ސްޓެލްކޯއިން ހިންގަމުންގެންދާ މާލޭ އިންޖީނުގެ މިހާރު ވަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މުސީބާތަކަށްވެފަކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ސޯޝަލް މީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ސިއްޚީގޮތުންވެސް އަދި އެހެން ހުރިހާ ގޮތަކުންވެސް ސްޓެލްކޯ އިންޖީނުގެ ބޮޑު މުސީބާތަކަށް ވެފައިވާކަމަށެވެ. އެންޔަރަމަންޓް މިނިސްޓަރު ޝައުނާއާއި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު މުޣުނީ ޓެކްކުރައްވާ ރައީސް ނަޝީދު ކުރެއްވި މި ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ ސްޓެލްކޯއިން އިންޖީނުގެ ބޮޑުކުރަމުންދަނީ ޤާނޫނާއި ޤަވާއިދާ ޚިލާފަށް ކަމަށެވެ. އަދި މިކަމަށް ހައްލު ނުގެނެސް ސްޓެލްކޯއިން އެއްވެސް ކަމެއް ކުރުމަކީ ކުށެއްކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
Malé enginege mihaaru evanee Malé ga dhiriulhey meehunah museebathakahvefa. Sihhee gothun adhi ehen huriha gothakunves. STELCO in enginege bodu kuramun egendhanee qaanoon akai qawaidha hilaafah. Mikamah hallu nugenes STELCO in ehen evves kameh kurumakee kusheh @anuahsa @HMughnee
— Mohamed Nasheed (@MohamedNasheed) July 19, 2021
އާންމުން ދިރިއުޅޭ ސަރަހައްދާ ކައިރީގައި ހުރި ސްޓެލްކޯގެ ބައެއް ޖަނަރޭޓަރުތަކުގެ ސަބަބުން ގެއްލުން ލިބެމުންދާތީ އެ ސަރަހައްދުގެ ބައެެއް އާއިލާތަކުން މަޖިލީހަށާއި ކޯޓަށްވެސް މައްސަލަ ހުށައަޅާފައިވަނިކޮށެވެ. ސްޓެލްކޯގެ ޖަނަރޭޓަރުތަކުގެ މައްސަލަ މީގެ ކުރިން ވަނީ ޔުޓިލިޓީ އޮތޯރިޓީ، އެޗްއާރްސީއެމް އަދި ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅާފަ އެވެ. އަދި މަޖިލީހުގެ ޖޮއިންޓް ކޮމިޓީ އަކުން މިހާރު ގެންދަނީ މައްސަލަ ބަލަމުންނެވެ.
އާންމު ބޭނުންތަކުގެ ހިދުމަތާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދާއި އުސޫލުތަކުގައިވާ ގޮތުން އިންޖީނުގެ ހުންނަންވާނީ އެ ތަންތަނުން އަރާ ދުމުން އާންމުންނަށް އުނދަގޫ ނުވާނެ ގޮތަށް މީހުން ދިރިއުޅޭ ސަރަހައްދާ މަދުވެގެން 200 ފޫޓު ދުރުގަ އެވެ.