Ad

ކޮވިޑާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ލުއިދީފި

ކޮވިޑާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ ބައެއް ފިޔަވަޅުތައް އުފާލައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވަނީ މާލެ ސަރަހައްދުގައި އަޅާފައިވާ ކޮވިޑް-19ގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ދޭން ނިންމާފައިވާ އިތުރު ލުއިތަކެއް އާންމުކޮށްފައެވެ.

މީގެތެރޭގައި މާލެ ސަރަހައްދުގައި ހިންގާ އަމިއްލަ އޮފީސްތަށް ހުޅުވައިގެން މަސައްކަތްކުރުމުގެ ހުއްދަ ދިނުން ހިމެނެއެވެ. އަދި ސްކޫލްތަކާއި ކޮލޮޖްތަކާއި ޔުނިވާސިޓީތަކަށް ގޮސް ކިޔެވުމުގެ ހުއްދަވެސް ވަނީ ދީފައެވެ. އަދި ޕާޓީތަކާއި ހަފްލާތަކާއި އެއްވުންތައް ބޭއްވުމުގެ ހުއްދަވެސް ވަނީ ދީފައެވެ. އަދި ކެފޭ ރެސްޓޯރެންޓް ފަދަ ކާބޯ ތަކެތީގެ ހިދުމަތް ދޭ ތަންތަންވެސް އާންމު އުސޫލުން ހިދުމަތް ދިނުމަށް ވަނީ ހުއްދަ ދީފައެވެ.

ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އޮފީސް ތަކަށް ހާޒިރު ވެގެން ހިދުމަތް ދިނުމުގެ ހުއްދަ ނިން ނަމަވެސް ކުރިއެކޭ އެއްގޮތަށް އޮފީސް ތަކުން ހިދުމަތް ދިނުމުގައްޔާއި އޮފީސް ތަކުގައި މަސައްކަތް ކުރުމުގައި މުވައްޒަފުން ކޮވިޑުން ރައްކާތެރި ވުމަށްޓަކައި ކުރަން ޖެހޭ ކަންކަން އޮފީސް ތަކުން ކުރުމަށާއި އެއްވުން ތައް ބާއްވާއިރުވެސް ގައިދުރުކޮށް މާސްކު ބޭނުން ކުރަން ޖެހޭނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *