Ad

ބޮޑުފޮޅުދޫ އިސްރަށްވެހިންގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ތަފާތު އެވޯޑުތަކެއް ދީފި

އއ. ބޮޑުފޮޅުދޫ އިސްރަށްވެހިންގެ އަގުވަޒަންކުރުމުގެ ގޮތުން އެރަށު ކައުންސިލުން އިސްރަށްވެހިންނަށް ތަފާތު އެވޯޑުތަކެއް ދީފިއެވެ.

ކުލަގަދަ ރަސްމިއްޔާތަކާއެކު ބޭއްވި މި ހަރަކާތުގައި އިސްރަށްވެހީންގެ, ރަށްވެހި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ކައުންސިލުން ވަނީ ތަފާތު އެވޯޑުތަކެއް ދީފައެވެ. މީގެތެރޭގައި "ރަށްވެހި ހިދުމަތުގެ އެންމެ މަތީ ޝަރަފުގެ އައްޑަނަ" އާއި "ރަށްވެހި ހިދުމަތުގެ އެންމެ މަތީ ޝަރަފުގެ އެވާރޑް"އާއި ރަށްވެހި ހިދުމަތުގެ މަތީ ޝަރަފުގެ އެވާރޑް"ގެ އިތުރުން ރަށްވެހި ހިދުމަތުގެ އެވާރޑް" ހިމެނެއެވެ.

ބޮޑުފޮޅުދޫ ކައުންސިލުން ދޭ އެންމެ ޝަރަފްވެރި އެވޯޑްކަމަށްވާ "ރަށްވެހި ހިދުމަތުގެ އެންމެ މަތީ ޝަރަފުގެ އައްޑަނަ" ހާސިލްކޮށްފައިވަނީ އއ.ބޮޑުފޮޅުދޫ ކުރީގެ ކުޑަކަތީބް އިރުމަތީގޭ އިބްރާހިމް މޫސާއަށެވެ. އިބްރާހިމް މޫސާ ވަނީ 15 އަހަރަށްވުރެ ދިގު މުއްދަތެއްގައި ބޮޑުފޮޅުދޫގައި ވެރިކަން ކޮށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮއްދީފައެވެ.
"ރަށްވެހި ހިދުމަތުގެ އެންމެ މަތީ ޝަރަފުގެ އެވާރޑް" ހާސިލްކޮށްފައިވަނީ އއ.ބޮޑުފޮޅުދޫ ނޫމާގޭ އަމީނާ އަލީ އަށާއި އއ.ބޮޑުފޮޅުދޫ ނޫވިލާގޭ ހައްވާ މޫސާއެވެ.
ދެ ކަނބަލުންވަނީ 14 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ކަމުގެ މަޤާމުގެ އިތުރުން ރަށަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮއްދީފައެވެ.
"ރަށްވެހި ހިދުމަތުގެ މަތީ ޝަރަފުގެ އެވާރޑް" 4 ފަރާތަކަށް ވަނީ ދީފައެވެ. އެއީ އއ.ބޮޑުފޮޅުދޫ ވާރޭވިލާގޭ މުހައްމަދު އިބްރާހިމް، އއ.ބޮޑުފޮޅުދޫ ދެތަނޑިމާގޭ މާރިޔަތު މުހައްމަދު، އއ.ބޮޑުފޮޅުދޫ އެދުރުގޭ މޫސާ ހަސަންގެ އިތުރުން އއ.ބޮޑުފޮޅުދޫ ލަކީސްޓަރ އިބްރާހިމް މުނީރެވެ.
މި ފަރާތްތަކަކީ އ.ތ.މ.ކޮމިޓީގެ މެމްބަރުކަމާއި ،ރ.ކ.ކޮމިޓީ މެމްބަރު ކަމުގެ އިތުރުން ރަށުގެ އިސްސަފުގައި ހަރަކާތްތެރިވެ އިޖުތިމާޢީ ގިނަ ގުނަ ޚިދުމަތްތަކެއް ކޮއްދީފައިވާ ފަރާތްތަކެކެވެ.
ބޮޑުފޮޅުދޫ ކައުންސިލުން ދޭ "ރަށްވެހި ހިދުމަތުގެ އެވާރޑް" 15 ފަރާތަކުން ވަނީ ހާސިލްކޮށްފައެވެ. މިއީ އެކި ދާއިރާތަކުން އެތައް ގިނަ ގުނަ ޚިދުމަތްތަކެއް އެރަށަށް ކޮއްދީފައިވާތީ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދިން އެވޯޑެކެވެ. މި އެވޯޑް ހާސިލްކުރި ފަރާތްތަކަކީ
1.އއ.ބޮޑުފޮޅުދޫ ކިނާރާ އަބްދުﷲ ސައީދު
2. އއ.ބޮޑުފޮޅުދޫ މުސްތަރީގޭ އަހްމަދު މޫސާ
3. އއ.ބޮޑުފޮޅުދޫ ފިނިހިޔާގޭ އަބްދުލް ލަތީފް މޫސާ
4. އއ.ބޮޑުފޮޅުދޫ ދެތަނޑިމާގޭ މުހައްމަދު އަހްމަދު
5. އއ.ބޮޑުފޮޅުދޫ ދިއްގާމާގޭ މަރްޔަމް ހަސަން
6. އއ.ބޮޑުފޮޅުދޫ ހިތައްފިނިވާގޭ ޤާސިމް މޫސާ
7. އއ.ބޮޑުފޮޅުދޫ ކަނބުރުގޭ އާދަމް ޤާސިމް
8. އއ.ބޮޑުފޮޅުދޫ އާބާދުއައްސޭރި އަބްދުﷲ ހުސައިން
9. އއ.ބޮޑުފޮޅުދޫ ފިލިގަސްދޮށުގޭ މާހިރު ޤާސިމް
10. އއ.ބޮޑުފޮޅުދޫ ފަތިސްހަނދުވަރުގޭ މޫސާ އާދަމް
11. އއ.ބޮޑުފޮޅުދޫ ހުދުވިލާގޭ އާދަމް ނަޝީރު
12. އއ.ބޮޑުފޮޅުދޫ ފިތުރޯނުގޭ އިބްރާހިމް އާދަމް
13. އއ.ބޮޑުފޮޅުދޫ ހިތައްފިނިވާގޭ އާމިނަތު މޫސާ
14. އއ.ބޮޑުފޮޅުދޫ ބަގީޗާގޭ ޒަރީނާ އިބްރާހިމް
15. އއ.ބޮޑުފޮޅުދޫ ވާރޭވިލާ ހައްވާ އަބްދުއްރަހީމް އެވެ.
މި ހަރަކާތަކީ ބޮޑުފޮޅުދޫ އާ ކައުންސިލްގެ ފުރަތަމަ ރަސްމީ 100 ދުވަހުގެ ޕްލޭންގައި ހިމެނިގެން ކުރިއަށްދިޔަ ހަރަކާތެކެވެ.
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *