Ad

8553 ސާމްޕަލްގެ ތެރެއިން މިއަދު ޕޮޒިޓިވްވީ 140 މީހުން

ރާއްޖެއިން ކޯވިޑް-19އަށް މިއަދު އިތުރު 140 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބަށް މިއީ 8553 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ މީހުންގެ އަދެވެ. މިއީ އެއް ދުވަހު އެއްމެ ގިނައިން ސާމްޕަލް ނެގި ދުވަހެވެ. މިއަދު ޕޮޒިޓިވްވި 140 މީހުންގެ ތެރޭގައި ހިމެނެނީ، މާލެ ސަރަޙައްދުން ޕޮޒިޓިވްވި 59 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 74 މީހުންނާއި، ރިސޯޓުތަކުން ޕޮޒިޓިވްވި 07 މީހުންނެވެ.

މިއަދު ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ޖުމްލަ 76،019 މީހުންވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މީގެތެރެއިން 2470 މީހުން މިހާރުވެސް ގެންދަނީ މި ބަލި ތަހަންމަލްކުރަމުންނެވެ. މީގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ މިހާރު 14 މީހަކަށެވެ.

ފާއިތުވި 24 ގަޑީރުތެރޭ މި ބަލިން 95 މީހަކު ވަނީ ރަނގަޅުވެފަ އެވެ. އެއާއެކު މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 73،321 އަށް އަރާފައެވެ.

ރާއްޖޭގައި ކޯވިޑް ބަލި ޖެހިގެން ނިޔާވީ މީހުންގެ އަދަދު ވަނީ 216 އަށް އަރާފަ އެވެ. މީގެތެރޭގައި ހިމެނެނީ 198 ދިވެހިންނާ 18 ބިދޭސީންނެވެ. ރާއްޖޭގައި ކޮވިޑްގެ ހާލަތު އެންމެ ގޯސްވީ މިއަހަރުގެ މެއި މަހާއި ޖޫން މަހުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *