Ad
ޖަލުތަކުގައި ތިބި ކޮވިޑް ބަލި މީހުންނަށް ތައިލެންޑުން ދިން ބޭސް
ޖަލުތަކުގައި ތިބި ކޮވިޑް ބަލި މީހުންނަށް ތައިލެންޑުން ދިން ބޭސް

ކޮވިޑް-19: ތައިލެންޑުން އުފާވެރި ޚަބަރެއް: ކޮވިޑް ޖެހުނު 22،000 ގައިދީންނަށް ފަތްޕިލާވެލީގެ ބޭހެއް ކާން ދީގެން ރަނގަޅު ވެއްޖެ!

ތައިލެންޑުގެ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ގެންދާ މީހުންގެ މެދުގައި ކޮވިޑް-19ގެ ބަލި ބޮޑުވަމުންދާތީ، ޖަލު ބަލަހައްޓާ ފަރާތްތަކުން، ކޮވިޑަށް ޕޮޒިވިޓްވާ ގައިދީންނަށް ދޭން ފެށީ އެގައުމުގައި އުފައްދާ ފަތްޕިލާވެލީގެ ބޭހެކެވެ.

މިއީ އާންމު ރޯގާއަށް ވެސް ތައިލެންޑުގައި އާންމުކޮށް ބޭނުންކުރާ، ބަހެއްގެ ފަތުން އުފައްދާ ބޭހެކެވެ.

ތައިލެންޑުގެ ޖަސްޓިސް މިނިސްޓަރު، ބޮޑު ވަޒީރަށް އެރުވި ކަރުދާހެއްގައިވާ ގޮތުގައި، ތައިލެންޑުގެ ހާބަލް މެޑިސިނެއްގެ އެހީގައި މިހާތަނަށް ބާވީސް ހާހަހަށްވުރެ ގިނަ ގައިދީން ކޮވިޑުން ރަނގަޅު ވެއްޖެކަން ކަރެކްޝަންސް ޑިޕާޓްމަންޓުން ޔަގީންކޮށްދެއެވެ.

މިނިސްޓަރުގެ ކަރުދާހާ ގުޅިގެން ބޮޑުވަޒީރު މިހާރު ވަނީ އެބޭހުގެ ކަންކަން ދިރާސާކުރުމަށާއި ތައި ހާބަލް އުފެއްދުންތައް ޕްރޮމޯޓްކުރުމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލާފައެވެ.

ތައިލެންޑުގެ ގައުމީ މީޑިޔާއިން ބުނެފައިވާ ގޮތުގައި މި ބޭހަކީ ކެޕްސޫލެކެވެ. އެ ބޭސް ބޭނުންކުރަނީ ތިން އިރު އިރަކު ދެ ގުޅަ ނުވަތަ އެއް ގުޅައެވެ. ކެރެކްޝަންސް ޑިޕާޓްމަންޓާ ހަވާލާދީ ތައިލެންޑުގެ މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޮވިޑުގައި ބޮޑުނުވާ ހުރިހާ އެންމެން ކަހަލަ ގޮތަކަށް މި ކެޕްސޫލް ކެއުމުން ރަނގަޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *