ދުނިޔެއަށް ދިމާވި ކޮވިޑްގެ ބަލިމަޑު ކަމާއި އެކު މުޅި ދުނިޔެއަށް ވެސް މިވަނީ ޑެލިވަރީ އާއި ޕޯސްޓްގެ ހިދުމަތަށް ބަދަލުވެފަ އެވެ. މިކަމުން އަޅުގަނޑުމެންގެ މި ދިވެހިރާއްޖެ ވެސް އިސްތިސްނާވެގެން ނުދެ އެވެ. ރާއްޖޭގެ އެކި އެކި ހިސާބުތަކުގައި ދިރިއުޅޭ މީހުން ދަނީ އެމީހަކު ބޭނުންވާ ތަކެތި ދުނިޔޭ މަސްހޫރު އޮންލައިން ވެބްސައިޓްތައް މެދުވެރިކޮށް ގަންނަމުންނެވެ.
އޮންލައިން ވެބްސައިޓްތަކުން ގަނެވުނެ އެތަކެތި ބޭނުންވާ މަންޒިލަށް ގެނައުމަކީ ނިކަން ފަސޭހަ ކަމެއް ކަމުގައިވީ ނަމަވެސް މަސްހޫރު ޑީއެޗްއެލް މޯލްޑިވްސް އިން މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްތަކަށް ތަކެތި ފޮނުވުމަކީ އަދިވެސް އެހާ ފަސޭހަ އަދި ކުރުން ދަތިކަމަށް ވަނީ ވެފަ އެވެ.
ޒަމާނުންސުރެ އޮންނަ މާލެ އާއި އަތޮޅުތެރެ ތަފާތުކުރުން ފުޅާވެ މިއަދު މިވަނީ އިންޓަރނޭޝަނަލް ބްރޭންޑްތަކުގެ ތެރެއަށް ވެސް މިކަން ވަދެގެން ގޮސްފަ އެވެ. މަސްހޫރު ޑެލިވަރީ ކުންފުނި ޑީއެޗްއެލް ރާއްޖޭގެ ބުރާންޗު ޑީއެޗްއެލް މޯލްޑިވްސް އަތޮޅުތެރެއަށް ގެންނަ މުދަލަށް ގެންދަނީ ވަރަށް ބޮޑަށް އިހްމާލްވަމުން ނެވެ.
ޔޫރަޕުންގެ އޮންލައިން ފިހާރައަކުން ތަކެތި ގަންނަ އިރު ޑީއެޗްއެލް އެކްސް ޕްރެސް މެދުވެރިކޮށް މުދާ 3 ނުވަތަ 5 ދުވަސް ތެރޭ މީހާ އަށް ޑެލިވަރީކޮށްދޭނެ ކަމަށް ބުނި ނަމަވެސް އެކަމަށް ޑީއެޗްއެލް މޯލްޑިވްސް އިން އެހެން އެ ހިދުމަތް ދެވޭތަނެއް ނުފެނެ އެވެ. ހާއްސަކޮށް މާލެ ނޫން ރާއްޖޭގެ އެހެން ސިޓީތަކަށް ޑީއެޗްއެލް މެދުވެރިކޮށް ތަކެތި ގެނެސްފިނަމަ ޑީއެޗްއެލް މޯލްޑިވްސް އެތަކެތި ފޯރުކޮށް ދިނުމަށް މަސް ދުވަސް ވެސް ނަނގާފާނެ އެވެ.
އިގިރޭސިވިލާތުން ގަންނަ މުދަލެއް ހީތްރޯ އެއަރ ޕޯޓުން މާލެއަަންނަށް 2 ދުވަސް ނެނގި ނަމަވެސް ޑީއެޗްއެލް މޯލްޑިވްސް އެތަކެތި މާލެ އިން އެއަރޕޯޓް އޮންނަ އެހެން ސަރަހައްދަކަށް ފޮނުވަން މަދުވެގެން 20 ދުވަސް ނަނގާނެ އެވެ.
ޑީއެޗްއެލް މޯލްޑިވްސްގެ ހިދުމަތް ހޯދާ މީހަކު ނަން ހާމަ ނުކުރުމަށް ސަރުތުކޮށް އިރުވަރު އޮންލައިންނާއި ވާހަކަ ދައްކަމުން ބުނީ އާއްމް ޕޯސްޓަށް ވުރެ ޑީއެޗްއެލް އެކްސް ޕްރެސް މެދުވެރިކޮށް އަތޮޅުތެރެއަށް ތަކެތި ގެނައުމުން ލިބުން ދަތި ކަމަށާއި އެހެން ނަމަވެސް އިންތިހާއަށް ބޮޑު އަގު ޑީއެޗްއެލް އިންޓަރނޭސަނަލް އިން ކަސްޓަމަރު އަތުން އަތުލާ ކަމަށެވެ.
" އަޅުގަނޑަކީ ޑީއެޗްއެލް މެދުވެރިކޮށް ވަރަށް ގިނައިން ތަކެތި ގެންނަ މީހެއް. މި ޕެންޑަމިކާއި ގުޅިގެން އަޅުގަނޑު މިހާރު ވަގުތީ ގޮތުން ދިރިއުޅެމުން މިދަނީ ހދ. ހަނިމާދޫގައި. މި ރަށަކީ ކޮންމެ ދުވަހަކު އެތައް ޑޮމިސްޓިކް ފްލައިޓެއް ޖައްސާ ތަނެއް އެހެންނަމަ ވެސް ޑީއެޗްއެލް އެކްސް ޕްރެސްއިން ގެނެސްގެން ވެސް ޑީއެޗްއެލް މޯލްޑިވްސް، މާލޭގައި ތަކެތި ތާށިކޮށްލާނެ 20 ވަރަކަށް ދުވަހު. މި ބޮޑުވަރު ނޫންތޯ."
އޭނާ ބުނީ މިހާރު ވެސް ޑީއެޗްއެކްސް ޕްރެސް މެދުވެރިކޮށް ގެންސްފައިވާ ވަރަށް މުހިއްމު އެއްޗިހިތަކެއް މާލޭ ޑީއެޗްއެލްގައި ހުންނަތާ މިހާރު ވެސް ގާތް ގަނޑަކަށް މަސްދުވަސް ވަނީ ކަމަށާއި އަދި މިތަކެތި ލިބޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށެވެ.
" ހަމަ އެކަނި އެމީހުން ޑެލިވަރީ މިކޮށްދެނީ މާލެއަށް އެކަނި. ދެން ބުނާނީ މާލޭ އޮފީހަށް މީހަކު ފޮނުވާށޭ ތަކެތި ބަލާ. އެކަމަކު އަޅުގަނޑުމެން އިންތިހާއަށް ބޮޑު އަގު ދައްކަނީ އަޅުގަނޑުމެން ދިރިއުޅޭ ރަށުން ތަކެތި ނަނގަން. އަޅުގަނޑުމެން ތަކެތި ގަންނަ ސައިޓްތަކުން ވެސް އަދި ޑީއެޗްއެލް އިންޓަނޭޝަނަލުން ވެސް ބުނަނީ ޑެލިވަރީ ލޮކޭޝަނަށް ގެންގޮސްދޭންޖެހޭނެ ކަމަށް." އޭނާ އިތުރަށް ބުންޏެވެ.
މިކަމާއި ގުޅިގެން ޑީއެޗްއެލް މޯލްޑިސް މިހާތަނަށް ވަނީ މައުލާމާތެއް ލިބޭގޮތް ނުވެފަ އެވެ.
2 Responses
އަސްލުވެސް ވަރަށް ރަނގަޅު ވާހަކައެއް އަޅުގަނޑުގެ ބައިވަރު ތަކެތި ވެއްޖެ ޑީ އެޗް އެލްގަ މިހާރު މަހަކަށް ވުރެ ގިނަދުވަސް ވެއްޖެ
މިދުވަސް ކޮޅު ފައިސާ އޮހޭތީ ހިތުހުރި ގޮތެއް ކަސްޓަމަރުންނަށް ހަދާލަނީ