Ad

މާލެއިން ޕޮޒިޓިވްވި 20 މީހުންނާއެކު ރާއްޖެއިން މިއަދު ޕޮޒިޓިވްވީ 44 މީހުން

ރާއްޖެއިން އިތުރު 81 މީހުން ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑީރުތެރޭ ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައި 81 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 20 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 44 މީހުންނެވެ. އަދި ރިސޯޓްތަކުން 17 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. މިއީ 4863 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި އަދަދެވެ. މީގެތެރެއިން 1774 ސާމްޕަލަކީ މާލެ ސަރަހައްދުން ނަގާފައިވާ ސާމްޕަލްތަކެވެ.

މިބައްޔަށް މިވަގުތު ފަރުވާ ހޯދަމުން ދަނީ 2،601 މީހުންނެވެ. އަދި އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެމުންދަނީ 18 މީހުންނަށެވެ.
ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 76،627 އަށް އަރާފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 219 މީހުން ވަނީ ނިޔާވެފައެވެ. މީގެތެރޭގައި ހިމެނެނީ 202 ދިވެހިންނާ 17 ބިދޭސީންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *