Ad

މިފްކޯއިން ގަތް ބޮޑު ބޯޓު "ޖަޒީރާ ރީފާ" ރާއްޖެ ގެނެސްފި

މިފްކޯއިން ގަތް ބޮޑު ބޯޓު "ޖަޒީރާ ރީފާ" ރާއްޖެ ގެނެސްފިއެވެ.

މި ބޯޓަކީ ރާއްޖެއިން މަސް ބޭރުކުރުމަށް ޚާއްޞަ ބޯޓެކެވެ. މި ބޯޓަކީ ތައިލެންޑްގެ ކުންފުންޏަކުން އޮޕަރޭޓްކުރަމުން ދިޔަ ބޯޓެކެވެ. 326 ފޫޓު ދިގު 45 ފޫޓު ފުޅާ މި ބޯޓުގައި 2،500 ޓަނުގެ މަސް ރައްކާކުރެވޭނެއެވެ.

މަސްވެރިންގެ ހަބަރުތައް ގެނެސްދޭ އޮންލައިން ނޫހެއްކަމަށްވާ މަސްވެރިން އެމްވީއަށް މަޢުލޫމާތުދެއްވަމުން މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ވިދާޅުވީ މި ބޯޓަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ބޯޓެއް ކަމަށެވެ. މިފްކޯގެ އަމިއްލަ ބޯޓަކުން މަސް ބޭރުކުރަން ފެށުމުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމަށް އަންނާނެކަމަށް ޤަބޫލުކުރައްވާކަމަށް ފައުޒީ ވަނީ ވިދާޅުވަފައެވެ.

"މިހާރު ރާއްޖެއިން މައިގަނޑުގޮތެއްގައި ފިނިކުރިމަސް މި ބޭރުކުރަނީ ތައިލެންޑަށް. އަޅުގަނޑުމެންގެ އަމިއްލަ ބޯޓެއް އޮތުމުން އިތުރު މާރކެޓް ތަކަށް ދިއުމުގެ ފުރުޞަތު ފަހިވެގެންދާނެ. އަޅުގަނޑުމެން ބަލާނަން އިތުރު މާރކެޓްތައް." ފައުޒީ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *