Ad
މޯދީގެ އާ ކެނިނެޓް ފޮޓޯއަކަށް ހުއްޓިގެން
މޯދީގެ އާ ކެނިނެޓް ފޮޓޯއަކަށް ހުއްޓިގެން

މޯދީގެ ކެބިނެޓަށް އަލަށް 36 މިނިސްޓަރުން

ބާރަ މިނިސްޓަރުން އިސްތިއުފާ ދެއްވުމަށް ވަނީ އަންގަވާފަ

އިންޑިޔާގެ ޕްރައިމް މިނިސްޓަރު ނަރެންދުރަ މޯދީގެ ކެބިނެޓަށް ގެނައި ކުއްލި އަދި ބޮޑު ބަދަލާއެކު އިންޑިޔާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ޒުވާނުންނަށް އިސްކަން ދެއްވުމަށާއި އިންތިހާބީ ވަޢުދުތައް ފުއްދެވުމުގެ މަސައްކަތްތައް ހަލުވި ކުރެއްވުމަށްޓަކައި އަލަށް ކެބިނެޓަށް 36 މިނިސްޓަރުން އިތުރުކުރެއްވުމުން ކެބިނެޓް މިނިސްޓަރުންގެ އަދަދު ވަނީ 78 އަކަށް މަތިވެފައެވެ.

އަލަށް ކެބިނެޓަށް އައްޔަން ކުރެއްވި މިނިސްޓަރުންގެ ތެރޭގައި އަށް ލޯޔަރުންނާއި ހަތަރު ޑޮކްޓަރުންނާއި ކުރީގެ އައިއޭއެސް ދެ އޮފިސަރުންނާއި ހަތަރު އެމްބީއޭ ޑިގްރީ ހޯލްޑަރުންނާއި އިންޖިނުއަރުން ހިމެނެއެވެ.

ބޮޑު ކެބިނެޓެއް އެކުލަވާލައްވައި މޯދީ ވަނީ 12 މިނިސްޓަރުން އިސްތިއުފާ ދެއްވުމަށް އަންގަވާފައެވެ. އޭގެ ތެރޭގައި ކެބިނެޓުގައި ހިމެނިވަޑައިގެންނެވި ނުފޫޒުފަދަ ބައެއް މިނިސްޓަރުން ވެސް ހިމެނިވަޑައިގަނެއެވެ.

އިންޑިޔާގެ މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑިޔާގެ އާންމު އިންތިހާބު ބާއްވަން ތިން އަހަރަށް ވެފައި ވަނިކޮށް މި ގެނައި ކުއްލި ބަދަލުގެ ސަބަބުން މޯދީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ކުރިއެރުންތައް ހޯދަން ރައްޔިތުންކުރާ އުންމީދުވަނީ ބޮޑުވެފައެވެ. މި ބަދަލުގެ ހެޔޮ އަސަރު ރައްޔިތުންނަށް ނުފެންނަ ނަމަ ކުރިއަށް އޮތް ޖެނެރަލް އިލެކްޝަނުގައި، ކޮވިޑުގެ ސަބަބުން މަގުބޫލުކަން ދަށަށް ގޮސްފައިވާ މޯދީގެ ޕާޓީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހޭނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *