Ad
ރައީސް ނަޝީދަށް ހަމަލާދިން ސަރަހައްދު
ރައީސް ނަޝީދަށް ހަމަލާދިން ސަރަހައްދު

ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ އެމަނިކުފާނަކީ ދީނުން ބޭރުވެފައިވާ މީހެއްކަމަށް ދެކިގެން: ފުލުހުން

ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ އެމަނިކުފާނަކީ ދީނުން ބޭރުވެފައިވާ މީހެއްކަމަށް ދެކިގެންކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންނާއި ޕީޖީން މިހާރު ބާއްވަމުންގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ މުޙައްމަދު ރިޔާޒް ވިދާޅުވީ، ރައީސް ނަޝީދަށް ހަމަލާދިނުމަށް އެތައް ފަހަރެއްގެ މަތިން މަސައްކަތްކޮށްފައިވާކަމަށެވެ. މިގޮތުން ޔާގޫތުގޭ ކައިރީ ސައިކަލް ބަހައްޓައިގެން 4 ފަހަރެއްގެ މަތިން ހަމަލާދޭން މަސައްކަތްކޮށްފައިވާކަމަށެވެ. ޔާގޫތު ގެއަކީ އެމަނިކުފާނު ކުރިން ދިރިއުޅުއްވި ގެއެވެ. އަދި އެމަނިކުފާނު ކަސްރަތުކުރަން ވަޑައިގަންނަވަނިކޮށްވެސް ހަމަލާދޭން މަސައްކަތްކުރިކަމަށް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ ހަމަލާ ދިން ފަރާތްތަކަކީ އައިއެސްގެ ފިކުރަށް ތާއީދުކުރާ، އައިއެސްގެ ފިކުރު ރާއްޖޭގައި ފަތުރަން މަސައްކަތްކުރާ ބަޔެއްކަމަށެވެ. އަދި އެ މީހުން ދިވެހި ދައުލަތް ގަބޫލެއް ނުކުރާ ކަަމަށާއި، އެ މީހުން ދެކެނީ ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެއް ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ހަމަލާދިން ސައިކަލްގައި ބޮން ހަރުކޮށްފައިވަނީ މެއި 3 ވަނަ ދުވަހު ހުޅުމާލޭ 106 ނަމްބަރު ފްލެޓް ކައިރީގައި ކަމަށް ފުލުހުން ބުންޏެވެ. ސައިކަލް އެސަރަހައްދަށް ގެނައީ ތަހުމީން ކަމަށާއި ބޮން ހިފައިގެން އެސަރަހައްދަށް އައީ އަލީ ހައިޝަމް ކަމަށް ފުލުހުން ބުންޏެވެ. އަދި ބޮން ހަރުކުރުމަށްފަހު ހަމަލާދިން ސަރަހައްދަށް ސައިކަލް ގެންދިޔައީ އިސްހާގު ކަމަށް ފުލުހުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *