Ad

ޗައިނާގައި ފެންބޮޑުވެ، އެތައް ބަޔަކު މަރު

މެދުނުކެނޑި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ސެންޓްރަލް ޗައިނާގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ، އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ހާލުގައި ޖެހިއްޖެއެވެ.

ޗައިނާގެ މީޑިޔާތަކުން ބުނާ ގޮތުގައި މިހާތަނަށް ސާޅީސް މީހުން މަރުވެ، ގިނަ އަދަދެއްގެ ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. ބައެއް އަވަށްތަކުގައި ފަސް ފޫޓަށް ވަނީ ފެންބޮޑުވެފައެވެ. ނަތީޖާއެއްގެ ގޮތުން ދަތުރުފަތުރުގެ ޚިދުމަތް ހުއްޓި، ކެއުން ބުއިމަށް ބޭނުންވާ އަސާސީ ސާމާނު އެ އަވަށްތަކަށް ފޯރުކޮށްދިނުމުގައި އިންތިހާއަށް ވަނީ ދަތިވެފައެވެ.

ހެންގޒޫ ސަހަރުގެ ޓްރެއިން ސްޓޭޝަންތަކުގައި ފެންބޮޑުވެ، އެތައް ބަޔަކު ޓްރެއިން ތަކުގައި ތާށިވެގެން، ސަލާމަތީ ޚިދުމަތްތަކުން ގެންދަނީ އެމީހުން ރައްކާތެރިކަމާއެކު ޓްރެއިންތަކުން ނެރުމަށް ހަރަކާތްތެރިވަމުންނެވެ. އަދި ހާލުގައި ޖެހިފައިވާ މީހުން ސަލާމަތީ ހިސާބުތަކަށް ގެންދިއުމުގައި، ސަލާމަތީ ބާރުތަކުން ގެންދަނީ އިންޖީނު އެޅި ރަބަރު ޑިންގީތައް ބޭނުން ކުރަމުންނެވެ. އެއީ މީހުންގެ އުނގަނޑާ ހަމައަށް ބޮޑުވެފައިވާ ފެންގަނޑު ބޮޑު ސަރަހައްދަކަށް ފެތުރިފައިވާތީއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *