Ad

ކީޕަރު މާޓިނޭޒްގެ މޮޅު ކުޅުމާއެކު އާޖެންޓީނާ ފައިނަލަށް

ފައިނަލުގައި އަންނަ ހޮނިހިރު ދުވަހު އާޖެންޓީނާ ކުޅޭނީ ބްރެޒިލާ ދެކޮޅަށް

ކީޕަރު މާޓިނޭޒްގެ މޮޅުކުޅުމާއެކު ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް އާޖެންޓީނާ ދަތުރުކޮށްފިއެވެ.

ސެމީ ފައިނަލުގައި އާޖެންޓީނާއާއި ކޮލަމްބިއާ ވާދަކުރި މެޗްގެ ފުރިހަމަވަގުތު ހަމަވިއިއިރު 1-1 ދެޓީމް އެއްވަރުވެފައި އޮތުމުން ޕެނަލްޓީ ޖަހައިގެންނެވެ، ޕެނަލްޓީގައި އާޖެންޖީނާއިން ވަނީ 3-2 ކުރި ހޯދާފައެވެ. މި މެޗްގައި ތަރިއަކަށްވީ އާޖެންޓީނާގެ ގޯލްކީޕަރު މާޓިނޭޒްއެވެ. އޭނާވަނީ ކޮލަމްބިއާގެ 3 ޕެނަލްޓީ މަތަކޮށްފައެވެ.

މިމެޗްގައި ފުރަތަމަ ގޯލް ޖަހާ ކުރި ހޯދީ އާޖެންޓީނާއިންނެވެ. މެޗްގެ 7 ވަނަ މިނިޓްގައި މި ގޯލް ޖެހީ މެސީ ދިން ބޯޅައަކުން ލަޓާރޯ މާޓީނޭޒްއެވެ.  ކޮލަމްބިއާ އިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 60 ވަނަ މިނިޓްގަ އެވެ. މި ގޯލް ޖެހީ ލުއިސް ޑިއާސްއެވެ.

ނަތީޖާ ނެރެން ޖެހި ޕެނަލްޓީތަކުގެ ތެރެއިން ކޮލަމްބިއާއަށް ކާމިޔާބުކުރެވުނީ 2 ޕެނަލްޓީއެވެ. އެއީ ހުއާން ކުއަޑްރާޑޯ އާއި މިގޭލް ބޯހާއެވެ. ޑަވިންސަން ސަންޗޭޒްއާއި ޔެރީ މިނާ އަދި އެޑްވިން ކާޑޯނާ ފޮނުވާލި ޕެނަލްޓީތަށް އާޖެންޓީނާގެ ކީޕަރު ހުށިޔާރުކަމާއެކު މަތަކުރިއެވެ.  އާޖެންޓީނާގެ ޕެނަލްޓީތައް ކާމިޔާބުކުރީ މެސީއާއި ލެއަންޑްރޯ ޕަރޭޑޭސްއާއި ލަޓާރޯ މާޓީނޭޒްއެވެ. އާޖެންޓީނާގެ ޕެނަލްޓީ ދިޔައީ ދަނޑިމަތިން ބޭރަށެވެ. މި ޕެނަލްޓީ ޖެހީ ރޮޑްރީގޯ ޑެ ޕޯލްއެވެ.

މި ފަަހަރުގެ ކޮޕާއެމެރިކާގެ ފައިނަލުގައި އަންނަ ހޮނިހިރު ދުވަހު އާޖެންޓީނާ ކުޅޭނީ ބްރެޒިލާ ދެކޮޅަށެވެ. 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *