Ad

އިންޑިއާ މީހުންގެ ކަރަންޓީން ފެސިލިޓީއަކަށް ރާއްޖެ، މާލޭގެ ގެސްޓްހައުސްތައް ފުރާލައިފި!

ވެރިރަށް މާލެ އާއި ހުޅުމާލޭގެ ގެސްޓް ހައުސްތަކާއި ޓޫރިސްޓް އެކޮމަޑޭޝަން ހޮޓާތަކަށް ދިގު މުއްދަތަކަށް އިންޑިޔާ މީހުން އައިސް ފުރާލައިފިއެވެ. މާލެ އާއި ހުޅުމާލޭގެ ފަސްތަރީގެ ހޮޓާތަކުން ފެށީގެން އާދައިގެ ގެސްޓް ހައުސްތަށްވެސް ވަނީ 15 ދުވަހާއި 30 ދުވަހުގެ މުއްދަތަށް އިންޑިޔާ މީހުން ހިފާފައެވެ. އެއީ، އެއްފަހަރާ ފައިސާ ދައްކައިގެންނެވެ. މިހެންވުމުގެ ސަބަބުން ބޭސްވެރިކަމަށާއި، އިތުރު އެހެން ބޭނުންތަކަށް މާލެ އަންނަ ދިވެހިން ވަންނާނެ ތަނެއްނެތި ދަތުރުކުރެވޭގޮތްވަނީ ނުވެފައެވެ. މިއީ، މިހާތަނަށް ލޯކަލް ގެސްޓް ހައުސްތަކާއި އެކޮމަޑޭޝަން ހޮޓާތަކަށް އެންމެ ބާރުބޮޑުވި ފަހަރެވެ.

"އަހަރެން މާލެއައިސް ގެސްޓްހައުސް އެއް ހޯދަން ހިނގާ ހިނގާ ވަރުބަލިވެއްޖެ. ކޮންމެ ތަނަކުން ދެނީ ހަމަ އެއް ޖަވާބެއް. މިވަގުތު ފުލް. ލިބޭނެ ދުވަހެއްވެސް ނޭންގޭކަމަށް." އިރުވަރު ނޫހާ ވާހަކަދެއްކި މީހަކު ބުންޏެވެ.

މާލޭގައި ހުރި އޮފްޑޭ އިން، ދިމްޔާތު ސްޓޭ، ނަލަ ހިޔާ، އޮކްޓޭވް އަދި މިނޫންވެސް މަޝްހޫރު ހޮޓާތަށްވެސް ވަނީ މިހިނގާ އޮގަސްޓްގެ ނިޔަލަށް އެއްފަހަރާ ގަނޑުކޮށް ފައިސާ ދައްކައި ހިފާފައެވެ. މިހޮޓާތަށް ހިންގާ ފަރާތްތަކުން ބުނެފައިވަނީ، އެއްފަހަރާ ގަނޑުކޮށް ފައިސާ ދައްކައި އިންޑިޔާ މީހުން ހިފާފައިވެއެވެ. މައުލޫމާތު ލިބޭ ގޮތުން، މިއީ ކޮވިޑް19 ބަލިމަޑުކަމާހުރެ އިންޑިޔާއިން ޑައިރެކްޓްކޮށް ދުބާއީއަށް ދަތުރުކުރާ މީހުންނަށް ދުބާއީއަށް ނޭރޭނެހެން ބޯޑަރ ބަންދުކުރުމުން، ކަރަންޓީނު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަޑުކޮށްފައި ދުބާއީ އަށް ދިޔުމަށްޓަކައި މަޑުކުރާ މަޑުކުރުމެކެވެ.

މިއީ ކޮވިޑް19 އާއި ހުރެ ވަޅުޖެހިފައިއޮތް ޓޫރިސްޓް ހޮޓާ އަދި ގެސްޓް ހައުސްތަކުގެ ވިޔަފާރިއަށް ފައިދާކުރާ މަހެއްކަމުގައި ވީނަމަވެސް، ދިވެހިންނަށް ކުރިމަތިވެފައިވާ ނުރައްކާ ވަރަށް ބޮޑެވެ. ސަބަބަކީ، އިންޑިޔާގައި ނުރައްކާތެރި ކޮވިޑްގެ ވޭރިއަންޓް ގިނަވެފައި، ފަންގަސް ކިޔުނު ބަލިވެސްވަނީ ގިނަ ޢަދަދެއްގެ އިންޑިޔާ މީހުންނަށް ޖެހިފައިވާތީއެވެ. މިދުވަސްވަރު މިހާ ގިނަ ޢަދަދަކަށް އިންޑިޔާ ރައްޔިތުން ރާއްޖެއަށް ޞިއްޙީ ގޮތުން ސަލާމަތީ އެއްވެސް ފިޔަވަޅެއް އެޅުމަކާނުލައި އެތެރެވުމަކީ އޭގެން ނުރައްކާތެރި އެތަކެއް ނަތީޖާތަކެއް ނިކުމެދާނޭކަމެކެވެ. ރާއްޖޭގެ ޙާލަތު ގޯހުން ގޯހަށް ގޮސްދާނޭކަމެކެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު އެންމެ ގޯސްވީ މިއަހަރުގެ އޭޕްރީލް މަހުގެ ފަހުކޮޅުންފެށިގެން ޖޫން މަހުގެ ނިޔަލަށެވެ. އޭޕްރީލް މަހުގެ މެދެއްހާ ހިސާބުން އިންޑިއާ މީހުންގެ ކަރަންޓީން ފެސިލިޓީއަކަށް ރާއްޖެ ބަދަލުވެ ރާއްޖޭގެ ކޮވިޑްގެ ހާލަތު ކޮންޓްރޯލުން ދިޔައެވެ. މި މުއްދަތުގައި ރާއްޖޭގައި ހަލުވިކަމާއެކު ފެތުރުފައިވަނީ "އިންޑިއާ ވޭރިއަންޓް"އެވެ. މިއަހަރުގެ މައި މަހަކީ މިހާތަނަށް މިބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން ދުނިޔެ ދޫކުރި މަހެވެ. ބަލި ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި އިންޑިއާވެސް ހިމެނޭގޮތަށް ދެކުނު އޭޝިޔާގެ ޤައުމުތަކުން ރާއްޖެއަށް ދަތުރު ނުކުރެވޭނެ ގޮތް ހެދިއެވެ. ނަމަވެސް އެ ހުއްދަ އަލުން ދިނުމުން އިންޑިއާގެ ކަރަންޓީން ފެސިލިޓީއަކަށް ރާއްޖެ މިވަނީ އަނެއްކާވެސް ބަދަލުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *