Ad

ފިއުލް ސަޕްލައި މޯލްޑިވްސްއިން ޤާނޫނާއި ޚިލާފަށް ވަކިކުރި 2 މުވައްޒަފަކަށް ވަޒީފާ އަދި މުސާރަ އިޢާދަކުރުމަށް އަމުރުކޮށްފި

ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާގައި ތިބި 2 މުވައްޒަފަކު ވަޒީފާއިން ވަކިކުރިގޮތް ޤާނޫނާއި ޚިލާފުކަމުގައި ކަނޑައަޅައި، ވަޒީފާ އާއި ވަޒީފާގެ މުސާރައާއި އެންމެހައި އިނާޔަތްތަށް އިޢާދަކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ފިއުލް ސަޕްލައިސް މޯލްޑިވްސްގެ މައްޗަށް އަމުރުކޮށްފިއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން މައްސަލަ ބެއްލެވި މެމްބަރުވަނީ، ފިއުލް ސަޕްލައިސް މޯލްޑިވްސް އިން މުވައްޒަފުން ވަޒީފާއިން ވަކިކުރީ ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއާތުތަށް ފުރިހަމަކުރުމަކާއި ނުލައި، އެކަށީގެންވާ ސަބަބެއްނެތިކަމުގައި، މައްސަލަ ހުށަހެޅި މުވައްޒަފުންގެ ޤާނޫނީ ވަކީލު ޝަޛީމު ވަޙީދުވަނީ ބުނެފައެވެ.

ފިއުލް ސަޕްލައިސް މޯލްޑިވްސްއަކީ ތެލުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި މުޅި ރާއްޖޭގައި ކުރަމުން އަންނަ ކުންފުންޏެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *