Ad

ސެލެކް އިންސްޓޯލްމަންޓް ސްކީމަށް ތަރުހީބް ބޮޑު

ލާމް އަތޮޅުގައި ފުޅާދާއިރާއެއްގައި ވިޔަފާރި ކުރަމުންއަންނަ ސެލެކުން ތައާރަފް ކޮށްފައިވާ ' ސެލެކް އިންސްޓޯލްމެންޓް ސްކީމް ' އަށް ކަސްޓަމަރުންގެ ތަރުހީބް ބޮޑުކަމަށް ސެލެކުން ބުނެފި އެވެ.

އިލެކްޓްރޯނިކް މުދަލާއި އެހެންވެސް އަގުބޮޑެތި މުދަލަށް ހާއްސަކޮށް މަހުން މަހަށް ބަހަލައިގެން ފައިސާ ދައްކާ ހަލާސް ކުރާ އުސޫލުން މުދާ ދޫކުރުމަށް ސެލެކުން ތައާރަފްކޮށްފައިވާ އިންސްޓޯލްމަންޓް ސްކީމަށް ކަސްޓަމަރުންގެ ތަރުހީބު އެންމެ ބޮޑީ އިލެކްޓްރޯނިކް ސާމާނަށް ކަމަށް އެފަރާތުން ބުނެއެވެ.

ލާމް ފޮނަދޫގައި ހުންނަ ސެލެކުގެ ފްލޯ އެގްޒެކްޓިވް ވިދާޅުވީ ތިން މަހާއި ފަސް މަހާއި ދެމެދަށް ބަހާލައިގެން އެފިހާރައިން ވިއްކާ ކާބޯތަކެތި ފިޔަވައި އެހެން ހުރިހާ މުދަލެއްވެސް ސެލެކް އިންސްޓޯލްމެންޓް ސްކީމްގެ ދަށުން ލިބެން ހުންނާނެ ކަމަށެވެ.

" އާއްމް ގޮތެއްގައި ކަސްޓަމަރުން އިންސްޓޯލްމެންޓަށް ނަނގަނީ ޓީވީ އާއި އެއަރކޯނާއި ދޮންނަ މެސިން. އަދި އަވަނާއި އެހެންވެސް އިލިކްޓްރޯނިކް މުދަލަށް އޮންނަ ތަރުހީބް ވަރަށް ބޮޑު." އޭނާ ވިދާޅުވި އެވެ.

ސެލެކްއަކީ އާއްމު މުދަލަށް ހާއްސަކޮށް ޑިޕާޓްމެންޓް ސްޓޯރެއްގެ ގޮތުގައި ހިންގާ ފިހާރަ އެކެވެ. ދެބުރިއަށް އިމާރާތްކޮށްފައިވާ އެފިހާރައިގެ ގުރައުންޑް ފުލޯގައި ގޭތެރޭ ސާމާނާއި ކާބޯތަކެއްޗާއި ބުކްސް ސޮޕާއި ހާޑްވެޔަރގެ ސާމާނުގެ އިތުރުން ކެފޭ އަކަށް ހާއްސަ ކުރެވިފައިވާއިރު، ފުރަތަމަ ބުރި ހާއްސަކޮށްފައިވަނީ ކޮސްމެޓިކްސް އާއި އަންނައުނާއި ކުޅޭސާމާނާއި ފައިވާނާއި ބޫޓްގެ އިތުރުން ފޮތްޗަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *