Ad
Group of business people stand congratulated.
Group of business people stand congratulated.

ދުނިޔެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުން ފައިދާ ހޯދުމަށް ޗައިނާ މަހުޖަނުންގެ އެޖެންޓުން ދުނިޔޭގައި ފެތުރިގެންފި

ކޮވިޑް-19އާ ގުޅިގެން ދުނިޔޭގެ ގައުމުތަކަށް ކުރިމަތިވެފައިވާ އިގްތިސާދީ އަދި މާލީ ދަތިކަމުގެ މަންފާ ލިބިގަތުމަށް ޗައިނާގެ މަހުޖަނުންގެ އެޖެންޓުން ފުޅާ ދާއިރާއެއްގައި ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. އެމީހުންގެ މައިގަނޑު އަމާޒަކީ ހޮޓަލާއި އެޕާޓްމަންޓް ބިލްޑިންތައް ކުޑަ އަގެއްގައި ގަނެލުމެވެ. ނުވަތަ ކުޑަ ކުއްޔަކަށް ދިގު މުއްދަތަކަށް ކުއްޔަށް ނަގައި، ބޮޑު އެޑްވާންސެއް ވެރިފަރާތަށް ދިނުމެވެ. އަދި ދަރަނިވެރިވެފައިވާ ކުންފުނިތަކާއި ފިހާރަތަކާއި އިންވެސްޓްމަންޓްތަކާއި ފެކްޓަރީތައް ވެސް އެމީހުން ވަނީ ގަންނަން ފަށާފައެވެ.

ބައެއް އެޖެންޓުންގެ ވިސްނުން ހުރީ ހަމައެކަނި ބޮޑު އިންޓަރެސްޓްގައި ކުރު މުއްދަތުގެ ލޯނުތައް ދޫކޮށްގެން މަންފާ ހޯދުމަށެވެ.

ޗައިނާގެ މަހުޖަނުންގެ އެޖެންޓުން އެންމެ ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވަމުން ގެންދަނީ ތުރުކީއާއި ތައިލެންޑާއި އިންޑޮނޭޝިއާއާއި ވިއެޓްނާމާއި ކެމްބޯޑިއާ، ލާއޯސް، އެފްރިކާ އަދި ލެޓިން އެމެރިކާގެ ގައުމުތަކުގައެވެ.

އެމީހުން ވަނީ ގައުމުތަކުގެ ސަރުކާރުތަކުގެ މާލީ ދަތިކަން ހައްލުކުރުމަށް ވިއްކި ބިލިއަން ޑޮލަރުގެ ބޮންޑުވެސް ގަނެފައެވެ. ލޯކަލް ބޭންކުތަކާއި ފައިނޭންޝިއަލް އެޖެންސީތައް މެދުވެރިކޮށެވެ.

މިހާރު އެމީހުންގެ އަމާޒަކީ ގައުމުތަކުގެ ސިއްހީ ނިޒާމް ހަރުދަނާ ކުރުމަށް ބޭނުންވާ އިންވެސްޓްމަންޓްތަކަށް ދިގު މުއްދަތުގެ ފައިނޭންސްކޮށްދީގެން ނަފާ ހޯދުމެވެ. މި ޕެކޭޖުގެ ދަށުން، ގައުމުތަކަށް ސިއްޚީ މެޝިނަރީއާއި ކޮންސިއުމަބަލް ވެސް ފޯރުކޮށްދެއެވެ. އަދި ހޮސްޕިޓަލްތައް އެޅުމާއި ހޮސްޕިޓަލްތަކުގެ ޖާގަ ބޮޑުކުރުމުގެ މަޝްރޫޢުތަކަށް ވެސް ފައިނޭންސްކޮށްދެއެވެ.

އެމީހުން ގައުމުތަކުގައި ހަރަކާތްތެރިވަނީ އެ ގައުމުގައި ކުންފުނިތައް ރަޖިސްޓްރީކޮށްގެންނެވެ. އެގައުމުތަކުން ނަގާ ބައެއް މުވައްޒަފުން ނުވަތަ ސިފައިން ނުވަތަ ފުލުހުން ނުވަތަ އިމިގްރޭޝަން ނުވަތަ މިނޫންވެސް މިފަދަ ނުފޫޒުގަދަ މީހުންގެ އާއިލާގެ މެންބަރުން ކުންފުނީގެ ހިއްސާދާރުންނަށް ހަދައި، ލޯކަލް ކުންފުނިތައް ރެޖިސްޓްރީކޮށް، އެ ކުންފުނީގެ އެކައުންޓްތަކަށް ފައިސާ ދަނީ އޮއްސަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *