Ad
ވިލިމާލެ ކުޑަކުދިންގެ ހިޔާގެ ސީޢީއޯ އޮފީހުގައި ހިނގި އަލިފާނުގެ ހާދިސާ --ފޮޓޯ:އެމްއެންޑީއެފް
ވިލިމާލެ ކުޑަކުދިންގެ ހިޔާގެ ސީޢީއޯ އޮފީހުގައި ހިނގި އަލިފާނުގެ ހާދިސާ --ފޮޓޯ:އެމްއެންޑީއެފް

ދައުލަތުން ރައްކާތެރިކަން ހޯދައިދޭން ޖެހޭ ކުދިންނަށް އަލިފާނުގެ ބިރު

ވިލިމާލެ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ތިންވަނަ ހާދިސާ މިއަދު ހެނދު

އެކި ސަބަބުތަކާ ހުރެ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިންނަކީ ހުރިހާ މާނައެއްގައިވެސް އެކުދިންނަށް ދައުލަތުން ހިމާޔަތާއި ރައްކާތެރިކަމާއި ދުޅަހެޔޮކަން އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ކަށަވަރުކުރަން ޖެހޭ ކަމެކެވެ. އެހެންނަމަވެސް ވިލި މާލެ ކުޑަކުދިންގެ ހިޔާގައި ދޭތެރެ ދޭތެއިން އަލިފާނުގެ ހާދިސާ ހިނގައި، އެތަނުގެ ތަކެއްޗަށް އެކި ވަރުގެ ގެއްލުން ވަނީ ލިބިފައެވެ. ނަސީބު ރަނގަޅު ކަމުން އަދި ކުއްޖަކަށް އަނިޔާއެއް ނުލިބެއެވެ. އެހެންނަމަވެސް މިފަދަ ކޮންމެ ހާދިސާއަކުން ނަފްސާނީ ގޮތުން އެކުދިންނަށް އަސަރުކުރެއެވެ. ގެއްލުން ލިބެއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ އުމުރުން 13 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިން ބެލެހެއްޓުމަށް ހާއްސަ މި މަރުކަޒުގެ ހަތަރު ވަނަ ފްލޯގައި ހުރި ކޮޓަރިއެއްގައި މިއަދު ހެނދުނު އަލިފާން ރޯވި އެ ކޮޓަރިއަށް ބޮޑެތި ގެއްލުން ވަނީ ލިބިފައެވެ.

އެމްއެންޑީއެފުން ބުނީ އެ މައުލޫމާތު ލިބުމާ އެކު ވިލިމާލޭ ފަޔާ ސްޓޭޝަންގެ ސިފައިން ގޮސް ހެނދުނު 6:10 ހާއިރު އަލިފާންގަނޑު ކޮންޓްރޯލްކޮށް، 7:20 ހާއިރު އެއްކޮށް ނިއްވާލި ކަމަށެވެ.

މިއީ ތިން މަހެއްހާ ދުވަހުގެ ތެރޭގައި އެތަނުގައި ހިނގި ތިން ވަނަ އަލިފާނުގެ ހާދިސާއެވެ. މިދިޔަ މަހުގެ ހަ ވަނަ ދުވަހު އިމާރާތުގެ ޓެރަހުގައި ހުރި ގުދަނެއްގައި ރޯވެ، ގެއްލުންވިއެވެ. މެއި މަހުގެ ހަތަރު ވަނަ ދުވަހު ވެސް އެތަނުގެ ކޮޓަރިއެއްގައި ރޯވެ ބޮޑެތި ކޮޓަރިއަށް ބޮޑެތި ގެއްލުން ލިބިފައިވެއެވެ.

ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ދައުލަތުން ބަލަހައްޓާ މި އިމާރާތުގައި ތަކުރާރުކޮށް އަލިފާނުގެ ހާދިސާތައް ހިނގާއިރު، މިކަން ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމުގައި ކޮންމެވެސް ބައެއްގެ އިހުމާލު އެބައޮތެވެ. ކުދިންގެ މެދުގައި ހިނގާ ކަންކަމުގެ ނަތީޖާއެއްގެ ގޮތުން ތަންތަނުގައި ހުޅު ޖަހާނަމަ އެކަން ވެސް ރަނގަޅު ކުރެވެން ޖެހޭނެއެވެ. މިކަންކަން ކޮންމެ ގޮތެއް ވަރިހަމަ ކަމަށް ދޫކޮށްނުލާށެވެ. ފަހުން ލިބިދާނެ ގެއްލުން ބޮޑުވެދާނެތީއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *