Ad
މީގެކުރިން ބޭއްވި އެމްޑީޕީ ޤައުމީ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
މީގެކުރިން ބޭއްވި އެމްޑީޕީ ޤައުމީ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

އެމްޑީޕީގެ ޤައުމީ މަޖިލީހުން ޤަރާރު ފާސްކުރީ އުސޫލުން ބޭރުން: އެމްޑީޕީގެ މަޖިލީސް މެމްބަރެއް

އެމްޑީޕީގެ ޤައުމީ މަޖިލީހުން ޤަރާރު ފާސްކުރީ އުސޫލުން ބޭރުންކަމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ވިދާޅުވެއްޖެއެވެ.

އިރުވަރު އޮންލައިނަށް މަޢުލުމާތުދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރަކު ވިދާޅުވީ، ކޯރަމް ނުލިބިގެން ޖަލްސާ މުޅިން ނިމުނުކަމަށް އިއުލާންކުރުމަށްފަހު އެ ޖަލްސާ އަލުން ކުރިއަށްގެންދެވިގެން ނުވާނެކަމަށެވެ. އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހުށައެޅުއްވި އިސްލާހަށް ވޯޓަށް ނާހާ ޤަރާރަށް ވޯޓަށް އެހުމަކީ ޤަވާއިދާ ޚިލާފު ކަމެއްކަމަށް މެމްބަރު ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ އެމްޑީޕީގެ ޤައުމީ މަޖިލީހުގައި 148 މެމްބަރުން ތިއްބަވާއިރު އެންމެ 39 ވޯޓުން ޤަރާރު ފާސްކުރުމުން އޭގައި އެއްވެސް ބުރަދަނެއް ނެތް ކަމަށެވެ.

މިގަރާރު ހުށަހަޅުއްވާފައި ވަނީ އެމްޑީޕީ ގައުމީ މަޖިލީހުގައި މިރޭ ކުރިއަށް ދިޔަ 180 ވަނަ ބައްދަލުވުމުގައެވެ. މި ގަރާރު ހުށަހަޅުއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން ފުލުހުން ރޭ އާންމު ކުރި މައުލޫމާތުތަކާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހޭ ކަމަށެވެ. އަދި މިކަން ކުރަން ޖެހެނީ ހަރުކަށި ފިކުރުގެ މީހުން ހައްޔަރުކޮށް ޓެރަރިޒަމް ހުއްޓުވުމަށް ފުލުހުންނަށް އެކަށީގެންވާ ބާރު ދިނުމުގެ ގޮތުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *