުގެ އެހީތެރިކަމާއެކު އެމެރިކާއިން އިރާޤުގައި ހިންގި ހަރަކާތްތަކުގައި އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ދާހިލީ ހަމަޖެހުން ނަގާލުމަށް އިރާގުން ވަކި ގުރޫޕެއް ތަމްރީނުކޮށް އެމީހުންނަށް މުސާރައާއި ހަތިޔާރު ފޯރުކޮށްދިނުމަށެވެ. އަދި ޖާސޫސީ ފައުޖަށް ވެސް ބޮޑެތި އިނާޔަތްތަކާއި ތަމްރީނާއި ވަސީލަތްތައް ގާއިމްކޮށްދިނުމަށެވެ. އެ ޓީމުތަކުގެ އެހީގައި ސައްދާމު ހުސައިން ފިއްލަވާ އިންނެވި ތަން ހޯދައި، އޭނާ ދަންޖައްސައި އަވަހާރަކޮށްލެވުނެވެ. މިހިސާބުން ފެށިގެން އެމެރިކާއާއި ހުޅަނގު ގުޅިގެން އުފަންކުރި ޚާއްސަ ތަމްރީނުލިބިފައިވާ ޓީމާއި ޖާސޫސީ ފައުދުތައް ބައިބައިވެ ވަކިވަކި ގުރޫޕުތައް އުފައްދައި، އަމިއްލައަށް ހަރަކާތްތެރިވާން ފެށިއެވެ. އެމީހުންގެ މައްޗަށް އޮތް އެމެރިކާއާއި ހުޅަނގުގެ ކޮންޓްރޯލު ގެއްލި އެއީ ނުރައްކަލަކަށްވިއެވެ.

އަފްޣާނިސްތާނުގައި ކަންހިނގީ ހަމަ މިފަދައިންނެވެ. އުސާމާ ބިންލާދިންއާ އަތުލައި ގަތުމަށް ހުޅަނގާއި އެމެރިކާއިން ކުޅުނީ ހަމަ އިރާގުގައިވެސް ކުޅުނު ކުޅިގަނޑެވެ. ބިންލާދިން އަވަރާހަކޮށްލެވުނެވެ. އެހެންނަމަވެސް އަފްޣާނިސްތާނުގެ ދާހިލީ ޚާލަތު އިންތިހާއަށް ވީގޯހެވެ. ފޫހިފިލުވަން ވެސް ބޮން ހަދައި ބޮން ގޮއްވުމުގެ މަސައްކަތްކުރަން ފެށީ އެމެރިކާއާއި ހުޅަނގުން ތަމްރީނުކޮށް މުޖުތަމައަށް ދޫކޮށްފައި ތިބި މީހުންނެވެ. މިހާރު އެމީހުންނަކީ އެގައުމުތަކަށް ހުރި ބޮޑު ބިރެކެވެ.

މި މިސާލު ގެނެސް ރާއްޖޭގެ މާހައުލަށް ފައްތާލާއިރު ހަނދާންތައް ގޮސް ހުއްޓެނީ ހިމަންދޫ އަށެވެ. ދީނީ ހަރުކަށި ފިކުރުގެ މީހުން ސަލާމަތީ ބާރުތަކާ ކުރިމަތިލައި ކުޑަވަރެއްގެ "ހަނގުރާމަ"އެއް ހިމަންދޫގައި ކުރިއެވެ. އެއްވެސް ބިރެއް، ޖެހިލުމެއް ނެތި ސިފައިންނާ ކުރިމަތިލައި، ސިފައިންގެ މީހަކު ރަހީނުކުރިއެވެ. އެހާދިސާގައި، ފަހުން ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކޮށް ގިނަ ބަޔަކު ހައްޔަރުކޮށް މުޅި ހިމަންދޫ އެމީހުންގެ ބާރުގެ ދަށަށް ގެންދިޔައެވެ.

އެއީ މައުމޫނު އަބްދުލްޤައްޔޫމުގެ ވެރިކަމެވެ. އިދިކޮޅު ސިޔާސީ ވެރިއަކަށް ހުންނެވީ އެމްޑީޕީގެ މިހާރުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ. ސިޔާސީ މަންފާއެއް ހޯދުމަށްޓަކައި ރައީސް ނަޝީދުއާއި އޭނާގެ ޓީމު ހިމަންދޫ މީހުންނާ އެއްކޮޅަށް ޖެހިލިއެވެ. އަދި އެމީހުންގެ ހައްގުތައް ހޯދައިދިނުމަށް ވަކާލާތުކުރެއްވިއެވެ. އަދި މައުމޫނުގެ ވެރިކަން ބަދަލުވެ، އެމްޑީޕީގެ ވެރިކަމެއް ގާއިމްވެއްޖެނަމަ ހިމަންދޫ "ހަނގުރާމަވެރިން"ނަށް މިނިވަންކަން ލިބޭނެކަމުގެ ޔަގީންކަން ދިނެވެ.

އެއީ މަޝްހޫރި ޑޮކް ގްރޫޕެވެ. އޭގެ ގޮތްޕެކެވެ. ޝެއިޚް ފަރީދާއި އަދިވެސް ބައެއް ޢިލްމުވެރިންގެ އެހީއާއެކު ރައީސް ނަޝީދު ޑޮޓް ގްރޫޕާ "ޑީލެއް" ހެއްދެވިއެވެ. ރައީސް މައުމޫނާ ދެކޮޅު ހަރަކާތްތައް ފުޅާކޮށް، ދީނީ މީހުންގެ ނުރުހުމާއި ނަފްރަތު ރައީސް މައުމޫނާގެ މައްޗަށް ބޮޑުކުރުމެވެ.

މައުމޫނުގެ ދިގު ވެރިކަން ބަދަލުކޮށް، ރައީސް ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، މިނިވަންކަން ތަންމިނަށް ހުޅުއްވައިލެއްވުމާއެކު ޑޮކް ގްރޫޕު ބައިބައިވެ، އެތައް ވެރިންގެ ޒައާމަތްތަކެއް އުފެދި، ރާއްޖޭގެ އެކި ހިސާބުތަކުގައި ވަކިވަކިން ހަރަކާތްތެރިވާންފެށިއެވެ. މި ހިސާބުން، އެމީހުން ކުރިން ތަބާވި ޢިލުމުވެރިންގެ ބަހެއް ނާހައެވެ. ރައީސް ނަޝީދުއަށް އެމީހުންގެ ކޮންޓްރޯލު ގެއްލިގެން ދިޔައެވެ.

ރައީސް މައުމޫނުގެ ވެރިކަމުގެ ފަހުކޮޅުގައާއި ރައީސް ނަޝީދުގެ ވެރިކަމުގެ ކުރީކޮޅު ޕާކިސްތާނާއި ބަންގްލަދޭޝް. ސްރީލަންކާ އަދި އިންޑިޔާގައި ހަރަކާތްތެރިވަމުންދިޔަ އިސްލާމްދީނުގެ ނަމުގައި ހަރުކަށި ކަމާއި އަމިއްލައަށް މަރުވުމާއި ނުރުހޭ މީހުންގެ ލޭ ހަލާލުކުރުމުގެ ވިސްނުން ގެންގުޅުނު ގްރޫޕުތައް ރާއްޖެ އައިސް، ދިވެހި އެކި އެކި ޖަމާއަތްތަކާ ބައްދަލުކޮށް، ތަމްރީނުކޮށް އެމީހުންގެ ހަރަކާތްތަކަށް ރާއްޖެއިން މީހުން ފޮނުވުމުގެ އެއްބަސްވުންތައް ހެދިގެން ދިޔައެވެ. އަދި އެހަރަކާތްތަކަށް ފައިސާ ލިބޭނެ ވިޔަފާރިތައް ރާއްޖޭގައި ގާއިމްކޮށްދިނެވެ. އަދި ބައެއް ގައުމުތަކަށް ދަތުރުކުރުމުން ނަގުދު ފައިސާވެސް ލިބެއެވެ.

ހަގީގީ ނުރައްކާ ފެށިގެން ދިޔައީ މިހިސާބުންނެވެ. ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރުމާއި ވަކި ގެއަކަށް ޖަމާވެ، ވަކިން ޖަމާއަތް ހަދައިގެން ހުކުރު ކުރުމާއި އަމިއްލައަށް ހުތުބާ ލިޔެގެން ވަކި ވިސްނުމެއް ސިކުނޑިތަކަށް ވެއްދެމާއި ވަކި ގޮތަކަށް ހެދުން އަޅައި، ވަކި އުސޫލުތަކަކަށް ތަބާނުވާ މީހުން ކާފިރުކޮށް އެމީހުން މެރުމުގެ ވިސްނުން ފުޅާކުރަން ފެށިއެވެ. މިކަން ކޮންޓްރޯލުން ނެއްޓިގެން ދިއުމުން ރައީސް ނަޝީދުގެ ވެރިކަމުގައި އެކަމާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ރޭވުންތައް ރޭވިއެވެ. އެހިސާބުން ޑޮޓް ގްރޫޕު ސިޔާސީ އިކޮޅު ހަރަކާތްތަކާ ގުޅުނީ މަދަނީ އިއްތިހާދުގެ ނަމުގައި އޭރު ހަދާފައިވާ އިއްތިހާދުގެ ހަރަކާތްތަކުގެ ތެރެއިންނެވެ. އެއީ އެމީހުންގެ ބާރުވެރިކަން އަނެއްކާވެސް ބޮޑުވެގެން ދިޔަކަމެކެވެ. ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރުމުގެ އެންމެ ފުޅާ ހަރަކާތްކަމުގައިވާ ތޭވީސް ޑިސެމްބަރުގެ ހަރަކާތްތަކުގައި ވެސް އެންމެ ހަރުކަށި ހަރަކާތްތަކެއް ފެނިގެން ދިޔައީ ކުރިން މި ފާހަގަކުރި ގްރޫޕުގެ ކިބައިންނެވެ. ނަޝީދުގެ ވެރިކަން ދައުރުގެ މެދުތެރެއިން ބަދަލުކޮށްލި ދުވަހުގެ ވީޑިއޯތައް ބެލުމުން ވެސް މިކަމުގެ ހަގީގަތްތައް ކުލަކޮށް އެހުރީ ފެންނާށެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ހަގީގީ މޫތައް ވަނީ ޒަމާންތަކެއް ދުރަށް ފެތުރިފައެވެ. މުޖުތަމަޢުގެ ނުރައްކާތެރިކަން އޮތް މިންވަރު ރައީސް ނަޝީދު ފަރުވާއަށް ޖަރުމަނުގައި ހުންނަވައިގެން ކްލަބުގެ އެޕްލިކޭޝަން މެދުވެރިކޮށް ވަނީ ވިދާޅިވެދެއްވާފައެވެ. އެމަނުކުފާނު ވިދާޅުވި ގޮތުގައި ޖާނުން ފިދާވުމުގެ ހަމަލާތައްވެސް ކުރިއަށް އެބަހުއްޓެވެ. އެކަންކަމުން އަރައިގަތުމަށްޓަކައި ގިނަ ބަޔަކު ހައްޔަރުކޮށް، ފަހަތު ފަޔަށް ބަރުނުވެ ސީރިއަސް ކަމާއެކު ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *