ތުއްތު ކުދިން ކޮވިޑުން ރައްކާތެރިކުރުމަށް މައިމީހާގެ ގާތުން ދިނުން މުހިއްމު: ޔުނިސެފް

އަލަށް އުފަންވާ ތުއްތު ކުދިން ކޮވިޑުގެ ނުރައްކަލުން ސަލާމަތްކުރުމަށްޓަކައި މައިމީހާގެ ގާތުން ދިނުމުގެ މުހިއްމުކަން ޔުނިސެފިން ފާހަގަ ކޮށްފިއެވެ.

އދ.ގެ ކުޑަކުދިންގެ ޖަމިއްޔާ، ޔުނިސެފްގެ ބައެއް އޮފިޝަލުންނާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިޔާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ކޮވިޑުގެ ހާލަތުގައި އުފަންވާ ކުދިންނަށް ގާތުން ދިނުމަކީ އެކުދިންގެ ރައްކާތެރިކަމަށް ވަރަށް މުހިއްމު ކަމެކެވެ. އެއީ މައިމީހާގެ ގާތުން ދިނުމުގެ ސަބަބުން އެކުދިންގެ ދިފާއީ ބާރު ގަދަވެ، ބަލިތަކުން ދިފާޢު ވުމަށް ބޭނުންވާ ވިޓަމިންގެ ފައިދާ ވެސް ލިބޭނެތީއެވެ.

ބައެއް ގައުމުތަކުގައި ވަރަށް ތުއްތު ކުދިންނަށް ވެސް ކޮވިޑް-19 ޖެހިގެން މަރުވެފައިވެއެވެ.

ޔުނިސެފުން ބުނި ގޮތުގައި އެންމެ މަދުވެގެން ހަމަސް ވަންދެން ގާތުން ދިނުމަށް އަބަދުވެސް އެ ޖަމާއަތުން ބާރުއަޅަނީ އެކަމުން ކުޑަދަރިފުޅަށް އިންތިހާ ބޮޑެތި ފައިދާތަކާއި ރައްކާތެރިކަން ލިބޭތީއެވެ. އެހެންކަމުން ކޮވިޑުން ރައްކާތެރި ވުމުގައިވެސް މައިމީހާގެ ގާތުން ދިނުމުގެ ފައިދާ ފެންނާން އެބަހުރި ކަމަށް އެ ޖަމާއަތުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *