Ad

ދޯނި ބިންދައިގެން ދިޔަ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ: އެމްއެންޑީއެފް

އައްޑޫސިޓީ ހިތަދޫ މޯހިރި ދޯނި ބިންދައިގެން ދިޔަ ހާދިސާގައި އެދޯނީގެ އެއްވެސް މަސްވެރިޔަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. މިހާދިސާ ހިނގިއިރު ދޯނީގައި 25 މަސްވެރިން ތިއްބެވެ.

އެމްއެންޑީއެފުން ބުނީ މިހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 7:11 ގައި ކަމަށާއި މިހާދިސާ ހިނގުމާއެކު އެމްއެންޑީއެފް ސަދަން އޭރިޔާއިން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.

މަސްވެރިން އެމްވީއަށް މަޢުލޫމާތުލިބިފައިވާ ގޮތުގައި މި ދޯނި ބިންދައިގެން ދިޔައީ ގއ. އަތޮޅު އެތެރެވަރީގައި އެން ދަމަން އުޅުމުގެ ތެރޭގައެވެ. މިހާދިސާ ހިނގާފައިވަނީ ގއ. ދެއްވަދުއާ ދިމާލުން 8.95 މޭލު ބޭރުން ހުވަދުއަތޮޅުގެ އެތެރެވަރިންނެވެ.

ދާދި ފަހުން ވެސް ވަނީ މި ދޯނީގައި ހިތާމަވެރި ހާދިސާއެއް ހިނގާފައެވެ. މިދިޔަ މަހުގެ 7 ވަނަ ދުވަހު މި ދޯނިން އެންދަމަން ފޭބި މީހަކު ކުއްލި ގޮތަކަށް ވަނީ މޫދުގައި ނިޔާވެފައެވެ. މިހާދިސާވެސް ހިނގާފައިވަނީ ގއ. އަތޮޅުގެ އެތެރެވަރީގައި އެންދަމަން އުޅުމުގެ ތެރޭގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *