Ad

ރައީސް ނަޝީދަށް ހަމަލާ ދިނުމުގައި ބައިވެރިވި އަލީ ހައިޝަމްގެ މައްސަލަ ޕީޖީއަށް ފޮނުވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ ރޭވުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުކުރެވޭ އަލީ ހައިޝަމަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ބޮމުގެ މައްސަލާގައ ހިމެނޭ އިތުރު މީހަކަށް ދައުވާ ކުރުމަށް ފުލުހުން ޕީޖީއަށް ފޮނުވާފައި ވާކަމަށާއި، އޭނާއަށް ދައުވާކުރުމާމެދު އަންނަ ހަފްތާގެ ކުރީކޮޅު ގޮތެއް ނިންމޭނެ ކަމަށެވެ.

އަލީ ހައިޝަމް އަކީ ހަމަލާ ދިނުމަށް ސައިކަލްގައި ބޮން ހަރުކުރަން އަމަލީގޮތުން ހަރަކާތްތެރިވީ މީހެއްކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ހަމަލާގެ ތުހުމަތުގައި ހަތަރު މީހުންނަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން މީގެކުރިން ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ. އެއީ މި މައްސަލައިގެ ތުހުމަތުގައި އެންމެ ފުރަތަމަ ހައްޔަރުކުރި 4 މީހުންނެވެ.

މި ހަތަރު މީހުންނަކީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ)އާއި، މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) އެވެ.

މި މީހުންގެ މައްޗަށް ދަޢުވާ ކުރުމާމެދުވެސް އަންނަ ހަފްތާގެ ތެރޭ ގޮތެއް ނިންމާނެ ކަމަށް ޕީޖީ ވަނީ ވިދާޅުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *